Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓެނިސް އެސޯސިއޭޝަނުގެ ހާލަތު

ހާނިމް ވިދާޅުވީ ޓެނިހުގެ އަމާޒާއި މަސައްކަތަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް

27 އޮކްޓޯބަރު 2020 | އަންގާރަ 06:56

ޓެނިސް އަތޮޅުތެރެއަށް ގެންގޮސް އިންޓަ ސްކޫލް ފަށަން ޖެހޭ ކަމަށް ވިދާޅުވި

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 27 އޮކްޓޯބަރު 2020 | އަންގާރަ 06:56
ރާއްޖެޓީވީގެ \"ކުޅިވަރު ފައިލް\" ޕްރޮގްރާމުގައި ޓެނިސް އެސޯސިއޭޝަނުގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ މުޙައްމަދު ހާނިމް

ރާއްޖެޓީވީގެ \"ކުޅިވަރު ފައިލް\" ޕްރޮގްރާމުގައި ޓެނިސް އެސޯސިއޭޝަނުގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ މުޙައްމަދު ހާނިމް

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް ކަމަށް ކުރިމަތިލާން ނިންމީ ވޭތުވެދިޔަ 10 އަހަރު ދުވަހު ޓެނިސް އާއިލާއެކު ކުރެވުނު މަސައްކަތުން ޓެނިހުގެ ހިންގުން ހަރުދަނާކޮށް މިހާރަށް ވުރެން ކާމިޔާބު ކުޅިވަރަކަށް ޓެނިސް ހެދުމަށް ކަމަށް މުޙައްމަދު ހާނިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހާނިމް ވިދާޅުވީ ރާއްޖޭގެ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން އިންޓަ ސްކޫލާއި އާންމުކޮށް ހުޅުވާލެވިގެން ކުރިއަށްގެންދާ ވައިޑީޕީ ޕްރޮގްރާމާ ބީރައްޓެހި ކުޅިވަރެއްގެ ގޮތުގައި އޮތް ޓެނިހުގެ ނައިބު ރައީސް ކަމަށް ކުރިމަތިލާން ނިންމިއިރު، ހަތަރު އަހަރު ދުވަހުގެ މާސްޓާ ޕްލޭނެއް އެކުލަވާލާނެ ކަމަށެވެ.

ކުޅިވަރުގެ ގިނަ ހަރަކާތްތަކެއްގައި އަބަދުވެސް ޝާމިލުވާ ހާނިމް ވިދާޅުވީ އޭނަގެ މާސްޓާ ޕްލޭނުގައި އިންޓަ ސްކޫލް މުބާރާތްތައް ބޭއްވޭނެ ގޮތަށް ބައްޓަންކޮށްފައިވާއިރު، ޓެނިހުގެ ޒުވާން ޖީލެއް އުފެއްދުމާއެކު، އަމާޒެއް އޮވެގެން ހިންގާ ޕްރޮގްރާމުތަކަށް ޓެނިސް އެސޯސިއޭޝަން ބައްޓަން ކުރުމަށް އިސްކަމެއް ދީފައިވާނެ ކަމަށެވެ.

ސްކޫލުތަކުގައި މިހާރުވެސް ޓެނިސް ފެށޭނެ ކަމަށް ގަބޫލުކުރާއިރު، އެކަން ކުރަން ސްކޫލުތަކުގެ ހޯލުވެސް ބޭނުން ކުރެވޭނެ ކަމަށާއި، އެގޮތަށް ހިންގާ ޕްރޮގްރާމުން ފާހަގަކުރެވޭ ކުޅުންތެރިން އެސޯސިއޭޝަނުގެ ވައިޑީޕީ ޕްރޮގްރާމުގެ ތެރެއިން ފުރުސަތު ހޯދޭނެ ކަމަށްވެސް ހާނިމް ވިދާޅުވިއެވެ.

ޓެނިހަކީ އޭގެ ޒާތުގައި އަގުބޮޑު ކުޅިވަރަކަށް ވާއިރު، އެހެންކަމުން ގިނަ ކަންކަން ހުރީވެސް އަގުބޮޑުކޮށް ކަމަށާއި، އެވްރެޖް އާއިލާއަކަށް އެކަން ކުރެވޭނެ ވަރަށް ވުރެން ޓެނިހުގެ އެކެޑަމީގެ ފީތައްވެސް ބޮޑު ކަމަށް ގަބޫލުކުރާ ކަމަށް ހާނިމް ވިދާޅުވިއެވެ. ޓެނިހުގައި ވަރަށް ހުނަރުވެރި މޮޅު ކުޅުންތެރިން އެބަތިބި ކަމަށާއި، އެ ކުޅުންތެރިން މިއަދު ފެންނަން ތިބީ ބެލެނިވެރިން ވަރަށް ބޮޑު ގުރުބާނީއެއް ވެގެން ކަމަށްވާއިރު، އެކަމުގައި އެކެޑަމީތަކުގެ ކޯޗުންގެ ދައުރުވެސް ބޮޑު ކަމަށް ހާނިމް ވިދާޅުވިއެވެ.

އަދި ޓެނިހަކީ މީހުންނާ ރައްޓެހި ކުޅިވަރަކަށް ހަދައި، ޓެނިހުގެ ހުނަރުވެރިކަން އިތުރަށް ހޯދުމަށް އިންޓަ ސްކޫލް މުބާރާތަކީ ކޮންމެހެންވެސް ބާއްވަން މަޖުބޫރު މުބާރާތެއް ކަމަށްވެސް ހާނިމް ވިދާޅުވިއެވެ.

ޓެނިހަކީ މާލޭގައި ކުޅޭ ކުޅިވަރަކަށް އޮތް އޮތުން ބަދަލު ގެންނަން ޖެހޭ ކަމަށާއި، އެކަން ރާއްޖޭގެ ކުޅޭ އެހެން ކުޅިވަރުތަކުން ފެންނައިރު، އަތޮޅުތެރޭގެ ހުނަރުވެސް އެ ކުޅިވަރުތަކުން ފެންނަމުންދާކަން ފާހަގަކުރައްވާ ހާނިމް ވިދާޅުވީ ޓެނިސް އަތޮޅުތެރެއަށް ގޮސް، އަތޮޅުތެރޭގެ ހުނަރު ހޯދަން ޖެހޭ ކަމަށެވެ.

ޓެނިހުގެ އެންމެ ޒަމާނީ ކޯޓެއް ހޯދުމަކީ އަގުބޮޑު ކަމެއް ކަމަށާއި، ޓެނިސް އަތޮޅުތެރޭގައި ފަށާއިރު އަގުބޮޑު ކޯޓުތައް ބޭނުން ނުވާއިރު، އެންމެ ބޮޑު އަމާޒަކަށް ވާންވީ އަތޮޅުތެރޭގައި ޓެނިސް ފަށައިގަތުން ކަމަށް ހާނިމް ވިދާޅުވިއެވެ.

އަދި ވިދާޅުވީ ޓެނިސް އެސޯސިއޭޝުން ބާއްވާ މުބާރާތްތަކަށްވެސް ބަދަލުތަކެއް ގެނެސް، އިންޓަ ރިސޯޓް މުބާރާތް ގަވާއިދުން ކުރިއަށްގެންދަން ޖެހޭ ކަމަށާއި، އަދި ކުރިއަށް އޮތްތާގައި ގައުމީ މުބާރާތެއް ގެނައުން އެއީ އަމާޒަކަށް ހަދައި، އެކަން ކުރަން ޖެހޭ ކަމަށެވެ. ރާއްޖޭގެ ޓެނިހުގައި މިހާރު ތިބި ޒުވާން ކުޅުންތެރިންގެ ހުނަރު ފެނުމުން ކައިރި މުސްތަގުބަލެއްގައި ސާފް ގޭމްސްގެ މެޑަލް ހޯދޭނެ ކަމަށް އެއްވެސް ޝައްކެއް ނުކުރާ ކަމަށާއި، އެކަމަކު އެކަން ކުރެވޭނީ އަމާޒަކަށް މަސައްކަތްކޮށްގެން ކަމަށްވެސް ހާނިމް ވިދާޅުވިއެވެ.

ހާނިމް އިތުރަށް ވިދާޅުވީ ޓެނިސް ކުރިއަށް ގެންދިޔުމަށް މިހާތަނަށް އަޅާނުލެވި އޮތް އެއް ދާއިރާއަކީ އޮފިޝަލުން ބިނާކުރުން ކަމަށާއި، އޮފިޝަލުން ބިނާ ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. އަދި އައު ދައުރަކަށް އެސޯސިއޭޝަނުގައި މަސައްކަތް ކުރަން ފުރުސަތު ލިބިއްޖެނަމަ އެކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަންނަ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހު ބާއްވަން ނިންމާފައިވާ ޓެނިސް އެސޯސިއޭޝަނުގެ އިންތިޚާބުގައި ފަސް މަގާމަކަށް މީހުން އައްޔަން ކުރާނެއެވެ. އެއީ ރައީސް އާއި ނައިބު ރައީސް އަދި އިތުރު ތިން މެންބަރުންނެވެ. އެކަމަކު ހަޒާންދާރުގެ މަގާމާއި ޖެނަރަލް ސެކްރެޓަރީއެއް އައްޔަނު ކުރާނީ އިންތިޚާބުވާ ހިންގާ ކޮމިޓީން ކަމަށް ޓެނިސް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

ޓެނިސް އެސޯސިއޭޝަނުގެ އިންތިޚާބުގައި އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް މަޝްހޫރު ވިޔަފާރިވެރިޔާ ލިލީ ހޮޓެލްސްގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަޙްމަދު ހަފީޒް ކުރިމަތިލައްވައިފައިވާއިރު، ނައިބު ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ މުޙައްމަދު އަމީން އާއި މުޙައްމަދު ހާނިމެވެ. އަމީން އަކީ މިހާރުވެސް ޓެނިސް އެސޯސިއޭޝަނުގެ ނައިބު ރައީސެވެ. އިތުރު މެންބަރުންގެ ގޮތުގައި އިންތިޚާބުކުރާ ތިން މަގާމަށް ހަތަރު ބޭފުޅުން ވަނީ ކުރިމަތިލައްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މިހާރުގެ ހިންގާ ކޮމިޓީގައިވެސް ހިމެނިވަޑައިގަންނަވާ ހަސަން ޝާމުގެ އިތުރުން އަލަށް ކުރިމަތިލެއްވި އަޒުމާ އިބްރާހިމާއި ޔޫސުފް ރިޒާ އަދި މޫސާ އާޒިމެވެ.

ޓެނިސް އެސޯސިއޭޝަންގެ އިންތިޚާބުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ވޯޓުލުމުގެ ހައްގު ލިބިގެންވަނީ އެ އެސޯސިއޭޝަނުގެ އާންމު މެންބަރުންގެ ތެރެއިން އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުވާލެވުނު ދުވަހުގެ ނިޔަލަށް މެންބަރުންގެ ގޮތުގައި ރަޖިސްޓްރީގައި ހިމެނިފައިވާ މެންބަރުންނަށެވެ. އެ ގޮތުން މި ވަގުތު ޓެނިސް އެސޯސިއޭޝަނުގެ މެންބަރުންގެ ގޮތުގައި ތިބީ 215 މެންބަރުން ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

25 އެޕްރީލު 2022

ޓޭބަލް ޓެނިހުގެ ދުނިޔޭގެ އިސް ބޭފުޅުން ރާއްޖެއަށް!

25 އެޕްރީލު 2022
ޓޭބަލް ޓެނިހުގެ ދުނިޔޭގެ އިސް ބޭފުޅުން ރާއްޖެއަށް!
30 ޖެނުއަރީ 2022

އޮސްޓްރޭލިއަން އޯޕަން އާއެކު ޓެނިހުގެ ބޮޑު ރިކޯޑު ނަޑާލަށް

30 ޖެނުއަރީ 2022
އޮސްޓްރޭލިއަން އޯޕަން އާއެކު ޓެނިހުގެ ބޮޑު ރިކޯޑު ނަޑާލަށް
23 ސެޕްޓެމްބަރު 2021

ދިވެހި ޕްރިމިއާ ލީގުގެ މަސައްކަތަށް ޝާހް އެފްއޭއެމަށް

23 ސެޕްޓެމްބަރު 2021
ދިވެހި ޕްރިމިއާ ލީގުގެ މަސައްކަތަށް ޝާހް އެފްއޭއެމަށް
04 ޖުލައި 2021

ދިވެހި ޕްރިމިއާ ލީގުގެ އައު ފޯމެޓުގެ މަސައްކަތަށް މުޙައްމަދު އާދަމް

04 ޖުލައި 2021
ދިވެހި ޕްރިމިއާ ލީގުގެ އައު ފޯމެޓުގެ މަސައްކަތަށް މުޙައްމަދު އާދަމް
14 އޮކްޓޯބަރު 2020

ނެޓްބޯޅައަށް ވެފައިވާ އިހުމާލު ބޮޑު، ވަޒީރު ވިދާޅުވީ ޒަމާނީ ފެންވަރުގެ ކޯޓެއް އަޅައިދޭނެ ކަމަށް

14 އޮކްޓޯބަރު 2020
ނެޓްބޯޅައަށް ވެފައިވާ އިހުމާލު ބޮޑު، ވަޒީރު ވިދާޅުވީ ޒަމާނީ ފެންވަރުގެ ކޯޓެއް އަޅައިދޭނެ ކަމަށް
18 އޯގަސްޓު 2020

މަޙްލޫފްގެ މަސައްކަތަށް ބިލިއާޑްގެ ދެ ވޯލްޑް ޗެމްޕިއަނުންގެ ތަޢުރީފް!

18 އޯގަސްޓު 2020
މަޙްލޫފްގެ މަސައްކަތަށް ބިލިއާޑްގެ ދެ ވޯލްޑް ޗެމްޕިއަނުންގެ ތަޢުރީފް!
16 ޖުލައި 2020

"ފުރަބަންދާ ގުޅިގެން ޕޫލްގެ މަސައްކަތަށް މަޑުޖެހުމެއް އައި"

16 ޖުލައި 2020
"ފުރަބަންދާ ގުޅިގެން ޕޫލްގެ މަސައްކަތަށް މަޑުޖެހުމެއް އައި"
21 މާރިޗު 2020

ވައިރަހާ ދެކޮޅަށް ކުރާ މަސައްކަތަށް ލެވަންޑޯސްކީގެ ދީލަތި އެހީއެއް

21 މާރިޗު 2020
ވައިރަހާ ދެކޮޅަށް ކުރާ މަސައްކަތަށް ލެވަންޑޯސްކީގެ ދީލަތި އެހީއެއް
19 މާރިޗު 2020

ވައިރަހާ ދެކޮޅަށް ކުރާ މަސައްކަތަށް ޖަރުމަން ކުޅުންތެރިން އެހީވެއްޖެ

19 މާރިޗު 2020
ވައިރަހާ ދެކޮޅަށް ކުރާ މަސައްކަތަށް ޖަރުމަން ކުޅުންތެރިން އެހީވެއްޖެ
14 ޖެނުއަރީ 2019

އެފްއޭއެމްގެ ހިންގާ ކޮމިޓީއަށް ކޮކީ، މުފާ އަދި ހާނިމް އައްޔަންކޮށްފި

14 ޖެނުއަރީ 2019
އެފްއޭއެމްގެ ހިންގާ ކޮމިޓީއަށް ކޮކީ، މުފާ އަދި ހާނިމް އައްޔަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް