Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަނަސްގެ މަރުގެ މައްސަލަ

އަނަސްގެ މަރު: ކްރިމިނަލް ކޯޓުގައި މާދަމާ އަށް އަޑުއެހުމެއް ތާވަލް ކޮށްފި

އަނަސް މަރާލި މައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ ވަރަށް ގިނަ ދުވަސް ވެއްޖެ، ތަވާލް ކުރި ނަމަވެސް ގިނަ އަޑުއެހުންތައް ވަނީ ކެންސަލް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2020 | އާދީއްތަ 07:10
ވަޅިން ހަމަލާދީ މަރާލާވިފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް

ވަޅިން ހަމަލާދީ މަރާލާވިފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް

ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ހޯމަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

އަނަސްގެ މަރުގެ މައްސަލާގައި މި އަހަރުގެ އޮގަސްޓް ތިން ވަނަ ދުވަހާއި މާރޗު ދެވަނަ ދުވަހު ތާވަލް ކުރި އަޑުއެހުން ކެންސަލް ކޮށްފައިވާއިރު، މި މައްސަލާގައި އަޑުއެހުމެއް ނުބޭއްވޭތާ ގިނަ ދުވަސްތަކެއް މިވަނީ ވެފަ އެވެ.

މި މައްސަލައިގައި އަނަސްއަށް ޙަމަލާ ދިނުމުގައި ޢަމަލީ ގޮތުން ބައިވެރިވި ކަމުގެ ދަޢުވާ ލިބޭ 3 މީހުންނަކީ ޅ. ކުރެންދޫ އަސުރުމާގޭ އަޙްމަދު ޒަޔާނާއި، މ. ދިމިޝްގު، އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާޤުއެވެ.

އޭގެ އިތުރުން، ތޫނު އެއްޗެއް ބޭނުން ކޮށްގެން ޤަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދަޢުވާ އުފުލާފައިވަނީ 4 މީހެއްގެ މައްޗަށެވެ. އެއީ، ލ. ގަން ތުނޑީ ނަންނާރިގޭ، ޖުނައިހު ޢަބްދުﷲ އާއި، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި، ތ. ކިނބިދޫ ގުލްފާމުގޭ، މުޙައްމަދު ޝާޒާއި، ދަފްތަރު ނަންބަރު 1746، ސިމާހް މޫސާ އެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. ނަމަވެސް އެ ދުވަހު ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުން ފަސް ކޮށްފައިވަނީ އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ފަރާތަކަށް ލިއެކިއުން ލިބިފައިނުވާތީއެވެ.

އެގޮތުން އަނަސް މަރާލުމުގައި ބައިވެރިވުމުގެ ދަޢުވާ ލިބޭ ޖުނައިޙުގެ މިހާރުގެ ވަކީލު އާދަމް އާސިފް ވިދާޅުވެފައިވަނީ މި މައްސަލައިގައި ޖުނައިޙުގެ ފަރާތުން ކުރިން ވަކާލާތު ކޮށްފައިވަނީ އެހެން ވަކީލެއް ކަމަށާއި، އެހެންވުމާއެކު އޭނާ އަށް މި މައްސަލައިގެ ލިއެކިއުންތައް ލިބިފައިނުވާ ކަމަށެވެ.

އޭގެ އިތުރުން، އެ ދުވަހު މައްސަލައިގެ ސީން އޮފް ކްރައިމް ރިޕޯޓް ތައްޔާރު ކުރި އޮފިސަރާއި، ވީޑިއޯ އެންޑް އިމޭޖް އަނާލިސިސް ރިޕޯޓް ތައްޔާރުކުރި އޮފިސަރު ހެކިބަސް ދިނުމަށް ހާޒިރުވެ ތިބި ނަމަވެސް ދިފާއަށް ލިއެކިއުންތައް ލިބިފައިނުވާއިރު ހެކިބަސް ނެގުމަކީ ދިފާއުވުމުގެ ޙައްޤަށް އުނިކަން އަންނަ ކަމެއްގެ ގޮތުގައި ދައުލަތުން ވެސް ފާހަގަކޮށްފައިވާތީ މައްސަލަ ބައްލަވާ ގާޒީ މުޙައްމަދު ސަމީރް ވަނީ އެކަމަށް ރިޢާޔަތް ކުރައްވާފައެވެ.

މި މައްސަލައިގައި ދައުލަތުން 7 މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވާއިރު، ދައުވާ ލިބޭ 7 މީހުން ވެސް ދައުވާ އަށް އިންކާރު ކުރެއެވެ.

އަނަސް މަރާލުމުގެ ހާދިސާ:

އަނަސް މަރާލާފައިވަނީ، 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ގަރާޖް ތެރޭ ވަޅިން ހަމަލާދީގެން ނެވެ. ފުލުހުން ބުނެފައިވަނީ އަނަސް މަރާލީ އެހެން ބަޔަކަށް ދޭން ރާވައިގެން ދިޔަ ހަމަލާއެއްގައި އޮޅިގެން ކަމަށެވެ.

ފުލުހުން އެހެން ބުނެފައި އެވަނީ، އަނަސް މަރާލީ އޭނާ ލައިގެން ހުރި ޓީޝާޓްގެ ސަބަބުން ކަމަށާއި އެއީ އޮޅިގެން ދިން ހަމަލާއެއް ކަމަށް، އޭރު ވެރިކަމުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވިދާޅުވެފައި ވަނިކޮށެވެ.

މީގެއިތުރުން ފުލުހުން ބުނެފައިވަނީ، އަނަސް މަރާލީ ދެ ގުރޫޕެއްގެ ދެމެދުގައި އުފެދިފައިވާ ރުޅިވެރިކަމެއްގެ ތެރޭގައި އެއްގުރޫޕަކަށް ނިސްބަތްވާ މީހުން ހަނދުވަރުދޭ ގޯޅި ތެރޭގައި ތިބިކަން އެނގިގެން އެ މީހުން މަރާލަން ރާވައިގެން އެތަނަށް ދިޔަ ވަގުތު އެތަނުގައި ހުރި ސައިކަލެއްގެ މަތީގައި އިނދެފައި އަނަސްއަށް އެމީހުން ފެނިގެން ބިރުން ދުވެފައި ލިޓަސް ތެރެއަށް ވަނުމުން އަނަސް އެއީ އެ ގުރޫޕަށް ނިސްބަތްވާ މީހެއް ކަމަށް ހީކޮށް އޮޅިގެން ކަމަށެވެ. އަދި 8 މީހަކު 4 ސައިކަލެއްގައި ދިޔައީ މީހަކު މަރާލުމަށް ވަޅި ހިފައިގެން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ކަމަށާއި އެމީހުން ދިޔައިރު އެމީހުން ހޯދަމުން ދިޔަ މީހުން އެ ސަރަހައްދުން ގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، އަނަސްގެ ހަށިގަނޑުގެ 25 ތަނަކަށް ވަނީ ވަޅި ޖަހާފައެވެ. އަދި ލިބިފައިވާ ޒަހަމުތަކުގެ ސީރިއަސްކަމުން އަނަސް އެތަނުގެ ތެރޭގައި މަރުވެފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވަނީ، ޢާއްމުން އެއްވެ އަނަސް ވެއްޓިފައިވާ މަންޒަރު ބަލައި ފޮޓޯ ނަގާ ހެދިއިރުވެސް އެއްވެސް މީހަކު އޭނާ ހޮސްޕިޓަލަށް ގެންދިއުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށާއި ލިޓަސްގެ މުވައްޒަފުންތަކެއް އަނަސްގެ ގައިން ފައިބަމުން ދިޔަ ލޭ މަނާކުރެވޭތޯ ބަލަމުން ދިޔަ ކަމަށެވެ. އަދި އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުން ކަމަށާއި ވަގުތުން ދެވެން ހުރި ފަރުވާ ޑޮކްޓަރުން ދިން ނަމަވެސް އޭރު އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، އަނަސް އަކީ އޭނާ މަރާލުމުގެ ދެ އަހަރެއްހާ ދުވަސް ކުރިން ލިޓަސްގައި މަސައްކަތް ކުރި މީހެކެވެ. އަދި ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ އަނަސް ލިޓަސް ކައިރިއަށް ދިޔައީ ކުރިން އޭނާއާއެކު އެތަނުގައި އުޅުނު ރަހުމަތްތެރިންނާ ބައްދަލު ކުރުމަށް ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު