Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާރާމާރީގެ މައްސަލަތައް އިތުރުވަމުން ދިޔުން

މި ފަހުން ހިނގި މާރާމާރީތަކުގެ ފަހަތުގައި ވަނީ މަސްތުވާތަކެތީގެ މައްސަލަތައް: ހޯމް މިނިސްޓަރ

21 އޮކްޓޯބަރު 2020 | ބުދަ 18:37

ފަހަތުގައި އުޅެނީ މަސްތުވާތަކެތީގެ މައްސަލަތަކާއި މަސްތުވާތަކެތި ޑީލްކުރުމުގައި ދިމާވެފައި ހުރި މައްސަލަތައް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 އޮކްޓޯބަރު 2020 | ބުދަ 18:37
ހޯމް މިނިސްޓަރ އައްޝެއިޚް އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރ އައްޝެއިޚް އިމްރާން އަބްދުﷲ

މި ފާއިތުވެގެން ދިޔަ ހަފްތާއެއް ދެ ހަފްތާ ތެރޭގައި މާރާމާރީގެ ހަރަކާތްތަކެއް ގިނައިން ހިނގާ ކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކަމުގެ ފަހަތުގައި ބޮޑަށް އުޅެނީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށް ގަބޫލު ކުރައްވާ ކަމަށް ހޯމް މިނިސްޓަރ އައްޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި ހޯމް މިނިސްޓަރާއި ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި އިނގުރައިދޫ ދާއިރާގެ މެމްބަރ ހަސަން އަހުމަދު ވަނީ މި ފަހަކުން ލާއިންސާނީ އަނިޔާތައް އިތުުރުވަމުންދާ ކަމަށާއި އެކަމުގެ ފޮޓޯތަކާއި ވީޑިއޯތައް ފެންނަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި އައްޑޫ ސިޓީގައި ވެސް އަނިޔާވެރިކޮށް މީހަކަށް ހަމަލާދީފައިވާ ތަން ފެނިފައިވާ ކަމަށާއި އެކަން ކުރި މީހުން ހޯދިއްޖެތޯ އެއްސެވިއެވެ.

Advertisement - newsAdvertisement

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މާރާމާރީގެ ކަންކަން ތަންކޮޅެއް ގިނަވާން ފަށާފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެކަމުގެ ފަހަތުގައި އުޅެނީ މަސްތުވާތަކެތީގެ މައްސަލަތަކާއި މަސްތުވާތަކެތި ޑީލް ކުރުމުގައި ދިމާވެފައި ހުރި މައްސަލަތައް ކަމަށެވެ. އަދި އެކަންކަން ބަލަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލަޔާއި ގުޅޭގޮތުން އެހެން މެމްބަރަކު ކުރެެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މި ސަރުކާރުން މަސްތުވާތަކެތީގެ ވަބާއިން މުޅި މުޖުތަމައު ސަލާމަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން ނޭޝަނަލް ޑްރަގް އެޖެންސީން އިސްނަގައިގެން ޚާއްސަ ޕްލޭނެއް މިހާރު އެކުލަވާލާފައިވާ ކަމަށާއި އެ ޕްލޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ހުށަހެޅި އެ ޕްލޭނަށް ބަދަލުތަކެއް ގެނައުމަށް ފަހު ޕްލޭން އެޕްރޫވް ކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން މިހާރު ނޭޝަނަލް ޑްރަގް ކޮންޓްރޯލް ސްޓްރެޓެޖީއެއް ހެދުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ހުރިހާ ކަންތައްތަކެއް ގުޅިލާމެހިގެން ދާއިރު ރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ސަރުކާރު އައި ފަހުން މިކަން ހައްލު ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ގެނައުމަށް ކުރަމުންދާ މަސައްކަތުގައި ފުލުހުން ކުރަމުންދާ މަސައްކަތްތައް ކުރިޔަށް ވުރެ ޚަރުދަނާ ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް މިވަބާ ފެތުރިފައިވާލެއް ބޮޑު ކަމުން މަގު މަތިން ފެންނަވަރުގެ ބަދަލުތަކެއް އަދި ނުފެނުނު ކަމުގައި ވިޔަސް ކުރިޔަށް އޮތް ތަނުގައި ގުޅިލާމެހިގެން ކުރެވިގެންދާ މަސައްކަތުން ބަދަލުތަކެއް ފެންނާނެ ކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް