Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުކޯޝެއާޑް ކިޗެން

ކޯޝެއާޑް ކިޗެން ފެސިލިޓީގައި ކަލިނަރީ ޓްރެއިނިންގ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަށް ރަޖިސްޓަރީވުމަށް ހުޅުވާލައިފި

މި ފެސިލިޓީ ގާއިމް ކުރަނީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ކާބޯތަކެތި އުފައްދާ ފަރާތްތަކަށް ހާއްސަކޮށްގެން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 14 އޮކްޓޯބަރު 2020 | ބުދަ 18:11
ބީސީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު ލީނާ އަބްދުލް ޖަލީލް ރާއްޖެ.އެމްވީ އަށް އިންޓަވިއު ދެއްވަނީ (ފައިލް ފޮޓޯ)

ބީސީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު ލީނާ އަބްދުލް ޖަލީލް ރާއްޖެ.އެމްވީ އަށް އިންޓަވިއު ދެއްވަނީ (ފައިލް ފޮޓޯ)

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން ހުޅުމާލޭގައި ގާއިމް ކުރާ ކޯޝެއާޑް ކިޗެން ފެސިލިޓީގައި ކަލިނަރީ ޓްރެއިނިންގ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަށް ރަޖިސްޓަރީވުމަށް ހުޅުވާލައިފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑުން ބުދަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ކާބޯތަކެތި އުފައްދާ ފަރާތްތަކަށް (ހާއްސަކޮށް ޒުވާން ވިޔަފާރިވެރިންނާއި ގޭގައި ތިއްބަވައިގެން ކާބޯތަކެތި އުފައްދާ ކަނބަލުންނަށް) އަމާޒުކޮށްގެން ޔޫ.އެން.ޑީ.ޕީގެ ސަސްޓެއިނަބަލް އިކޮނޮމިކް އެންޕަވަރމެންޓް އެންޑް ޑިވެލޮޕްމަންޓް ފޯ އެސް.އެމް.އީޒް (ސީޑްސް) ޕްރޮޖްކްޓްގެ މާލީ އެހީގެ ދަށުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްނެންގެވުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ހުޅުމާލޭގައި ކޯޝެއާޑް ކިޗެން ފެސިލިޓީއެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.

ކޯޝެއާޑް ކިޗެން ފެސިލިޓީއަކީ ކާބޯތަކެތި އުފެއްދުމަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް އެއްތަނަކުން ލިބިދޭގޮތަށް އަދި އެއްފަހަރާ ގިނަ ބަޔަކަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކުރެވިގެންދާނެ ތަނެކެވެ. އެހެންކަމުން، މި ފެސިލިޓީގައި ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކަށް އަމާޒުކޮށް ތަފާތު ކަލިނަރީ ޓްރެއިނިންގތައް ހިންގުމަށް އެ ކުންފުނިން ބޭނުންވާ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

އެެހެކަމުން، އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ގޫގުލް ފޯމް މެދުވެރިކޮށް މިކަމަށް ރަޖިސްޓަރ ވެލެއްވުމަށް ދައުވަތު އަރުވާ ކަމަށެވެ. ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 22 އޮކްޓޫބަރު 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 15:00 ކަމަށް ވެސް ބީސީސީން ބުނެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ކާބޯތަކެތި އުފައްދާ ފަރާތްތަކަށް ހާއްސަ ކޮށްގެން ހުޅުމާލޭ ގައި ގާއިމްކުރަ ކޯޝެއާޑް ކިޗެން ފެސިލިޓީ ގައި މަސައްކަތް ކުރަން 60 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މިދިއަ ސެޕްޓެމްބަރު 16 ވަނަ ދުވަހު ރާއްޖެއެމްވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ބީސީސީން ބުނެފައި ވެއެވެ.

ގޫގުލް ފޯމް:https://forms.office.com/Pages/ResponsePage.aspx?id=Y-pF_qOF9kaVz-F4Posec633qKR4q3BDiKfEmeQGrsdUNFIxRDZQWVZTNVVVOEk5RUs1U0k2MkQ1MS4u

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2020

ކޯޝެއާޑް ކިޗެން އަށް ޝައުގުވެރިކަން ފާޅުކޮށް 60 ފަރާތެއް

16 ސެޕްޓެމްބަރު 2020
ކޯޝެއާޑް ކިޗެން އަށް ޝައުގުވެރިކަން ފާޅުކޮށް 60 ފަރާތެއް
22 ޖޫން 2020

ކޯޝެއާޑް ކިޗެން ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމް ކުރަނީ

22 ޖޫން 2020
ކޯޝެއާޑް ކިޗެން ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމް ކުރަނީ
09 ފެބުރުއަރީ 2020

ސީއެމްޑީއޭއިން ޑައިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމެއް ފަށަނީ

09 ފެބުރުއަރީ 2020
ސީއެމްޑީއޭއިން ޑައިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމެއް ފަށަނީ
18 ޖުލައި 2019

އެލިޔާ އާއި އެމް.އައި.ޓީ ގުޅިގެން ކުރިއަށް ގެންދިޔަ ބޯޓު އޮޕަރޭޓަރސް ޓްރެއިނިންގް ޕްރޮގްރާމް ނިންމާލައިފި

18 ޖުލައި 2019
އެލިޔާ އާއި އެމް.އައި.ޓީ ގުޅިގެން ކުރިއަށް ގެންދިޔަ ބޯޓު އޮޕަރޭޓަރސް ޓްރެއިނިންގް ޕްރޮގްރާމް ނިންމާލައިފި
15 ޖެނުއަރީ 2019

ޑައިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމް ފަށައިފި

15 ޖެނުއަރީ 2019
ޑައިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމް ފަށައިފި
09 އޯގަސްޓު 2018

ބޯޓް އޮޕަރޭޓަރސް ޓްރެއިނިންގ ޕްރޮގްރާމް ކާމިޔާބުކަމާއެކީ ނިންމާލައިފި

09 އޯގަސްޓު 2018
ބޯޓް އޮޕަރޭޓަރސް ޓްރެއިނިންގ ޕްރޮގްރާމް ކާމިޔާބުކަމާއެކީ ނިންމާލައިފި
07 އޯގަސްޓު 2018

ބޯޓް އޮޕަރޭޓަރސް ޓްރެއިނިންގ ޕްރޮގްރާމް އެލިއާ އިން ފަށައިފި

07 އޯގަސްޓު 2018
ބޯޓް އޮޕަރޭޓަރސް ޓްރެއިނިންގ ޕްރޮގްރާމް އެލިއާ އިން ފަށައިފި
18 ސެޕްޓެމްބަރު 2017

ރިކޯޑް އަދަދެއްގެ ޝެފުންނާއެކު އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް ފަށައިފި

18 ސެޕްޓެމްބަރު 2017
ރިކޯޑް އަދަދެއްގެ ޝެފުންނާއެކު އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް ފަށައިފި
20 އޯގަސްޓު 2017

ކަލިނަރީ ޗެލެންޖުގެ އެންމެ ގިނަ އެވޯޑް ބަރޮސް މޯލްޑިވްސްގެ ޝެފުންނަށް!

20 އޯގަސްޓު 2017
ކަލިނަރީ ޗެލެންޖުގެ އެންމެ ގިނަ އެވޯޑް ބަރޮސް މޯލްޑިވްސްގެ ޝެފުންނަށް!
01 އެޕްރީލު 2017

ކަލިނަރީ ޗެލެންޖުން ވަނަ ހޯދި ފަރާތްތައް ހޮފެކްސް 2017 ގައި ބައިވެރިވަނީ

01 އެޕްރީލު 2017
ކަލިނަރީ ޗެލެންޖުން ވަނަ ހޯދި ފަރާތްތައް ހޮފެކްސް 2017 ގައި ބައިވެރިވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު