Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިސްޓަރު އިމްރާންގެ އިތުބާރުނެތް ކަމުގެ މައްސަލަ

11 މެމްބަރުންގެ ސޮޔާއެކު އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފި

26 އޮކްޓޯބަރު 2020 | ހޯމަ 11:51

އިތުބާރު ނެތްކަމުގެ މިމައްސަލާގައި ޕީޕީއެމް-ޕީއެންސީގެ މެމްބަރުންގެ އިތުރުން ސޮއި ކުރައްވާފައިވަނީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 26 އޮކްޓޯބަރު 2020 | ހޯމަ 11:51
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ހޯމް އެފެއަރޒު މިނިސްޓަރ އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދައިފި އެވެ.

ހޯމް މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ނެވެ.

Advertisement - newsAdvertisement

އިމްރާނުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރައްވާފައިވަނީ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގ މެމްބަރުންގެ އިތުރުން މިނިވަން ދެ މެމްބަރުން ކަމަށްވާ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް އެވެ. ޖުމްލަ 11 މެމްބަރުން މިމައްސަލާގައި ސޮއި ކުރައްވާފައިވެއެވެ.

މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ މައިގަނޑުު ސަބަބެއް ކަމަށް ބުނެފައި ވަނީ 24 އޮކްޓޯބަރ 2020 ވަނަ ދުވަހުގެރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން އަހާށޭ ބުނާނަން ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅެވެ. އެގޮތުން އެ މައްސަލާގައި ޕްރޮގްރާމްގައި ދެއްކި ކަމަށް ބުނާ ބައެއް ވާހަކަތައް ފާހަގަކޮށްފައި ވެއެވެ.

އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމާ ގުޅޭގޮތުން އަނެއްކާ ވެސް ތަފާތު ގޮތަކަށް އެ ޕްރޮގްރާމްގައި މިނިސްޓަރ ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އެގޮތުން މޭޑޭ މުޒާހަރާގައި ކުރީގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާއި އަފްރާޝީމްގެ މަރާގުޅޭގޮތުން ދެއްކި ޑޮކިއުމެންޓްތަކަކީ އަސްލެއް ނޫންކަމަށް ވިދާޅުވުމާއި އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި މޭޑޭ މުޒާހަރާގައި ގެންގުޅުއްވި ހެކިތައް ނުވަތަ ޑޮކިއުމެންޓް ފުލުހުން އަތުލާފައިވާ ކަމަށް ވިދާޅުވެފައިވާ ކަމަށް އިދިކޮޅުން ހުށަހެޅި އެ މައްސަލާގައި ބުނެފައި ވެއެވެ.

މީގެއިތުރުން، ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކު ޖިންސީ ގޯނާ އަދި ރޭޕް ކުރަންއުޅުމުގެ މައްސަލައިގެ ތަޙްޤީޤް ކޮށްދިނުމަށްއެދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށައަޅާފައިވާ ދަނޑިވަޅެއްގައި، އަދި އެއަންހެންމީހާގެ ފަރާތުން ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާއިރު ސަފާރީގައި ހިނގާދިޔައީ ރޭޕެއް ނޫންކަމަށާއި އެކަމަކީ "ކަމެއްކުރިކަންވެސް ނޭނގޭފަދަ ކަމެއް ކަމަށް" ވިދާޅުވެ އެއީ ވަރަށް އާދައިގެ ކަމެއްކަމަށް ދޭހަވާގޮތަށް 24 އޮކްޓޯބަރ 2020 ވަނަ ދުވަހުގެރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމްގައި މިނިސްޓަރު އިމްރާން ވިދާޅުވުމަކީ ހޯމް މިނިސްޓްރީ އާޙަވާލުވެ ހުންނެވި ވަޒީރުގެ ޙައިސިއްޔަތުން އެމަނިކުފާނުގެ ޤާބިލްކަމާއި ޒިއްމާދާރުކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ތަޙްޤީޤު ކުރެވެމުންދާ މައްސަލައަކަށް ހޯމް މިނިސްޓަރު ނުފޫޒު ފޯރުވުން ކަމަށްވާތީއާއި، އަދި އެއްވެސް މައްސަލައެއްގެ ކުޑަބޮޑުމިން ކަނޑައެޅުމަކީ މިނިސްޓަރަށް ލިބިގެންވާ ބާރަކަށް ނުވާތީއާއި، މިވާހަކަތަކުގެ ސަބަބުން އަންހެނުންނަށް ކުރެވޭ މިފަދަ އަނިޔާތަކަށް މިނިސްޓަރު އިމްރާން މަޤާމުގައި ހުންނެވުމުން އިންސާފު ލިބޭނެ ކަމުގެ އުއްމީދެއްނެތް ކަންދޭހަވާ ކަމަށެވެ.

ހޯމް މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނަވައިގެން މިފަދަ ދަށުދަރަޖައިގެ ކަންކަންކުރެއްވުމަކީ ބަލައިގަނެވޭނެކަމަކަށް ނުވާތީއާއި، ދިވެހިރާއްޖޭގައި ޢަދުލު އިންސާފު ޤާއިމްކުރުމާއި ޤާނޫނު ނަގަހައްޓާ ތަންފީޒު ކުރުމުގެ ޒިއްމާ އުފުއްލަވާ ވަޒީރުގެ ޤާބިލްކަމާއި، ތެދުވެރިކަމާއި އިޚްލާސްތެރިކަމާމެދު ސުވާލު އުފެދޭތީއާއި މިކަންކަމުގެ ސަބަބުން ހަމަހަމަ ކަމާއެކު ޢަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ޤަބޫލްކުރެވޭތީ އާއި ޤާނޫނު އަސާސީގެ 132 ވަނަ މާއްދާގެ ދަށުންވަޒީރު ކަމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރެވޭތީއާއި އަދި އެމާއްދާގެ (ށ)ގައި ބަޔާން ކުރެވިފައިވާ ރައްޔިތުންގެސަލާމަތްތެރިކަން ދަމަހައްޓައި ރައްޔިތުންގެ ޢާންމު ފައިދާ ރައްކާތެރިކުރުމަށް މަސައްކަތް ނުކުރެވޭތީ، ގާނޫނުއަސާސީގެ 101 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 207 ވަނަ މާއްދާގެ ދަށުން ހޯމް މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމަށް ހުށަހަޅާކަމަށް އިދިކޮޅު ކޯލިޝަނުން ހުށަހެޅި މައްސަލާގައި ބުނެފައި ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

14 މާރިޗު 2017

ފާރިސް އޭސީސީއަށް ހާޒިރު ކުރަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުއްޓުވުމަށް: އެމްޑީޕީ

14 މާރިޗު 2017
ފާރިސް އޭސީސީއަށް ހާޒިރު ކުރަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުއްޓުވުމަށް: އެމްޑީޕީ
12 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

12 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި
08 މާރިޗު 2017

މަސީހުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

08 މާރިޗު 2017
މަސީހުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
07 މާރިޗު 2017

މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!

07 މާރިޗު 2017
މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!
04 މާރިޗު 2017

ފ. އަތޮޅު މައްސަލައިގާ ޔާމީނަށް އިތުބާރު ކުރެވޭކަށް ނެތް: ޝިފާޒް

04 މާރިޗު 2017
ފ. އަތޮޅު މައްސަލައިގާ ޔާމީނަށް އިތުބާރު ކުރެވޭކަށް ނެތް: ޝިފާޒް
28 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!
22 ފެބުރުއަރީ 2017

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން

22 ފެބުރުއަރީ 2017
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް