Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވުން

މުޒާހަރަ ކުރުމުގެ ސަބަބުން ހައްޔަރުކުރި ފަސް މީހުން ދޫކޮށްލައިފި

25 އޮކްޓޯބަރު 2020 | އާދީއްތަ 17:08

ފުލުހުން ބުނީ އެ ފަސް މީހުން ދޫކޮށްލާފައިވަނީ ނަސޭހަތް ދިނުމަށް ފަހުގައި ކަމަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 25 އޮކްޓޯބަރު 2020 | އާދީއްތަ 17:08
އޮލިމްޕަސް ސަރަހައްދުގައި އެއްވުމަށް މަސައްކަތްކުރި ފަރާތްތައް ފުލުހުން ހުއްޓުވަނީ

އޮލިމްޕަސް ސަރަހައްދުގައި އެއްވުމަށް މަސައްކަތްކުރި ފަރާތްތައް ފުލުހުން ހުއްޓުވަނީ

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިނާ ހިލާފަށް، މުޒާހަރާ ކުރުމުގެ ސަބަބުން ހައްޔަރުކުރި ފަސް މީހުން ދޫކޮށްލައިފި އެވެ.

އާދިއްތަ ދުވަހު ހަވީރު ފުލުހުން ބުނެފައިވަނީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އެއްވުމަށް ކުރިއަށް ގެންދިޔަ ބަޔަކަށް ފުލުހުން ނަސޭހަތްތެރި ވުމުން ވެސް އެއްވުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެހެން ކަމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވެފައިވާ މައްސަލަ އާއި ގުޅިގެން ފަސް މީހަކު ފުލުހުންގެ ހައްޔަރަށް ގެންދެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެތެރޭގައި ހިމެނެނީ 2 ދިވެހި ފިރިހެނުންނާއި، 3 ދިވެހި އަންހެނުންނެވެ.

ހައްޔަރުކުރި އެ ފަސް މީހުން ދޫކޮށްލިކަން ހާމަކޮށް، ފުލުހުން ބުނީ އެ ފަސް މީހުން ދޫކޮށްލާފައިވަނީ ނަސޭހަތް ދިނުމަށް ފަހުގައި ކަމަށެވެ.

މި މީހުން އެއްވުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކޮށްފައި ވަނީ މަޖީދީ މަގު އޮލިމްޕަސް ސަރަހައްދުގައެވެ. އެއްވުން ކުރިއަށް ގެންދާ ސަބަބެއް ކަމަށް އެ މީހުން ބުނެފައި ވަނީ ރޭޕާއި، ގެވެށި އަނިޔާ އާއި ދެކޮޅަށް އަޑުއުފުލުމާއި، ކޮވިޑް-19 ގެ ހާލަތުގައި ސަރުކާރުން އަމަލު ކުރަމުން ގެންދާ ގޮތާއި މެދު ހިތްހަމަނުޖެހުން ކަމަށެވެ. އެޗްޕީއޭގެ ގައިޑްލައިން ބުނާގޮތުން، ގިނަ މީހުން އެއްވާ ގޮތަށް އެއްވުންތައް ކުރިއަށް ގެންދިއުމަކީ މަނާކަމެކެވެ.

މީގެ ކުރިން ވެސް ކޮވިޑަށް ދިން ލުއިތަކާ އެކު މުޒާހަރާތަކެއް ކުރިއަށް ގެންދިޔައެވެ. އެ މުޒާހަރާތަށް ކުރިއަށް ގެންދިޔަތާ ގިނަ ދުވަސްތަކެއް ނުވެ، ކޮވިޑް-19 ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހުނެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް