Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތައުލީމުގެ ބިލް ފާސްކުރުން

18 އަހަރު ވަންދެން ތައުލީމު ކަށަވަރު ކުރަންޖެހޭ ގޮތަށް ތައުލީމު ބިލުގެ ރިޕޯޓް ފާސްކޮށްފި

ފާސްކޮށްފައި ވަނީ ހޯމަ ދުވަހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި 55 މެމްބަރުންގެ ވޯޓާއި އެކު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 26 އޮކްޓޯބަރު 2020 | ހޯމަ 12:39
ވިލާ އިންޓަރނޭޝަނަލް ހައިސްކޫލް

ވިލާ އިންޓަރނޭޝަނަލް ހައިސްކޫލް

ތައުލީމުގެ ބިލު މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ފާސްކޮށްފިއެވެ.

މި ބިލު ފާސްކޮށްފައި ވަނީ ހޯމަ ދުވަހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި 55 މެމްބަރުންގެ ވޯޓާއި އެކުއެވެ.

މި ބިލަކީ ކޮމިޓީއަށް ދެ ފަހަރެއްގެ މަތިން ފޮނުވައިގެން ދިރާސާ ކުރެވުނު ބިލެކެވެ. މި ބިލު އަލުން ކޮމިޓީއަށް ފޮނުވަން ފާސް ކުރީ ސެޕްޓެމްބަރު މަހުގައެވެ. އަދި ކޮމިޓީން ވަނީ މި ބިލު އަލުން ދިރާސާ ކުރުމަށް ފަހު އައު ރިޕޯޓެއް އެކުލަވާލާފައެވެ. އެ ރިޕޯޓުގައި ކޮމިޓީން 8 ހުށައެޅުމެއް ހުށައަޅާފައެވެ.

އެގޮތުން މި ބިލުގައި ދައުލަތުގެ ވާޖިބުތައް ބަޔާން ކުރާ މައްދާއަށް އަކުރެއް އިތުރު ކުރުމަށް ކޮމިޓީން ވަނީ ހުށައަޅާފައެވެ. ކޮމިޓީން ހުށައަޅާފައި ވަނީ މި ބިލުގެ 9 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ސާނަވީ ތައުލީމު ލިބިދިނުމަށްޓަކައި އެކަށިގެންވާ ނިޒާމެއް ތަރައްގީ ކުރުމާއި، ކޮންމެ ކުއްޖަކަށްމެ، ތައުލީމު އުނގެނުމުގެ ފުރުސަތު ލިބިދީ، ހިލޭ އުނގަންނައި ދެވޭނެ ގޮތް ހަމަޖެއްސުމުގެ ފަހަތަށް (ނ) ގެ ގޮތުގައި މާއްދާއެއް އިތުރުކުރުމަށެވެ.

(ނ) ގެ ގޮތުގައި އިތުރުކުރުމަށް ހުށައަޅާފައިވަނީ ކޮންމެ ކުއްޖަކު ވެސް، އެ ކުއްޖެއްގެ އުމުރުން 18 އަހަރު ފުރިހަމަ ވަންދެން ތައުލީމު ނުވަތަ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމެއްގައި ބައިވެރިވާ ކަން ކަށަވަރު ކުރުމަށެވެ. މި މާއްދާއިން އިސްތިސްނާ ވާނީ އުމުރުން 18 އަހަރު ފުރުމުގެ ކުރިން މަތި ސާނަވީ ތައުލީމު ނިންމާ ކުދިންނެވެ.

މި ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒެވެ. މި ބިލަކީ ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އުނގެނުމުގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި ގާއިމު ކުރަން ޖެހޭ ޤާނޫނީ އޮނިގަނޑު ގާއިމުކޮށް ތައުލީމީ ނިޒާމުގެ އަސާސްތައް ކަނޑައެޅުމާއި އުނގެނުމާއި ގުޅޭގޮތުން ރައްޔިތުންނަށާއި ދަރިވަރުންނަށް ލިބިދޭ ހައްގުތަކާއި ދައުލަތާއި ބެލެނިވެރިންނާއި ޓީޗަރުންގެ ޒިންމާތައް ކަނޑައެޅުމާއި ތައުލީމު ދިނުމާ ގުޅޭ އެ ނޫން ވެސް އާންމު ހަމަތަކާއި އުސޫލުތައް ބަޔާން ކުރުމަށް ހުށައެޅި ބިލެކެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު