Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕެރިހުގައި ހިންގި ގަތުލުއާންމު

ޕެރިހުގައި މީހަކު ގަތުލުކޮށްލީ ކީރިތި ރަސޫލާގެ ކާޓޫނު ކުރަހާ ދަރިވަރުންނަށް ދެއްކުމުން

ފުލުހުން ވަނީ ހަމަލާދިން މީހާ މަރާލާފައި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2020 | ހޮނިހިރު 06:10
ޕްރޮފެސަރު މަރާލި ސަރަހައްދުގައި ފުލުހުން ފޯރިމަރަނީ

ޕްރޮފެސަރު މަރާލި ސަރަހައްދުގައި ފުލުހުން ފޯރިމަރަނީ

ހުކުރު ދުވަހު ފްރާންސް ގައި ލާއިންސާނީ ގޮތަކަށް މީހެއްގެ ކަރުބުރި ކޮށްލާފައިވަނީ، ކީރިތި ރަސޫލާ އަށް ކުޑައިމީސްކޮށް ކާޓޫނެއް ކުރަހާ، ކުލާހުގެ ދަރިވަރުންނަށް ދެއްކި މައްސަލާގައި ކަމަށް ފްރާންސްގެ ފުލުހުން ބުނެފިއެވެ.

އޮފިޝަލުން ބުނީ، އެ މައްސަލަ އެންޓި ޓެރާ ޖަޖުން ބަލަމުންދާ ކަމަށެވެ.

ލާއިންސާނީ ގޮތަކަށް ވަޅިން ދިން ހަމަލާގައި މަރުވީ 47 އަހަރުގެ ޖިއޮގްރަފީ ކިޔަވައިދޭ ޕްރޮފެސަރެކެ އެވެ. އެ ޕްރޮފެސަރު، ކީރިތި ރަސޫލާ އަށް ނިސްބަތްކޮށް ކާޓޫނު ކުރަހާ ދައްކާފައިވަނީ ބަސް ބުނުމުގެ މިނިވަންކަމާއި ގުޅޭ ގޮތުން އުމުރުން 12 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށް ނަގައިދިން ފިލާވަޅެއްގައެވެ. އެ މައްސަލައާ ގުޅިގެން އެ ދަރިވަރުންގެ އާއިލާއިން ވަނީ ސްކޫލުގައި ޝަކުވާ ވެސް ކޮށްފައެވެ.

ކީރިތި ރަސޫލާ އަށް ނިސްބަތްކޮށް ކާޓޫން ކުރެހުންތައް ދެއްކި މައްސަލާގައި ބެލެނިވެރިއަކު ވަނީ ޔޫޓީއުބް ގައި ޕްރޮފެސަރުގެ ވީޑިއޯ އެއް އަޕްލޯޑް ކުރުމަށް ފަހު ޝަކުވާ ކޮށްފައެވެ. ހުކުރު ދުވަހުގެރޭ އިތުރު ބެލެނިވެރިއަކު ޔޫޓިއުބް ގައި ކޮށްފައިވާ ޕޯސްޓެއް ގައި، އޭނާ ވަނީ ޕްރޮފެސަރުގެ ދިފާއުގައި ވާހަކަ ދައްކާފައެވެ. އެ ބެލެނިވެރިޔާ ބުނީ، ކާޓުން ދެއްކުމުގެ ކުރިން ކްލާހުގައި ތިބި މުސްލިމް ދަރިވަރުން ގާތު ކްލާސް ދޫކޮށް ދިއުމަށް ޕްރޮފެސަރު އެންގި ކަމަށެވެ.

ޕްރޮފެސަރު މަރާލި ކަމަށް ތުހުމަތު ކުރެވެނީ ރަޝިޔާގެ ވެރިރަށް މޮސްކޯ އަށް އުފަން 18 އަހަރުގެ ޒުވާނެއް ކަމަށް ފުލުހުން ބުންޏެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ޒުވާނާއަކީ ޗެޗްނިއާ ސަރަހައްދުގެ ދަރިފަސްކޮޅަށް ނިސްބަތްވާ މީހެކެވެ. މީނާއާއި ބެހޭ އެއްވެސް މައުލޫމާތެއް ފްރާންސްގެ އިންޓެލިޖެންސް އަށް ކުރިއަކުން ލިބިފައެއް ނުވެއެވެ. ނަމަވެސް އޭނާ އަކީ ކޮންމެވެސް ވަރަކަށް ކުދި ކުށުގެ ރިކޯޑް އޮތް މީހެއް ކަމަށް ފްރާންސްގެ ފުލުހުންނާއި ހަވާލާދީ ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ފުލުހުން، ވަނީ ޕްރޮފެސަރު މަރާލި ޒުވާނާ މަރާލާފަ އެވެ. އޭނާ މަރާލީ، ފުލުހުންގެ ބެލުމުގެ ދަށަށް ދާން ދެކޮޅު ހަދައި އިންޒާރުވެސް ދެމުން ދަނިކޮށެވެ. އޭނާ މަރާލީ އެތައް ފަހަރެއްގެ މަތިން ބަޑި ޖެހުމަށް ފަހުއެވެ.

އެންޓި ޓެރާ ޕްރޮސެކިއުޓަރ ވިދާޅުވީ، ވަޅިން ހަމަލާދީ ޕްރޮފެސަރު މަރާލި މައްސަލަ ބަލަމުންދާ ކަމަށާއި، އެ މައްސަލަ ބަލަނީ ޓެރަރިސްޓު ޖަމާއަތަކާއި ގުޅުންހުރި ބަޔަކު ދިން ހަމަލާއެއްގެ ގޮތުގައި ކަމަށެވެ.

ރައީސް އެމެނުއަލް މެކްރޯން ވިދާޅުވީ، އެ ޓީޗަރަކީ ޓެރަރިސްޓުންގެ ޝިކާރައަކަށްވި މީހެއް ކަމަށެވެ. މެކްރޯން ވަނީ އެ ޓީޗަރުގެ އާއިލާ އަށް ތައުޒިޔާ ފޮނުވާފައެވެ. ރައީސް އެމެނުއަލް ވިދާޅުވީ، ފްރާންސް ގައި ޓެރަރިސްޓުންނަށް ކުރިއެރުން ނުލިބޭނެ ކަމަށާއި، އެ މީހުންނަށް ފްރާންސް ބައިބައި ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

2015 ވަނަ އަހަރުގެ ޖެނުއަރީ މަހުވެސް ޓެރަރިސްޓު ޖަމާއަތަކުން ވަނީ ޗާލީ ހެބްޑޯގެ ކުރީގެ އޮފީހުގެ ތެރެއަށް ވަދެ އެތަނުގައި ތިބި 12 މީހަކަށް ހަމާލާދީ މަރާލާފައެވެ. އެ މައްސަލާގައި ހިމެނޭ 14 މީހުންގެ ޝަރީއަތް ޕެރިސްގެ ކޯޓުގައި ކުރިއަށް އެބަދެއެވެ. އަދި ދެ ނޫސްވެރިއަކަށް މީގެ ހަފްތާއެއް ކުރިން ވަޅިން ހަމަލާ ދިން މައްސަލައެއްވެސް ފެންމަތިވެފައިވާއިރު، އެ ހިސާބުން ފެށިގެން ޕެރިސް އޮތީ ރެޑް އެލާޓުގައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން

20 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

17 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު