Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާސިމް ހައްޔަރުކުރުން

ގާސިމްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފި

21 އެޕްރީލު 2017 | ހުކުރު 17:41

ގާސިމް ހައްޔަރުކޮށްފައުވަނީ ބުރާސްފަތި ދުވަހުގެ ރޭގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 21 އެޕްރީލު 2017 | ހުކުރު 17:41
ގާސިމް އިބްރާހިމް

ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ގާސިމް އިބްރާހިމް ހައްޔަރުކުރުމަށް ފަހު، ބަންދުގެ މުއްދަތު ޖެހުމަށް ދޫނިދޫން ކްރިމިނަލް ކޯޓަށް ގެންނެވީ ހުކުރު ދުވަހުގެ ހަވީރު 4:00 ގައެވެ.

Advertisement - newsAdvertisement

ގާސިމް ހައްޔަރުކުރުކުރުން ޕްރޮސިކިއުޓަ ޖެނެރަލް މެދުވެރިކޮށް މިފަހަރު އަމުރު ފުލުހުން ހޯދިއިރު، ހުކުރު ދުވަހު ބޭއްވި މުއްދަތުގެ މަޖިލީހުގައި އިންނެވީ، ހައްޔަރުކުރުމުގެ އަމުރު ވެސް ދެއްވި އިސް ގާޒީ އަބްދުލް ބާރީ ޔޫސުފެވެ.

ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ، މުއްދަތުގެ މަޖިލީހުގައި ގާޒީ ބާރީ އިންނެވި މައްސަލަ ވަކީލުން ފާހަގަ ކުރެއްވި ކަމަށެވެ. ނަމަވެސް ވަކީލުންގެ އެއްވެސް ވާހަކައެއް އަޑު ނާއްސަވާ ގާޒީ އަމިއްލަ ފުޅަން ނިންމެވީ މުއްދަތު މަޖިލިސް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ހައްޔަރުކުރުމުގެ އަމުރު ދެއްވި ފަނޑިޔާރަކު، އަލުން އެ އަމުރުގެ މުއްދަތުގެ މައްޗަށް ބަންދުގެ މުއްދަތު އިތުރުކުރަން ނިންމެވުމަކީ މައްސަލައެއް ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

ގާސިމްގެ މުއްދަތު 15 ދުވަހަށް އިތުރުކުރަން ފުލުހުން ބޭނުންވަނީ ކީއްވެގެންތޯ ނޫސްވެރިން ސުވާލު ކުރެއްވުމުން މާރިޔާ ވިދާޅުވީ އެއަށް ވުރެ މުއްދަތު ކުޑަކުރަން ވަކީލުންގެ ޓީމުން ވަރަށް ދިފާއުގައި ވަރަށް ގިނަ ވާހަކަ ދެއްކެވި ކަމަށެވެ. ނަމަވެސް އެ ވާހަކަތަކަށް އިސް ގާޒީ ރިޔާއަތް ނުކުރެއްވި ކަމަށް މާރިޔާ ވިދާޅުވި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ގާސިމް ހައްޔަރުކުރީ ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ކްރިމިނަލް ކޯޓުގައި އެދިވަޑައިގަތުމުންނެވެ. ހުކުރު ދުވަހުގެ ބޭއްވި ބަންދުގެ މުއްދަތު މަޖިލީހުގައި ވެސް ޕީޖީގެ ވަކީލުން ވިދާޅުވީ ފުލުހުން ބޭނުންވާ ގޮތަށް ގާސިމް ހައްޔަރުގައި ބެހެެއްޓުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ގާސިމް ދޫނިދޫގައި ބަހައްޓަވާފައި ހުންނަވާ ގޮޅި ބަދަލުކުރަން ވެސް އެދިވަޑައިގެންނެވި ކަމަށާއި ނަމަވެސް ދޫނިދޫއަކީ ވަގުތުން ސިއްހީ ފަރުވާ ދެވޭނެ އިންތިޒާމު ހުރި ތަނެއް ކަމަށް ފުލުހުން ބުނިކަމުގައި މާރިޔާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނާ ހިލާފަށް ކުރިން ފަހަރު ގާސިމް ހައްޔަރުކޮށް، ހަ ދުވަހު ޖަލްގައި ބޭއްވެވިއިރު، ޝަރީއަތްތައް ހިންގަމުން ދަނީ އެފަހަރުގެ ހައްޔަރުކުރުމުގެ މައްޗަށެވެ. އެ ފަހަރު ގާސިމް ދޫކޮށްލީ، އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކޯޓްގައި ޕީޖީގެ ވަކީލުން ވިދާޅުވުމުންނެވެ.

ގާސިމް ހައްޔަރުކުރަން ކްރިމިނަލް ކޯޓުގެ އިސް ގާޒީ ނެރުއްވި އަމުރުގައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް މި މަހުގެ 10 ގައި ފާސްކުރުމާ ގުޅިގެން، މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމަށް ހުށަހެޅުމަށްޓަކައި 42 މެމްބަރުންގެ ސޮއި ހޯއްދެވުމަށް މެމްބަރުންނަށް ގާސިމް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށް އަދި ރައްޔިތުންގެ މެދުގައި ފިތުނަ އާއި ބިރުވެރިކަން އުފެއްދުމަށް ގާސިމް މަސައްކަތް ކުރާ ކަމުގެ ތުހުމަތު ވެސް ކޯޓު އަމުރުގައި ކޮށްފައިވެ އެވެ.

ގާސިމް އިބްރާހިމް އިސްވެ ހުންނަވައިގެން މ. ކުނޫޒްގައި ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި އެ ކަންކަމަށް ބާރު ލިބޭ ފަދަ މޭރުމަކުން ވާހަކަ ދައްކަމުން ދާތީ އާއި މި ކަންތައްތަކަކީ މިހާރު ތަހުގީގު ކުރަމުންދާ ކަންތައްތަކެއް ކަމަށް ވާތީ، ގާސިމް އިބްރާހިމް މުޖުތަމައު އަށް ދޫކޮށްފައި ބެހެއްޓުމަކީ މައްސަަލައިގެ ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅި އަދި މި ކަންކަމާ ގުޅޭ ގޮތުން ލިބެން ހުރި ހެކި ފޮރުވާ އަދި ހެކިބަސް ދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވާ، އެ ހެކި ނައްތާލުމަށް ފުރުސަތު ތަނަވަސް ވެގެން ދާނެ ކަމެއް ކަމެއް ކަމަށާއި، އަދި ގާސިމް އިބްރާހިމް މުޖުތަމައު އަށް ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ފެނުމަކީ ވެސް އޭނާ ހައްޔަރު ކުރަންޖެހޭ ސަބަބެއް ކަމަށް ކޯޓް އަމުރުގައިވެ އެވެ.

ގާސިމް ހައްޔަރުކުރުން ގިނަ ބަޔަކު އަންނަނީ ކުށްވެރިކުރަމުންނެވެ.

ގާސިމް ކޯޓަށް ހާޒިރުކުރެއްވި ވަގުތު، އެ ސަރަހައްދުގައި ހުންނަވައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނު ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި 42 މެމްބަރުންގެ ސޮއި ހޯދަން ޖެހޭނެ ކަމަށް ބުނެފައިވާއިރު، މަޖިލީހުގެ ރިޔާސަތުގެ އިތުބާރު ނެތްކަމަށް ހުށަހެޅުމަށް، ސޮއި ހޯދުމަކީ މަޖިލީހުގެ މެމްބަރުން ކުރައްވަންޖެހޭނެ ކަމެއް ކަމަށެވެ. އެއީ ކުށަކަށް ވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަހަރު ވެސް ގާސިމް ހައްޔަރީ، ކުރިން ވެސް ކޮށްފައިވާ ތުހްމަތުތަކުގެ މައްޗަށް ކަމަށްވާއިރު، ގާސިމް ދިރިއުޅޭ ގެއަށާއި އޭނާގެ އިމާރާތްތަކަށް ފުލުހުން ވަދެ، ބަލައި ފާސްކުރި ނަމަވެސް އެއްވެސް ހެއްކެއް ފެނިފައި ނެތް ކަމަށް އޭނާގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް