Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މުޙައްމަދު އާދަމް އެފްއޭއެމަށް

ދިވެހި ޕްރިމިއާ ލީގުގެ އައު ފޯމެޓުގެ މަސައްކަތަށް މުޙައްމަދު އާދަމް

ލީގުގެ ޕްލޭން އެކުލަވާލުމަށް ކޮންސަލްޓަނންޓެއްގެ ގޮތުގައި މުޙައްމަދު މަސައްކަތްކުރާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 4 ޖުލައި 2021 | އާދީއްތަ 11:33
ފުޓްބޯޅަ ކޯޗު މުޙައްމަދު އާދަމް

ފުޓްބޯޅަ ކޯޗު މުޙައްމަދު އާދަމް

ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރަމުން އަންނަ މަސައްކަތުގައި ކޮންސަލްޓަންޓަކަށް ފުޓްބޯޅަ ކޯޗު މުޙައްމަދު އާދަމް ހަމަޖައްސައިފިއެވެ.

ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެ އަށް ފުޅާކުރުމުގެ ވިސްނުން ގެންގުޅެމުން އަންނަ ކަމަށް އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް އެންމެ ފުރަތަމަ ވިދާޅުވީ 2017 ވަނަ އަހަރުއެވެ. އޭގެ ފަހުން މިދިޔަ އަހަރު އެފްއޭއެމުން ވަނީ ކޮމިޓީއެއް އެކުލަވާލައި 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމުގެ މަސައްކަތް ފަށާފައެވެ.

މުޅި ރާއްޖެއަށް ލީގު ފުޅާކުރުމުގެ ޕްލޭން އެކުލަވާލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ އެފްއޭއެމުގެ ސީނިއާ ނައިބު ރައީސް އަލީ އުމަރާއި، ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭނެވެ. ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ބައްސާމް ވަނީ އެ މަސައްކަތުގައި ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރަން މުޙައްމަދު އާދަމް ހަމަޖައްސާފައިވާކަން އިއުލާން ކުރައްވާފައެވެ.

އެފްއޭއެމާ މުޙައްމަދު އާދަމް ގުޅުނުއިރު، އޭނާ އެންމެ ފަހުން މަސައްކަތް ކޮށްފައިވަނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗެއްގެ ގޮތުގައެވެ. އެ ޓީމުގެ ކޯޗުގެ މަގާމުން މުޙައްމަދު އާދަމް އިސްތިއުފާދީފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މީގެ ކުރިން އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ދުވަސްވަރު، މުޙައްމަދު އާދަމް އެ އިދާރާގެ ޖެނެރަލް ސެކެޓްރީގެ މަގާމު އަދާކުރެއްވިއިރު، އޭނާ ވަނީ އެފްއޭއެމުގެ މާކެޓިން ޑިޕާޓްމަންޓުގެ އިސް މަގާމެއްވެސް ފުރުއްވާފައެވެ.

މިދިޔަ މެއި މަހު ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ ރާއްޖޭގެ ރަނގަޅު ފުޓްބޯޅަ ލީގެއް ފެށިގެންދާނީ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލެވުމުން ކަމަށެވެ. އަދި މިހާރު އެކުލަވާލާފައިވާ ޕްލޭނުގައިވާ ގޮތުން ފުރަތަމަ ދެ ތިން އަހަރު އެ ލީގުގައި ވާދަކުރާނީ 12 ވަރަކަށް ޓީމު ކަމަށާއި، އޭގެ ތެރޭގައި އަތޮޅު ތެރޭގެ ޓީމުތައްވެސް ފުދޭވަރަކަށް ހިމެނިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ލީގު އެގޮތަށް ފެށުމަށްފަހު ފަހެއް ނުވަތަ ހަ އަހަރުގެ ތެރޭގައި މުޅި ލީގުގައި ހުސް އަތޮޅުތެރޭގެ ޓީމުތައް ތިބުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ބައްސާމް ވަނީ ވިދާޅުވެފައެވެ.

ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލަން މަސައްކަތް ކުރަމުން އަންނައިރު، ހޯމް އެންޑް އަވޭ އުސޫލަށް ލީގު ބަދަލުކުރުމުގެ މަސައްކަތަށް ލިބޭ އެންމެ ބޮޑު ފަސޭހައަކީ ކޮރެއާ ކުންފުންޏެއް ކަމަށްވާ ސްކައިވިންޑް ގްލޯބަލްއާއެކު 2019 ވަނަ އަހަރު ވެވުނު އެއްބަސްވުމުގެ ތެރެއިން ރާއްޖޭގައި އަޅާ 20 ޓާފް ދަނޑާއި ސަރުކާރުގެ ފަރާތުން މި ފަސް އަހަރު ތެރޭގައި މުޅި ރާއްޖޭގައި އަޅަން ނިންމާފައިވާ 100 ޓާފް ދަނޑުތަކެވެ. ސަރުކާރުން މިހާތަނަށް 10 ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ޓާފް އަޅާފައިވާއިރު، އެފްއޭއެމުން ދާދި ފަހުން ވަނީ ރާއްޖޭގެ 16 ރަށެއްގައި ޓާފް ދަނޑު އެޅުމަށް އިއުލާން ކޮށްފައެވެ.

މުޙައްމަދު އާދަމްފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު