Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކްލިކް ކޮލެޖަށް 20 އަހަރު ފުރުން

ކްލިކް ކޮލެޖަށް 20 އަހަރު: ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަތީ ތަޢުލީމްދޭ މަރުކަޒެއް

"ސެލެބްރޭޓިންގ 20 އިއަރސް" ގެ ނަމުގައި ލޯގޯއެއް ފަރުމާ ކޮށްފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 22 އޮކްޓޯބަރު 2020 | ބުރާސްފަތި 18:02
ކްލީކް ކޮލެޖުން ބޭނުންވަނީ އެހީތެރިކަމަށް ބޭނުންވެފައިވާ ރަށްރަށުގެ ކޮމިއުނިޓީތަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް

ކްލީކް ކޮލެޖުން ބޭނުންވަނީ އެހީތެރިކަމަށް ބޭނުންވެފައިވާ ރަށްރަށުގެ ކޮމިއުނިޓީތަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް

ކްލީކް ކޮލެޖުން މަތީ ތަޢުލީމްގެ ޚިދްމަތް ދެމުން އަންނަތާ 2020 ވަނަ އަހަރު ބުރާސްފަތި ދުވަހަށް ވެފައިވާ އިރު، ކްލީކް ކޮލެޖަކީ މަތީ ތަޢުލީމްގެ ޚިދުމަތް ދިނުމުގައި ކޮލިޓީއަށް ވަރަށް ބޮޑު އިސްކަމެއްދޭ ކޮލެޖެއް ކަމަށް ކްލީކް ކޮލެޖުގެ ޕްރެޒިޑެންޓް ޑރ. ނައުޝާދު މުހައްމަދު ވިދާޅުވެއްޖެއެވެ.

އެންމެ ދެ ކްލާސްރޫމްއާއި އޮފީހަކާއެކު ފެށި ކްލީކް ޓްރެއިންގ ސެންޓަރ މިހާރު މި ވަނީ ކޮލެޖެއްގެ ގޮތުގައި ފުޅާ ދާއިރާއެއްގައި މަތީ ތަޢުލީމް ދޭ މަރުކަޒަކަށް ބަދަލުވެފައި ކަމަށާއި އޭގެ ސަބަބުން ގިނަ ދަރިވަރުންތަކެއް އަންނަނީ ކްލީކް ކޮލެޖުން ހިންގާ ރާއްޖޭން ބޭރުގެ ޔުނިވަރސިޓީތަކުގެ ޕްރޮގްރާމްތަކުން މަތީ ވަނަތައް ހާސިލް ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކްލީކް ކޮލެޖަށް 20 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ވަނީ ސޯޝަލް މީޑިއާގައި "ސެލެބްރޭޓިންގ 20 އިއަރސް" ގެ ނަމުގައި ލޯގޯއެށް ފަރުމާ ކޮށްފައެވެ. މިލޯގޯ ފަރުމާ ކޮށްފައި ވަނީ ހުނަރުވެރި ގްރެފިކް ޑިސައިނަރ ބަމްބީ (އަހުމަދު ސިރާޖް) އެވެ.

20 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އެންމެ ފުރަތަމަ ވެސް ކްލީކް ކޮލެޖުން ބޭނުން ވަނީ އެހީތެރި ކަމަށް ބޭނުންވެފައިވާ ރަށްރަށުގެ ކޮމިއުނިޓީތަކަށް އެހީތެރިކަމެއް ފޯރު ކޮށް ދިނުމަށް ކަމަށާއި އެގޮތުން 20 ރަށެއްގެ 20 ދަރިވަރަކަށް ކްލީކް ކޮލެޖުގައި ކިޔެވުމުގެ ސްކޯލަރޝިޕް ފުރުސަތު ލިބިގެން ދާނެ ކަމަށް ކްލީކުން ވަނީ ބުނެފައެވެ.

ކްލީކް ކޮލެޖުގެ ޑީން، މަރިޔަމް ޝިފާނާ ވިދާޅުވި ގޮތުގައި ކްލީކް ކޮލެޖަށް 20 އަހަރު ފުރުން ފާހަގަ ކުރަން ބޭނުން ވަނީ ރަށްރަށުގައި ތިބި ކިޔަވާ ކުދިންނާ އެއްކޮށް ކަމަށާއި އެގޮތުން ކްލީކް ކޮލެޖުން މިދޭ 20 ސްކޯލަރޝިޕްގެ ފުރުސަތުގެ ބޭނުން ދަރިވަރުން އެންމެ ހެޔޮގޮތުގައި ހިފާނެކަމަށް އުންމީދު ކުރާ ކަމަށް ވިދާޅުވިއެވެ.

ކްލީކް ކޮލެޖުން 20 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ރޭވިފާ ހުރި ކަންކަން ސޯޝަލް މީޑިއާ މެދުވެރި ކޮށް މައުލޫމާތު ލިބިގެން ދާނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު