Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެއްވެ އުޅުމުގެ ޤާނޫނު އިސްލާޙު ކުރުން

ފުލުހުންގެ ހުއްދަނެތި އެއްވެ އުޅެވޭ ގޮތަށް، އެއްވެ އުޅުމުގެ ޤާނޫނަށް އިސްލާޙުތަކެއް ގެންނަން ކޮމިޓީން ފާސްކޮށްފި

22 އޮކްޓޯބަރު 2020 | ބުރާސްފަތި 11:19

ހުށައެޅުންތައް ފާސްވީ ކޮމިޓީގެ އިއްތިފާޤުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 އޮކްޓޯބަރު 2020 | ބުރާސްފަތި 11:19
އެއްވުމެއް ކޮންޓްރޯލްކުރުމަށް ފުލުހުން ހަރަކާތްތެރިވަނީ

އެއްވުމެއް ކޮންޓްރޯލްކުރުމަށް ފުލުހުން ހަރަކާތްތެރިވަނީ

ފުލުހުންގެ ހުއްދަނެތި އެއްވެ އުޅެވޭ ގޮތަށް، އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް އިސްލާޙުތަކެއް ގެންނަން ރައްޔިތުންގެ މަޖިލ؛ީހުގެ ޤައުމީ ސަލަމާތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީން ފާސްކޮށްފިއެވެ.

ބުދަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައި އެއްވެ އުޅުމުގެ ޤާނޫނަށް ހުށައަޅާފައިވާ އިސްލާޙުތަކުގެ ތެރެއިން ކޮމިޓީން ފާސްކުރި އެއްކަމަކީ ޓޫރިސްޓް ރިސޯޓުތަކުގައި މުވައްޒަފުންނަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ސަރަޙައްދު ފިޔަވައި އެހެން ތަންތަނުގައި އެއްވެ އުޅުން މަނާ ކުރުމެވެ. އެއާއެކު، މުވައްޒަފުންނަށް ޚާއްސަކޮށްފައިވާ ސަރަޙައްދުގައި ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ ހުއްދަ ލިބިގެންދެއެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، އެއްވެ އުޅުމުގެ ޤާނޫނަށް ނިމިދިޔަ ސަރުކާރުން ގެނެސްފައިވާ އިސްލާޙުގައިވާ ގޮތުން އެއްވުންތައް ބޭއްވުމުގެ ކުރިން ފުލުހުންގެ ހުއްދަ ނެގުން ލާޒިމުވި ނަމަވެސް، މިހާރު އެ މާއްދާ އެއްކޮށް އުނި ކުރުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެއާއެކު، އެއްވެ އުޅެވޭނީ ފުލުހުންގެ ހުއްދަ ލިބޭ ތަންތަނަށް ކަމަށް ބަޔާންކޮށް އެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ މާއްދާ އުވާލުމަށް ކޮމިޓީގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ.

މި އިސްލާޙުތަކާއެކު ކޮމިޓީން ފާސްކުރި އަނެއް ކަމަކީ، ޤައުމުގެ ސަލާމަތަށްޓަކައި އެއްވެ އުޅުން މަނާ ސަރަޙައްދުތަކެއްވެސް ކަނޑައެޅުމެވެ. އޭގެ ތެރޭގައި ދައުލަތުން ޚިދުމަތް ފޯރުކޮށްދޭ އިމާރަތްތައް ހުންނަ ސަރަޙައްދުތަކާއި، ޖަލު ފަދަ ތަންތަން ހިމެނެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން އެއްވެ އުޅުމުގެ ޤާނޫނަށް ގެނައި އިސްލާޙުތަކަކީ އެއްވެ އުޅުމުގެ ޙައްޤު ހަނިވެގެން ދިޔަ އިސްލާޙުތަކެއްކަން ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އެގޮތުން 17 އޮގަސްޓު 2016 ވަނަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުން އެއްވެ އުޅުމުގެ ޤާނޫނު ހަނިކުރުމަށްފަހު ބިލު ފާސް ކުރީ އޭރުގެ ސަރުކާރުގައި ތިއްބެވި 37 މެންބަރުންގެ ތާއީދާއެކު އެވެ. އޭރު ބިލާ ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލަމުން ދިޔަ ނަމަވެސް، ބިލު ފާސްކޮށް އޭގެ ދަށުން ސިޔާސީ ޕާޓީތަކާއި، އެކި ފަރާތްތަކާމެދު ފިޔަވަޅު އަޅާފައިވެއެވެ.

އެއިސްލާހާ ގުޅިގެން އޭރު ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅު، އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރުން އާންމު ގިނަ ބަޔަކު ނުރުހުން ފާޅު ކުރަމުން ގެންދިޔަ އެވެ. އަދި އޭރުގެ އިދިކޮޅު ފަރާތްތަކަށް އެއްވެވޭނެ ނުވަތަ ޖަލްސާއެއް ބާއްވާލާނެ ތަނެއް ނުލިބިގެން އުޅެންޖެހިފައި ވެއެވެ.

އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރަން ފާސްކުރި އެ އިސްލާހު، އުވާލަން މަޖިލީހަށް ހުށަހެޅުވީ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު އެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

5

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް