Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުޅަނދު ނައްތާލުމުގެ ޕްރޮޖެކްޓް

20 އަހަރަށްވުރެ ގިނަ ދުވަސްވީ އުޅަނދުތައް ނައްތާލަނީ

ނައްތާލެވޭނެ އުޅަނދުގެ ތެރޭގައި 100ށް ވުރެ ގިނަ ޓެކްސީ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 އޮކްޓޯބަރު 2020 | ހުކުރު 07:46
ފުލުހުން ޓޯކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ނުގެންގޮސް ހުރި އުޅަނދުތަކެއް ނައްތާލަނީ

ފުލުހުން ޓޯކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ނުގެންގޮސް ހުރި އުޅަނދުތަކެއް ނައްތާލަނީ

ރާއްޖެ އެތެރެކޮށް ދުއްވާ އުޅަނދުތަކުގެ ތެރެއިން 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނައްތާލުމުގެ ޕްރޮޖެކްޓެއް ހިންގުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.

އެއްގަމު އުޅަނދުފަހަރުގެ ތާޑު ޕާޓީ އިންޝުއަރެންސް ކުރަން ނުޖެހޭ ގޮތަށް ހެދުމުގެ އިތުރުން އުޅަނދުތައް ގަރާޖެއްގައި ރަޖިސްޓްރީ ކުރުން ލާޒިމު ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒު އަލީ ވިދާޅުވީ 20 ނުވަތަ 30 އަހަރަށްވުރެ ގިނަ ދުވަސްވެފައި ހުރި ވެހިކަލް ނައްތާލުމުގެ ޕްރޮޖެކްޓެއް ފުލުހުންނާއި ގުޅިގެން އަންނަ އަހަރު ފެށުމަށް ރާވާފައިވާ ކަމަށެވެ.

އަދި މީގެ ތެރޭގައި 100ށް ވުރެ ގިނަ ޓެކްސީ އުމުރު ހަމަވެފައި އެބަހުރި ކަމަށާއި، މިކަމުގެ ސަބަބުން ޕާކްކުރުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށެވެ. ނަމަވެސް މިއީ އާންމުނަށް ލިބޭ އާމްދަނީ އާއި ގުޅުން ހުރި ކަމެއް ކަމަށާއި، އެކަމާއި ގުޅިގެން ވެސް ކަމާއި ބެހޭ މިނިސްޓްރީތަކާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ކެރިން ކެޕޭސިޓީ އާއި ގުޅޭގޮތުން ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިމާޒު ވިދާޅުވީ ކެރިން ކެޕޭސިޓީ ކަނޑައަޅަން ގާނޫނުން ލާޒިމްކުރަނީ މީހުން ދިރިއުޅޭ ރަށެއް ވެއްޖެއްޔާ ކައުންސިލްތަކަށް އަދި އިންޑަސްޓްރިއަލް ސަރަހައްދެއް ވެއްޖެއްޔާ މިނިސްޓްރީއަށް ކަމަށެވެ.

މީގެ އިތުރުން މާލޭގައި މަލްޓި ސްޓޯރީ ބިލްޑިންގ ހެދިގެންދާ އިރު އެ ސަރަހައްދުތަކަށް ނިސްބަތްކޮށް ބެލުމަށްފަހު އަންނަ އަހަރު ވެހިކަލް އެތެރެކުރަން ކޮންމެވެސް ވަރެއްގެ ކޯޓާއެއް ލިބިގެންދާނެ ކަމަށާއި، މިހާރު އޮތްގޮތަށް ގަވާއިދަށް ބަދަލެއް ނުގެނެސް ކެރިން ކެޕޭސިޓީ ކަނޑައަޅައިފި ނަމަ އަންނަ އަހަރު އިތުރު ވެހިކަލްތަކެއް އެތެރެ ނުކުރެވޭނެ ކަމަށެވެ. އަދި އެތެރެކުރެވޭ ވެހިކަލްއެއް އެތެރެކުރުމުގެ ކުރިން އެ ވެހިކަލް އެތެރެކުރާ ފަރާތަކަށް ކާރު ރަޖިސްޓްރީ ކުރެވޭނެކަން އެނގިގެން ދިއުމަކީ ވެސް ކެޕޭސިޓީއަށްވުރެ އިތުރަށް އުޅަނދު ގެންނަ މައްސަލަ އަށް ލިބިގެންދާނެ ހައްލެއް ކަމަށެވެ.

ޝިމާޒު ވިދާޅުވީ އެ ގަވާއިދު ގެޒެޓް ކުރުމާއެކީގައި އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި ކެރިން ކެޕޭސިޓީގެ ވާހަކަ ދައްކާ އިރު މާލޭއަށް އެތެރެކޮށްފައި ހުރި ވެހިކަލްތަކުގެ އަދަދަށް ބަލާ އިރު 4 ފުރޮޅުލީ 7000 ވެހިކަލް އެބައޮތް ކަމަށާއި، އެއީ ކާރާއި ޖިޕާއި ޕިކަޕާއި ލޮރީއާ އެކު ކަމަށެވެ. އަދި މާލޭގެ މަގުތަކުގެ އޭރިއާއަށް ބަލާ އިރު ކެރިން ކެޕޭސިޓީ ކަނޑައަޅާފައިވާނަމަ އަންނަ އަހަރު ވެސް ވެހިކަލް އެތެރެ ނުކުރެވޭނެ ކަމަށެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު