Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލުތުފަރުގެ މަރުގެ މައްސަލަ

ލުތުފަރުގެ މަރުގެ މައްސަލަ: ދައުވާ ލިބޭ ތިން މީހުންގެ މައްޗަށް ކުށް ސާބިތު ކުރަން ހެކި ހުށަހަޅައިފި

ލުތުފަރަކީ ށ. ޅައިމަގު "ކުރިމަގު 1'' ބޯޓުގެ ކައްކާއަކަށް އުޅުނު ބަންގްލަދޭޝް މީހެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2020 | އާދީއްތަ 12:30
ލުތުފަރުގެ މަރުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގެ ތެރެއިން

ލުތުފަރުގެ މަރުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގެ ތެރެއިން

ށ. ޅައިމަގު "ކުރިމަގު 1'' ބޯޓުން ގެއްލުނު ލުތުފަރު މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރާ ތިން ބިދޭސީންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ހެކި ހުށަހަޅައިފި އެވެ.

ލުތުފަރު މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވަނީ، ބަންގްލަދޭޝް ތިން މީހެއްގެ މައްޗަށެވެ. އެއީ އަލަމިން އާއި ނޫރުލްއިސްލާމް އަދި އެމްޑީ އަކޮތޮރު ހޮސައިންގެ މައްޗަށެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ވަނީ، ލުތުފަރު މަރާލި މައްސަލާގައި، އަލުން ދައުވާ އިއްވުމުގެ ފުރުސަތު ދެއްވާފަ އެވެ. އަދި ދައުވާ އިއްވުމުން، ދައުވާ ރައްދުވާ މީހުން ވަނީ އެދައުވާއަށް އިންކާރުކޮށްފަ އެވެ.

އެހެންކަމުން ޝަރީއަތުން ވަނީ، ދައުވާ ސާބިތު ކުރުމަށް ދައުލަތަށް ހެކި ހުށަހެޅުމުގެ ފުރުސަތު ދެއްވާފަ އެވެ.

އެމީހުންގެ މައްޗަށް އިއްވި ދައުވާގައި ބުނެފައިވަނީ، އަލަމިން އިތުރު ދެމީހަކާއެކު 21 އޭޕްރީލް 2019 ވަނަ ދުވަހު 21:30 އެހާކަންހާއިރު، އެމީހުން މަސައްކަތްކުރާ ށ. ޅައިމަގު "ކުރިމަގު 1" ބޯޓުގައި ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ ލުތުފަރު ރަހްމާނާއި އަލަމިން އާދެމެދު އެބޯޓުގެ ދިރުނގާކޮޅުގައި ހިނގި ހަމަނުޖެހުމެއްގައި، ލުތުފަރު އެބޯޓުގެ ދިރުނބާކޮޅަށް ވައްޓާލައި، އަލަމިން އާއި އަހޮތޮރު، ލުުތުފަރުގެ ކަރާއި އަނގަޔާއި ނޭފަތުގައި ހިފަހައްޓައި ނޫރުލްއިސްލާމް، ލުތުފަރުގެ ގައިގާ ހިފަހައްޓައި، ލުތުރުފަރު މަރުވުމުން، ށ. ލައިމަގު ބަނދަރާ ދިމާލު ބޭރުން ގާތްގަނޑަކަށް 200 ވަރަކަށް ފޫޓު ދުރު ހިސާބަށް ލުތުފަރުގެ ހަށިގަނޑު ކަނޑުފައްތާފައިވާ ކަމަށް އިއުތިރާފް ވެފައިވާތީ، ކަމަށް ދައުވާގައި ބުނެފައި ވެއެވެ.

ލުތުފަރު މަރާލިކަމަށް އެ ތިން މީހުން އިއުތިރާފްވެފައިވަނީ، މިމައްސަލާގައި ފުލުހުން ހިންގި ތަހުގީގުގަ އެވެ.

އެތިން މީހުންގެ މައްޗަށް ވެސް އުފުލާފައިވަނީ، އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ދައުވާ އިއްވުމުން، އަލަމިން އާއި ނޫރުލްއިސްލާމް، އެ ދައުވާއަށް އިންކާރު ކުރާކަމަށް ދެމީހުންގެ ގާނޫނީ ވަކީލުން ވިދާޅުވި އެވެ.

އަހޮތޮރު ގެ ގާނޫނީ ވަކީލެއް އައްޔަން ކުރެވިފައިނުވާތީ، އޭނާއަށް ވަނީ ގާނޫނީ ވަކީލެއް އައްޔަން ކުރުމަށް ފުރުސަތު ދެއްވާފަ އެވެ.

ލުތުފަރު މަރާލި މައްސަލަ، އެތިން މީހުންގެ މައްޗަށް ސާބިތު ކުރުމަށް، ގިނަ ސަފަވީ ހެކިތަކާއި ކިތާބީ ހެކިތަކެއް ދައުލަތުގެ ފަރާތުން ވަނީ ހުށަހަޅާފަ އެވެ.

ލުތުފަރުގެ މަރުގެ މައްސަލައިގެ ތަހުޤީޤްގެ ތަފްސީލްތައް ހާމަކުރުމަށް އިސްކަންދަރުކޮށީގައި 16 މެއި 2016 ވަނަ ދުވަހު ބޭޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވަނީ، ލުތުފަރު މަރާލައިފައި ވަނީ ބޯޓުގައި ހުރި އިތުރު ބިދޭސީއަކާއެކު އެއްޖިންސުން ގުޅުން ހިންގުމަށް މަސައްކަތް ކުރުމުން ކަމަށް އެ މީހުން ތަހުޤީޤުގައި ބުނެފައިވާ ކަމަށެވެ. އަދި ބޯޓު ތެރޭގައި ޖިިންސީ ގުޅުން ހިންގުމަށް މަސައްކަތް ކުރުމުން ތިން ބިދޭސީއަކު ވެގެން ލުތުފަރުގެ ނޭވާ ހާސްކޮށް މަރާލީކަމަށް ތަހުޤީޤަށް އެނގިފައިވާ ކަމަށެވެ.

ލުތުފަރު މަރާލުމަށްފަހު، ލުތުފަރުގެ ހަށިގަނޑު ވާ ޖަހައި މޫދަށްލުމަށްފަހު، އޭގެ ވަގުތުކޮޅެއްފަހުން ލުތުފަރުގެ ހަށިގަނޑު އަނެއްކާވެސް މޫދުން ނަގައި، ގައިގައި ހުރި ފެން ހިއްކުމަށްފަހު، ލުތުފަރު ނިދާ އެނދުމަތީގައި އެ ބިދޭސީން ބޭއްވި ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އެގޮތަށް ކަންތައްތައް ކުރި ލުތުފަރު ބޯޓުގައި ނިދާފައި އޮތް ކަމަށް، ބޯޓަށް އަރާފައިބާ މީހުންނަށް ދެއްކުމުގެ ގޮތުން ކަމަށް އެ މީހުން ތަހުޤީޤުގައި ބުނެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެެއަށްފަހު ލުތުފަރުގެ ހަށިގަނޑުގައި ވާޖަހައި އެއްސުމަށްފަހު ހަމައެއްގައި އައްސައި ލުތުފަރުގެ ހަށިގަނޑު ކަނޑަށް ފެއްތި ކަމަށް އެ ބިދޭސީން ތަހުޤީޤަސް ކިޔައިދިންކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ވަނީ ލުތުފަރުގެ ހަޑިގަނޑުގެ އެއް ގުނަވަންތައް ކަނޑުގެ އެ ސަރަހައްދުން ހޯދާފަ އެވެ. ހަށިގަނޑުގެ އެކި ބައިތައް އެކި ސަރަހައްދުތަކުން ފެނުނުއިރު، އެއީ ލުތުފަރުގެ ހަށިގަނޑުކަން ކަށަވަރު ކުރަނީ ކޮންގޮތަކުންތޯ ސުވާލުކުރުމުން ފުލުހުން ބުނީ، ލުތުފަރުގެ ދިގުމިނާ އަދި ހަށިގަނޑުގެ ބައިތައް ފެނުނު ސަރަހައްދަށް ބެލުން އެއީ ލުތުފަރުގެ ހަށިގަނޑުގެ ބައިތަށްކަމަށް ބެލެވޭކަމަށެވެ. ނަމަވެސް ސައިންސްގެ އަލީގައި ޔަޤީން ކުރަންޖެހޭ ކަންކަން ޔަޤީން ކުރަމުންގެންދާ ކަމަށް އޭރު ފުލުހުން ބުނެފައި ވެއެވެ.

ލުތުފަރަކީވެސް ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީއެކެވެ. އޭނާގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައި ތިބި ބިދޭސީންނަކީ ވެސް ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު