Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްޕީއާރުސީ ހިޔާނާތް

އެމްއެމްޕީއާރުސީ ޚިޔާނާތާ ގުޅޭ 70،000 އެސްއެމްއެސް ރައީސް ނަޝީދު މަޖިލިހާ ހިއްސާކުރައްވައިފި

މެސެޖުގައި ހުރި ވާހަކަތައް ޖަލްސާގައި ހިއްސާ ކުރެއްވި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 13 އޮކްޓޯބަރު 2020 | އަންގާރަ 08:00
އެމްއެމްޕީއާރްސީ ހިޔާނާތް ހިންގާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގެ ތެރޭގައި

އެމްއެމްޕީއާރްސީ ހިޔާނާތް ހިންގާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގެ ތެރޭގައި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތާ ގުޅޭ 70،000 އެސްއެމްއެސް، ރައްޔިތުންގެ މަޖިލީހާއި ހިއްސާކޮށްފައިވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ނުހައްގު މުއްސަނދިކަން ހޯދުމަކީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިސްލާޙު ގެނައުމުގެ ބިލަށް ކުރެވުނު ބަހުސްގައި، ތަހުގީގީ އިދާރާތަކަށް ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ނުކުރެވެނީ ނުހައްގު މުއްސަނދިކަން ކުށެއްގެ ގޮތުގައި ކަނޑަނޭޅިގެން ނޫން ކަމަށް ވިދާޅުވެ އެ އިދާރާތަކުގެ މަސައްކަތްތަކަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ފާޑުވިދާޅުވެ ވާހަކަދެއްކެވެމުންނެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ ކޮރަޕްޝަންގެ މައްސަލައަކަށް އަމިއްލައަށް އިއުތިރާފްވެ، ބޭންކު އެކައުންޓުތަކުން އެކަން ހާމަވާއިރު، ތަހުގީގު ކޮޅެއްގައި ނުޖެހެންވީ އެއްވެސް ސަބަބެއް އެނގިނުލައްވާ ކަމަށެވެ. އެމްއެމްޕީއާރުސީ މައްސަލައަށް އަލިއަޅުއްވާލައްވާ އެމަނިކުފާނު ވަނީ، އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ސާފުކޮށް އެނގޭއިރުވެސް ތަހުގީގީ އިދާރާތަކުން އެފަރާތްތަކުގެ މައްޗަށް ދައުވާ ނުއުފުލަނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒުގެ ކަންބޮޑުވުމަކާއި ގުޅިގެން އެމްއެމްޕީއާރުސީގެ މައްސަލައިގައި ޝާމިލުވާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އޭނާގެ އަރިސް ބޭފުޅުންގެ 70،000 މެސެޖުތައް މަޖިލީހާއި ހިއްސާކުރެއްވި ކަމަށެވެ. އަދި އެ މެސެޖުތަކުގައި ހުރި ވާހަކަތަކާއި އަދީބު އިއުތިރާފްވެވަޑައިގެން ދެއްކެވި ވާހަކަތަކާއި ވެސް ގުޅުމެއް ވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަަޝީދު ވަނީ މީގެން އެއް މެސެޖުގައި ހުރި ވާހަކަތައް ޖަލްސާގައި ހިއްސާ ކުރައްވާފައެވެ.

ނަޝީދު ވިދާޅުވީ މި މައްސަލަައިގެ ހަގީގަތް އެނގުމަށް ތަހުގީގީ މާހިރަކަށް ވާން ނުޖެހޭ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ސާފުކޮށް ފެންނަން އޮތް ކަމެއްގެ ތަހުގީގު އަދިވެސް ކޮޅެއްގައި ނުޖެހޭތީ ކަންބޮޑުވުން ފާހަގަކުރައްވާފައެވެ.

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި މިހާތަނަށް ހުކުމެއް ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އެކަންޏެވެ. ނަމަވެސް މި ހިޔާނާތުގައި ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި، މަޖިލިސް މެމްބަރުންނާއި ފަނޑިޔާރުންގެ ބައިވެރިވުން އޮތް ކަމަށް ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު