Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒަމާނީ ފެންވަރުގެ ނެޓްބޯޅަ ކޯޓެއް އެޅުން

ނެޓްބޯޅައަށް ވެފައިވާ އިހުމާލު ބޮޑު، ވަޒީރު ވިދާޅުވީ ޒަމާނީ ފެންވަރުގެ ކޯޓެއް އަޅައިދޭނެ ކަމަށް

14 އޮކްޓޯބަރު 2020 | ބުދަ 09:18

ނެޓްބޯޅަ އަކީ އެކި އިހުމާލުތަކުގެ ސަބަބުން ވަރަށް ބޮޑަށް އަޑިއަޅާލާފައިވާ ކުޅިވަރެއް

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 14 އޮކްޓޯބަރު 2020 | ބުދަ 09:18
ޒުވާނުންގެ މަރުކަޒުގައި ކުޅުނު ނެޓްބޯޅަ މުބާރާތެއްގެ ތެރެއިން: ނެޓްބޯޅަ ކުޅޭނެ ޒަމާނީ ފެންވަރުގެ ކޯޓެއް އެޅުމަށް ވަނީ ނިންމާފައި

ޒުވާނުންގެ މަރުކަޒުގައި ކުޅުނު ނެޓްބޯޅަ މުބާރާތެއްގެ ތެރެއިން: ނެޓްބޯޅަ ކުޅޭނެ ޒަމާނީ ފެންވަރުގެ ކޯޓެއް އެޅުމަށް ވަނީ ނިންމާފައި

ރާއްޖޭގައި އަންހެން އެތުލީޓުން ގިނަ އަދަދަކަށް ކުޅެމުން އަންނަ ނެޓްބޯޅައަށް ޒަމާނުއްސުރެން ވެފައިވާ އިހުމާލު ނިމުމަކަށް ގެނެސް، ދާއިމީކޮށް ނެޓްބޯޅަ ކުޅޭނެ ޒަމާނީ ފެންވަރުގެ ކޯޓެއް އަޅައިދޭނެ ކަމުގެ ޔަގީންކަން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ދެއްވާފައިވާ ކަމަށް ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ފަޒުނާ ޖަލީލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފަޒުނާ ވިދާޅުވީ މީގެ ކުރިން ނެޓްބޯޅަ އަކީ ވަރަށް ގިނަ އަންހެން އެތުލީޓުން ކުޅެމުން އައި ކުޅިވަރެއް ކަމަށާއި، އެހެން ނަމަވެސް އެކި އިހުމާލުތަކުގެ ސަބަބުން ވަރަށް ބޮޑަށް އަޑިއަޅާލާފައިވާ ކުޅިވަރެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

ނެޓްބޯޅަ އަކީ އަމިއްލައަށް ކުޅޭނެ ވަސީލަތެއް ނެތް ކުޅިވަރަކަށްވާތީ ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، އެކަމަށް ހައްލެއް ހޯދުމަށް ނެޓްބޯޅަ އެސޯސިއޭޝަނުގެ މިހާރުގެ މެނޭޖުމަންޓުން މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމަށް މިހާރުގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފުގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށްވެސް ފަޒުނާ ވިދާޅުވިއެވެ.

މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވަނީ މިހާރު ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ނެޓްބޯޅަ ކޯޓެއް އެޅުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

ނެޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ފަޒުނާ ވިދާޅުވީ މީގެ ކުރިން ޒުވާނުންގެ މަރުކަޒުގެ އައުޓްޑޯ ކޯޓުގައި ނެޓްބޯޅަ އެސޯސިއޭޝަނުގެ އެކި މުބާރާތްތައް ބާއްވަމުން އައިރު، އެ ބިމުގެ މައްސަލަތަކެއް އުޅޭތީ ނެޓްބޯޅަ އެތަނުގައ މިހާރު ކުޅެވެން ނެތްއިރު، އެ މައްސަލަ ހައްލުވުމާއެކު އެ ބިންވެސް ނެޓްބޯޅަ ކުޅެން ލިބިގެންދާނެ ކަމުގެ ޔަގީން ވަޒީރު ދެއްވާފައިވާ ކަމަށާއި، އެ ބިން ނުލިބިއްޖެނަމަ، ސްޓޭޑިއަމުގައި މިހާރު ނެޓްބޯޅަ ކުޅެމުން އަންނަ ބިން ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ނެޓްބޯޅައަށް މިހާރުވެސް ލިބިފައިވާ ވަސީލަތާއެކު ބޮޑު ކުރިއެރުމެއް ގެނައުމަށް މިހާރުގެ ހިންގާ ކޮމިޓީން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެގޮތުން މި އަހަރުގެ މާޗު މަހުގެ ތެރޭގައި ނެޓްބޯޅައިގެ ވައިޑީޕީ ފެށުމަށްވެސް ތައްޔާރުވި ކަމަށް ފަޒުނާ ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ކުޅިވަރުގެ ހަރަކާތްތައް މި އަހަރު މެދުކެނޑިފައިވާއިރު، މި އަހަރުގެ ކަލަންޑަރަށް ދެން މަސައްކަތް ކުރާނީ އަންނަ އަހަރު ކަމަށާއި، އެގޮތުން އަތޮޅު ތެރެއަށް ނެޓްބޯޅަ ފުޅާ ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށްވެސް ފަޒުނާ ވިދާޅުވިއެވެ.

އަތޮޅު ތެރެއަށް ނެޓްބޯޅަ ފުޅާކުރުމަށް ވިސްނާއިރު، އެންމެ އިސްކަމެއް ދޭނީ އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތް ކުރިއަށްގެންދިޔުމަށް ކަމަށާއި، ހަތް ޒޯނަކަށް ބަހާލައިގެން މުބާރާތް ކުރިޔަށްގެންދާނެ އުސޫލެއް އެކުލަވާލާފައިވާ ކަމަށް ފަޒުނާ ވިދާޅުވިއެވެ.

ކޮންމެ ޒޯނެއްގައި ކުރިއަށްގެންދާ މުބާރާތުގެ އުމުރުފުރާތަކުގެ ޗެމްޕިއަން އަދި ރަނަރަޕް މާލެ އައިސް މާލޭގައި ކުރިއަށްދާ އުމުރުފުރާތަކުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމުތަކާއެކު ގްރޭންޑް ނެޓްބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމިއިރު، އެ މުބާރާތުގެ ސަބަބުން ނެޓްބޯޅައަށް އޮތް ހީނަރު ކަމަށް ނިމުމެއް އަންނާނެ ކަމަށް ނެޓްބޯޅަ އެސޯސިއޭޝަނުން ބުނެއެވެ.

ނެޓްބޯޅައަށް އޮތީ އުންމީދީ ދުވަސްތަކެއް ކަމަށާއި، މިހާރުގެ ހިންގާ ކޮމިޓީގައި ގާބިލު ޓީމެއް އޮތްއިރު، ނެޓްބޯޅަ ކުރިއަށްގެންދެވޭނެ ވިސްނުން އެބަހުރި ކަމަށާއި، ފަސް އަހަރަށް ވަރަށް ފުރިހަމަ ޕްލޭނެއްވެސް އެކުލަވާލެވިފައިވާ ކަމަށް އެސޯސިއޭޝަނުން ބުނެއެވެ. މިހާތަނަށް އަދި ޕްލޭނުގެ ފަސް އިންސައްތަވެސް ކުރިއަށް ނުގެންދެވޭއިރު، މި އަހަރަކީ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންދަން އަމާޒުހިފި އަހަރު ކަމަށް ނެޓްބޯޅަ އެސިއޭޝަނުން ބުނެއެވެ.

ކޮވިޑް-19 ގެ ސަބަބުން ކުޅިވަރުގެ ހުރިހާ ހަރަކާތްތަކެއް ހުއްޓިފައިވާއިރު، ކުޅިވަރުތައް ފަށަން ހުއްދަ ލިބުނުހާ އަވަހަކަށް ނެޓްބޯޅައިގެ ހަރަކާތްތައްވެސް ފަށައިގަންނާނެ ކަމަށާއި، އެ ސޯސިއޭޝަން އޮތީ އެކަމަށް ތައްޔާރަށް ކަމަށް ނެޓްބޯޅަ އެސޯސިއޭޝަނުން ބުނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް