Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެންޓިލޭޓަރުތަކާ ގުޅޭ ކޮރަޕްޝަން

ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވައިފި

ހެލްތް މިނިސްޓްރީގެ އިސް އޮފިޝަލުންގެ މައްޗަށް ތުހުމަތު ކުރެވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2020 | ބުދަ 04:47
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ - ވެންޓިލޭޓަރު މައްސަލައިގައި ހެލްތް މިނިސްޓްރީގެ އިސް އޮފިޝަލުންތަކެއްގެ މައްޗަށް ތުހުމަތު ކުރެވޭ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ - ވެންޓިލޭޓަރު މައްސަލައިގައި ހެލްތް މިނިސްޓްރީގެ އިސް އޮފިޝަލުންތަކެއްގެ މައްޗަށް ތުހުމަތު ކުރެވޭ

ވެންޓިލޭޓަރުތައް ގަތުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހިންގާފައިވާ ކަމަށް ބުނެ ހެލްތް މިނިސްޓްރީގެ އިސްވެރިންތަކެއްގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅޭ ކޮރަޕްޝަނުގެ މައްސަލަތަކެއްގެ ތަހުގީގު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައި، ދައުވާކުރަން ފޮނުވައިފިއެވެ.

އޭސީސީން މި މައްސަލައިގައި ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ. އެގޮތުން މި މައްސަލައިގައި ހޯމަ ދުވަހުގެ ނިޔަލަށް ދައުވާ ކުރުމާމެދު ގޮތެއް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެއެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މި މައްސަލަ ޑިއުޓީ ޕްރޮސެކިއުޝަނަށް ތާވަލު ކުރާނީ ބުރާސްފަތި ދުވަހު ކަމަށާއި، މައްސަލައިގައި އޭސީސީން ދައުވާކޮށްދިނުން އެދި ފޮނުވާފައިވާ މީހުންގެ ތަފްސީލުތައް ހާމަ ކުރެވޭނީ ޑިއުޓީ ޕްރޮސެކިއުޝަނަށް ފަހު ކަމަށެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލާގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީންގެ އިތުރުން، ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ބިޑް ކޮމެޓީގެ ޗެއާރ ނިޝާމާ މުހައްމަދުގެ މައްޗަށް ތުހުމަތު ކުރެވިފައިވެއެވެ. އަދި ޑައިރެކްޓަރ ފައިނޭންޝަލް އެގްޒެކެޓިވް އަހުމަދު އަސްލަމް އާއި ހެލްތް މިނިސްޓްރީ ބިޑް ކޮމެޓީގެ މެމްބަރުންނާއި އެމިނިސްޓްރީގެ ބައެއް އިސްވެރިންގެ މައްޗަށްވެސް މި މައްސަލައިގައި ތުހުމަތު ކުރެވެއެވެ.

ތަޙުޤީޤަށް އަސަރުކޮށްފާނެ ފަދަ މަޢުލޫމާތު ނުހިމަނައި، މައްސަލާގައި ފާހަގަކުރެވުނު މައިގަނޑު ކަންކަން ހިމެނޭގޮތަށް އޭސީސީން މީގެ ކުރިން ވަނީ ޚުލާޞާ ރިޕޯޓެއް އެކުލަވާލައި 21 މޭ 2020 ގައި ރިޕޯޓު އާންމުކޮށްފައެވެ.

12 ސޮފްހާގެ މައްޗަށް ތައްޔާރުކޮށް އޭރު އޭސީސީން އާންމުކުރި ރިޕޯޓްގައި ބުނީ، މާލިއްޔަތު ގަވާއިދާ އެއްގޮތަށް ޑޮކިއުމެންޓްތަކާއި އުސޫލުތައް ފުރިހަމަކޮށްގެން ކަންތައްތައް ކުރުމުގައި ދަތިތަކެއް ދިމާވަމުން މަސައްކަތްތަކަށް ލަސްތަކެއްވަމުންދާ ކަމަށް ބަޔާންކޮށް، މެޝިނަރީޒްއާ އިކުއިޕްމެންޓުގެ އަގު 2.5 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާތީ ހޯދަން ޖެހޭ ޑޮކިއުމެން ހުށައަޅަން ނުޖެހޭ ގޮތަށް ހެލްތުގެ ޓެންޑަ ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަށް ގެންދިއުމުގެ ހާއްސަ ހުއްދައަކަށް ހެލްތުން އެދުމުން، އެކަމަށް ހާއްސަ ބަޖެޓެއް ހަމަޖައްސައި އެ ބަޖެޓްގެ ތެރެއިން ސީދާ އެ ޚަރަދު ކުރާގޮތަށް ހެލްތުގެ ބިޑް ކޮމިޓީ މެދުވެރިކޮށް އެފަދަ މަސައްކަތާއި ތަކެތި ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހާއްސަ ހުއްދައެއް ދީފައިވާ ކަމަށް ފާހަގަކުރެެވޭ ކަމަށެވެ.

އޭސީސީގެ ރިޕޯޓް ނިންމާލަމުން ހުލާސާ ގައި ބުނެފައިވަނީ، ކަނޑައަޅާފައި ހުންނަ އުސޫލުތަކުގެ ބޭރުން، ހާއްސަ ހުއްދަދެވޭ ދެވުމަކީ، ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގެ މައިގަނޑު މަޤްސަދުތައް ހާސިލުކުރުމަށް ހުރަސްއެޅޭ އަދި ހިރާސް އިތުރުވާނެ ކަމެއްކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެފަދަ އަމަލުތަކުގެ ސަބަބުން ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމަށް އާންމުން ކުރާ އިތުބާރު ކުޑަވެ، ޝައްކު ކުރުމުގެ ޖާގަ އުފެދުމުގެ އިހުތިމާލު ނުހަނު ބޮޑުވެގެން ދާނެކަމަށެވެ. އެހެން ކަމުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ރިޕޯޓު ނިންމާލަމުން އޭސީސީން އޭރު ވަނީ ބުނެފަ އެވެ.

ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާދޭން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއާ އެކުގައި ކުރެވިފައިވާ މުއަލާމަތުތަަކަކީ ސައްހަ މައުލޫމާތުކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވެ، އޮޑިޓް ރިޕޯޓަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ މީގެ ކުރިން ރައްދު ދެއްވާފައެވެ.

އަމީން ވިދާޅުވެފައިވަނީ، ވެންޓިލޭޓަރުތައް ގެންނަން ޑަބްލިޔުއެޗްއޯގެ އެހީތެރިކަމަށް އެދުމުން ރާއްޖޭގައި ހުންނަ ޑަބްލިޔުއެޗްއޯގެ ރެޕްރެޒެންޓޭޓިވް ވަނީ މެދުއިރުމަތިން ވެންޓިލޭޓަރު ސަޕްލައި ކޮށްދޭ ކުންފުންޏެއްގެ މައުލޫމާތު ހިއްސާކޮށްފައި ކަމަށެވެ. ނަމަވެސް ވެންޓިލޭޓަރު ހޯދަން ޑަބްލިޔުއެޗްއޯއާ ރަސްމީ އެއްވެސް ސިފައެއްގައި ލިޔެކިޔުންތަކެއް ބަދަލު ކުރެވިފައި ނުވާ ކަމަށާއި، އެ ކުންފުންޏަކީ ޑަބްލިޔުއެޗްއޯ ރިކޮމެންޑް ކޮށްފައިވާ ކުންފުންޏެއް ނޫން ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެއެވެެ. އެކަމަކު އަމީން ވިދާޅުވި ގޮތުގައި ރަސްމީގޮތުން މުއާމަލާތެއް ޑަބްލިޔުއެޗްއޯއާ ނުކުރެވޭ ކަމަށް ބުނުމުގެ ޖާގައެއް ނެތް ކަމަށެވެ.

މިނިސްޓަރު އަމީން ވިދާޅުވެފައި ވަނީ، ކޮވިޑް-19ގެ ހާލަތާއި ގުޅިގެން މިނިސްޓްރީގެ މުވައްޒަފުން މަސައްކަތް ކޮށްފައިވާނީ އިހްލާސްތެރިކަމާއި އެކީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ހަވާލުކުރެވުނު މަސްއޫލިއްޔަތުގެ ތެރެއިން ކަމަށެވެ.

ބިޑް ކޮމިޓީގެ ޗެއަރ ނިޝާމާ މުހައްމަދު ވިދާޅުވީ، ވެންޓިލޭޓަރުތައް ގެންނަން ދުބާއީގެ ކުންފުންޏަށް ހަވާލުކޮށްފައިވަނީ އެ ކުންފުނީގެ ފަންނީ އަދި ގާބިލުކަމަށް ބެލުމަށްފަހު ކަމަށެވެ. ވެންޓިލޭޓަރުގެ މައްސަލާގައި އަމަލުކޮށްފައިވަނީ ހެޔޮ ނިޔަތުގައި ކަމަށް ނިޝާމާ ވިދާޅުވާ ވިދާޅުވުން އޭނާ ވަނީ ތަކުރާރު ކުރައްވާފައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމު ކޮށްފައިވާ ހެލްތް މިނިސްޓްރީ ކޮވިޑް-19 ކޮމްޕްލަޔަންސް އޮޑިޓްގައި ބޮޑެތި މަކަރާއި ހީލަތުން ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވާ މައްސަލަ ތަކެއް ފެންމަތިވެފައިވާއިރު، މި އޮޑިޓް ރިޕޯޓު ނެރުމާއި ގުޅިގެން މި މައްސަލާގައި އޭސީސީން ނެރެފައިވާ ރިޕޯޓާއި އަދި އޭސީސީން މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހާޒިރުވެ ދެއްކި ވާހަކަތަކާއި ދިމާ ނުވާކަން ވަނީ ހާމަވެފައެވެ. މި މައްސަލަ ބަލައި ދިނުމަށް އެދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމުން ބުދަ ދުވަހު އޭސީސީ މަޖިލީހަށް ހާޒިރު ކުރުމަށް އޭރު ނިންމާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު