Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޅުދުއްފުށިިން ނެގި ސާމްޕަލްތައް ނެގެޓިވްވުން

ކުޅުދުއްފުށިން ފާއިތުވި 24 ގަޑިއިރު ތެރޭގައި ނެގި 120 ސާމްޕަލްގެ ނަތީޖާ ނެގެޓިވް

ސާމްޕަލް ނެގުމުގައި ބޮޑަށް އަމާޒުކޮށްފައިވާނީ ކޮމިއުނިޓީ ސާރވިސްދޭ ފަރާތްތަކަށް ކަމަށް ވިދާޅުވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2020 | ބުދަ 19:19
ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށި ސިޓީ

ފާއިތުވި 24 ގަޑިއިރު ތެރޭގައި ކުޅުދުއްފުށި ސިޓީން ނެގި ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވް ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.

ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓޯލް ޕްރިޕެއަރޑްނަސް ޓީމްގެ ފަރާތުން ބައިވެރިވަޑައިގެންނެވި އަބްދުލް މައުރޫފް ވިދާޅުވީ ކުޅުދުއްފުށިން ކޮވިޑް ކޭސްތަކެއް ފެނުމާއި ގުޅިގެން އެ ރަށަށް ޚާއްސަ ސަމާލު ކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެެވެ. އެގޮތުން އެ ސިޓީގައި އިތުރު ސްޕްރެޑެއް ހުރިތޯ ބެލުމަށްޓަކައި ފާއިތުވި 24 ގަޑިއިރު ތެރޭގައި އިތުރު 120 ރެންޑަމް ސާމްޕަލެއް ނެގިފައިވާ ކަމަށެވެ.

މި ރެންޑަމް ސާމްޕަލްތައް ނެގުނު ގޮތުގެ ތަފްސީލަށް ބަލާ އިރު، ބިދޭސީ މަސައްކަތްތެރިންގެ 35 ސާމްޕަލްއެއް، ފިހާރަތަކުން 17 ސާމްޕަލް، ކެޕޭ އަދި ރެސްޓޯރެންޓްތަކުން 24 ސާމްޕަލްއެއް، ބޭންކް އަދި އެއަރޕޯޓް ފަދަ އާންމުންނަށް ޚިދުމަތްދޭ ތަންތަނުން އެކްސްޕޯޝަރ ހައި އޭޖް ގްރޫޕްތަކުން 13 ސާމްޕަލް، ޓެކްސީ ޚިދުމަތްދޭ 11 ފަރާތެއްގެ ސާމްޕަލް އަދި ބޯޓުތަކުން 10 ފަރާތެއްގެ ސާމްޕަލް ނެގިފައި ވެއެވެ. އަދި ހައުސްހޯލްޑްތަކުން އަލާމާތްތައް ހުރި ފަރާތްތައް ދެނެގަނެ އެ ގޭގެއަށް ގޮސް ހައުސްހޯލްޑަތަކުން 25 ސާމްޕަލް ނަގާފައިވާ ކަމަށެވެ.

މި ހުރިހާ ސާމްޕަލްތަކުގެ ނަތީޖާ ބުދަ ދުވަހު ލިބިފައިވާ ކަމަށާއި ހުރިހާ ސާމްޕަލްއެއްގެ ނަތީޖާވެސް ނެގެޓިވްކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ.

ކުޅުދުއްފުށީން ފުރަތަމަ ކޮވިޑް ކޭސްއެއް ފެނިފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ގައި ކަމަށާއި އެ ކްލަސްޓަރގައި ޕޮޒިޓިވްވި ބައެއް ފަރާތްތައް ބަލިން ފަސޭހަވެފައިވާ ކަން ފާހަގަ ކުރެއްވިއެވެ.

އެންމެ ފަހުން ކުޅުދުއްފުށިން ޕޮޒިޓިވް ކޭސްތަކެއް ފެނިފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އެ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހެދިއިރު ފާހަގަ ވެގެން ދިޔައީ 78 ފަރާތެއް ކަމަށް މައުރޫފް ވިދާޅުވިއެވެ. މި ހުރިހާ ފަރާތްތަކެއް ސާމްޕަލްތައް ނެގިފައިވާ އިރު، އެ ހުރިހާ ސާމްޕަލްތަކެއް ވެސް ވަނީ ނެގެޓިވް ވެފައެވެ.

މައުރޫފް ވިދާޅުވީ މި ބަލި އިތުރަށް ރަށުތެރޭގައި ފެތުރުނަ ނުދިނުމަށްޓަކައި އާންމުން ހޭލުންތެރި ކުރުމާއި، ކޮވިޑާއި ގުޅިގެން ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުޅުދުއްފުށީގައި އެކުލަވާލާފައިވާ ޓާސްކްފޯހާއި އެޗްއީއޯސީއާއި އެކު ބައްދަލުވުންތައް ބާއްވާ ކަމާ ގުޅުން ހުރި ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދުތައް ދެމުން ކަމަށެވެ.

މި ވަގުތު ވެސް ކުޅުދުއްފުށީ މޮނިޓަރިންގެ ހާލަތުގައި އޮތުމާއި އެކު ރަށުގައި އާންމުން ކޮންމެހެން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ބޭރަށް ނުކުންނަ ކަމުގައިވާ ނަމަ މާސްކް އެޅުން ވަރަށް މުހިއްމު ކަމަށާއި ޚާއްސަކޮށް ފޮތި މާސްކް ބޭނުން ކުރާނަމަ އެ މާސްކަކީ އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ތައްޔާރު ކުރެވިފައިވާ މާސްކެއް ކަމުގައި ވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ބޭރުތެރޭގައި އުޅޭއިރު އެކަކު އަނެކަކާއި ގައިދުރުކަން ބެހެއްޓުމާއި ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައިވެސް ބޭރަށް ނުކުމެފައި އަންބުރާ ގެއަށް ވަންނަ ކަމުގައިވާނަމަ ގެއަށްވަދެ ރަނގަޅަށް އަތްދޮވެ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ކަނޑައެޅިފައިވާ އިންތިޒާމްގެ ތެރެއިން ފްލޫ ކްލިނިކަށް ދެއްކުމަށް ވަނީ އެދިފައެވެ.

އިތުރު މައުލޫމާތެއް ބޭނުންވެއްޖެނަމަ އެރަށުގައި ޤާއިމްކޮށްފައިވާ ހޮޓްލައިން މެދުވެރިކޮށް މައުލޫމާތު ސާފުކުރުމަށް ވަނީ އެދިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު