Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހަސަން ލަތީފަށް މަޙްލޫފް ރައްދު ދެއްވުން

މަޙްލޫފުގެ ރައްދު ހަސަން ލަތީފަށް: ރައީސް ވަނީ ކުޅިވަރު ސިޔާސީ ނުކޮށް އިންގިލާބީ ބަދަލެއް ގެނެސްދެއްވާފައި

21 އޮކްޓޯބަރު 2020 | ބުދަ 08:33

ސަރުކާރުގެ ކުޅިވަރު ސިޔާސަތުތައް ހުރީ 1980 ގެ އަހަރުތަކުގައި ހިންގެވި ގޮތަށް ކަމަށް ހަސަން ލަތީފް ވިދާޅުވި

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 21 އޮކްޓޯބަރު 2020 | ބުދަ 08:33
ރާއްޖެ ޓީވީގެ \"ކުޅިވަރު ފައިލް\" ޕްރޮގްރާމުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް

ރާއްޖެ ޓީވީގެ \"ކުޅިވަރު ފައިލް\" ޕްރޮގްރާމުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް

ކުޅިވަރުގެ ޤާނޫނަށް އަމަލު ނުކުރެވޭ ކަމަށާއި ސަރުކާރުގެ ކުޅިވަރު ސިޔާސަތުތައް ހުރީ 1980 ގެ އަހަރުތަކުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ހިންގެވި ގޮތަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވުމުން، ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ރައްދު ދެއްވައިފިއެވެ.

މިދިޔަ ހޯމަ ދުވަހު ރާއްޖެޓީވީން ގެނެސްދިން "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ކުޅިވަރު ހިންގުމުގައި ނުރަނގަޅު ކަންތައްތަކެއް ހުރިއިރު، އެކަން ބެލޭނެ ގޮތެއްވެސް ނެތް ކަމަށެވެ. އެކަންކަމަށް ހައްލު ހޯދުމަށް މިދިޔަ އަހަރު ކުޅިވަރުގެ ޤާނޫނު އިސްލާހު ކުރުމަށް ސަރުކާރުން ވައުދުވި ކަމަށާއި، އެކަމަކު މި އަހަރު ނިމިގެންދާއިރުވެސް އެކަން ނުކުރެވިދާއިރު، ޤާނޫނުގައި ބުނާ ގިނަ ގަވާއިދުތައްވެސް ހެދިފައިނުވާ ކަމަށް ވިދާޅުވިއެވެ.

ކުޅިވަރުގެ ކަންކަން ހުރީ 1980 ގައި ސަރުކާރުގައި ކަންކަން ހުރި ހިސާބުގައި ކަމަށްވާއިރު، މިހާރު ފެންނަމުން ދަނީ ކުޅިވަރުގެ އިންތިޚާބުތަކާއި، ކުޅިވަރު ތެރޭގައި މަސައްކަތް ކުރައްވާ ބޭފުޅުން ސަރުކާރު ބޭނުންނުވާ ގޮތަށް މަސައްކަތް ކުރައްވައިފިނަމަ، އެ ބޭފުޅުންނާ ގުޅޭ ސަބަބު ދެއްކުމާ ނުލައި ފިޔަވަޅު އަޅަމުންދާތަން ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

އަދި ރާއްޖޭގައި ކުޅިވަރުގެ ކަމަކާ ގުޅިގެން ޝަކުވާއެއް އުފުލާނެ ތަނެއް ހޯދައި، ދެނެގަތުމަކީ އުނދަގޫ ކަމަކަށް ވެފައިވާ ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

މި ވާހަކައަށް ރައްދު ދެއްވާ ވަޒީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ކުޅިވަރު ސިޔާސީ ނުކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދެއްވާފައި ކަމަށެވެ. މީގެ ކުރިން އޮތްގޮތާ އަޅާބަލާއިރު، ހުރިހާ ކުޅިވަރަކުންވެސް އެތައް ކުރިއެރުންތަކަކާ ކާމިޔާބީތަކެއް ހޯދާފައިވާކަން އެތުލީޓުންވެސް އަދި ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކުންވެސް ގަބޫލުކުރާނެކަން ކަށަވަރުވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުޅިވަރު އެސޯސިއޭޝަންތަކާއި ވަރަށް ގާތުން ވަޒީރު މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ސަރުކާރު ހިންގާ އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި ވަޒީރާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް މީގެ ކުރިންވެސް ވަނީ ރައްދުކުރެވިފައެވެ. އެގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބާ ގުޅިގެން އޭރު އެމްޑީޕީގެ ޕާރަލަމެންޓަރީ ގްރޫޕް ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމާއި ވަޒީރާ ދެމެދު ބަހުގެ ހަމަލާތައް ބަދަލު ކުރެވިގެންދިޔައެވެ. އެއަށްފަހު ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބާ ގުޅިގެން ހަސަން ލަތީފާއި، ބައެއް މެންބަރުންގެ ނުރުހުންވެސް ވަޒީރަށް ވަނީ އަމާޒުވެފައެވެ.

އެހެން ނަމަވެސް ތަކުރާރުކޮށް ވަޒީރު ވަނީ ގައުމީ ކުޅިވަރު އެސޯސިއޭޝަނެއް ބައިނަލްއަގުވާމީ އިދާރާއަކުން ސަސްޕެންޑް ކުރާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމަށާއި، އެމްޑީޕީގެ އެއްވެސް މެންބަރަކުވެސް އެމަނިކުފާނު މެދުވެރިކުރައްވާ އެސޯސިއޭޝަނެއްގެ އިންތިހާބު "ހިލާލެވޭނެ" ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ކުޅިވަރުގެ ކަންކަމުގައި ގޯސްކޮން ކަންކަން ކުރައްވާ ކަމަށް، އެމަނިކުފާނަށް އަމާޒުކޮށް އެފަދަ ވާހަކަތައް ދައްކަވަނީ ސީދާ އެމަނިކުފާނު ނިސްބަތްވާ މަޖިލިސް މެންބަރުން އެކަނި ކަމަށްވެސް މަޙްލޫފް ވަނީ ވިދާޅުވެފައެވެ.

ކުޅިވަރު އެސޯސިއޭޝަންތައް ސަސްޕެންޑް ނުކުރާނެ ކަމަށް ބަޔަކަށް ހީވާނަމަ އެއީ ވަރަށް ބޮޑު ގޯހެއް ކަމަށާއި، ނުފޫޒު ފޯރުވާ ކަންކަން ގޯސްކޮށް ކުރާނަމަ ބައިނަލްއަގުވާމީ އިދާރާތަކުން މަޑުން ނުތިބޭނެކަން ޔަގީން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުޅިވަރުގެ 99 އިންސައްތަ އެސޯސިއޭޝަންތަކަށް ވަޒީރު މަސައްކަތް ކުރާ ގޮތް ރަނގަޅު ކަމަށާއި، އެކަން އެސޯސިއޭޝަންތަކުންވެސް ގަބޫލުކުރާ ކަމަށް މަޙްލޫފް ވިދާޅުވިއެވެ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި

03 އެޕްރީލު 2017
ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި
16 މާރިޗު 2017

ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން

16 މާރިޗު 2017
ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން
25 ފެބުރުއަރީ 2017

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި
11 ފެބުރުއަރީ 2017

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
04 ފެބުރުއަރީ 2017

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް
02 ފެބުރުއަރީ 2017

ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް

02 ފެބުރުއަރީ 2017
ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް