Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ބާސާ އާއި ޔުވެންޓަސްވެސް މޮޅުވެއްޖެ

21 އޮކްޓޯބަރު 2020 | ބުދަ 06:00

ފެރެންސްވަރޯސް އަތުން ބާސާ މޮޅުވީ ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 21 އޮކްޓޯބަރު 2020 | ބުދަ 06:00
ބާސާ އާއި ފެރެންސްވަރޯސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 5-0 ން

ބާސާ އާއި ފެރެންސްވަރޯސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 5-0 ން

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުތަކުން ގްރޫޕް ޖީގައި ހިމެނޭ ބާސެލޯނާ އާއި ޔުވެންޓަސްވެސް މޮޅުވެއްޖެއެވެ.

ބާސާ މޮޅުވީ އަމިއްލަ ދަނޑުގައި ފެރެންސްވަރޯސް އަތުން ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ބާސާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 27 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ޕެނަލްޓީއަކުން ބާސާއަށް ލީޑު ނަގައިދިނީ ކެޕްޓަން ލިއޮނެލް މެސީއެވެ. މިއީ އޭރިއާ ތެރެއިން މެސީއަށް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މެޗުގައި ބާސާއިން ލިޑު ފުޅާކޮށްފައިވަނީ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް އަންސޫ ފަޓީ ކާމިޔާބުކުރި ލަނޑުންނެވެ. އަދި ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ފިލިއްޕޭ ކުޓީނިއޯ ވަނީ ބާސާގެ ތިންވަނަ ލަނޑު ޖަހާފައެވެ.

މެޗުގެ 68 ވަނަ މިނެޓުގައި ރެފުރީ ވަނީ އޭރިއާ ތެރެއިން ބާސާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ކުރި ފައުލަކަށް އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާފައެވެ. އެއާއެކު ފެރެންސްވަރޯސްއަށް ޕެނަލްޓީއެއް ލިބުނުއިރު، މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ އިގޯ ޚަރާޓިނެވެ.

އެކަމަކު މެޗުގެ 82 ވަނަ މިނެޓުގައި ޕެޑްރީ ވަނީ ބާސާއަށް އަލުން ލީޑު ފުޅާކޮށްދީފައެވެ. މިއީ ބާސާގެ ޖާޒީގައި ޒުވާން މިޑްފީލްޑަރު ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ބާސާގެ ފަސްވަނަ ލަނޑު ޖެހީ އޮސްމާނޭ ޑެމްބެލޭއެވެ.

މި ގްރޫޕުގައި ހިމެނޭ ޔުވެންޓަސް މޮޅުވީ އަންގާރަ ދުވަހުގެރޭ ޑީނަމޯ ކިއެވް އަތުން 2-0 ންނެވެ.

ކިއެވްގެ ދަނޑުގައި ކުޅުނު މި މެޗުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ޔުވެންޓަސްއިން ވަނީ ލީޑު ނަގާފައެވެ. ޑެޔާން ކުލުސެވްސްކީގެ އެހީއާއެކު ޔުވެންޓަސްއަށް ލީޑު ނަގައިދިނީ އަލްވާރޯ މޮރާޓާއެވެ.

މެޗުގައި ޔުވެންޓަސްއިން ލީޑު ފުޅާކޮށްފައިވަނީ މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށެވެ. ހުއާން ކުއަޑްރާޑޯގެ އެހީއާއެކު މި ލަނޑުވެސް ޔުވެންޓަސްއަށް ޖަހައިދިނީ މޮރާޓާއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ޖީގައި ކުޅުނު ފުރަތަމަ މެޗުތަކުން ބާސާ އާއި ޔުވެންޓަސްވެސް މޮޅުވިއިރު، މި މަހުގެ 29 ވަނަ ދުވަހު މި ދެ ޓީމު ބައްދަލުކުރާނެއެވެ. އެ މެޗު ކުޅޭނީ ޔުވެންޓަސްގެ ދަނޑުގައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް