Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެސްޓް ކިޓްތަކެއްގައި މައްސަލަޖެހުން

ޓެސްޓް ކިޓްތަކެއްގައި މައްސަލަ ޖެހިގެން އެކަން ދަނީ ބަލަމުން: އެޗްއީއޯސީ

12 އޮކްޓޯބަރު 2020 | ހޯމަ 19:08

އެއީ ގުދަން ކުރުމުގައި ދިމާވި މައްސަލައެއްކަމަށް ވިދާޅުވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 12 އޮކްޓޯބަރު 2020 | ހޯމަ 19:08
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް

ޓެސްޓް ކިޓްތަކެއްގައި މައްސަލަޖެހިގެން އެކަން ބަލަމުންދާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ މިވަގުތު ހުރި ޓެސްޓް ކިޓްތަކުގެ ތެރެއިން އެެއް ޓެސްޓް ކިޓްގެ ބެޗަކުން ފުރިހަމަ ނަތީޖާ ނުނިކުންނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި އެކަން ބެލި ބެލުމުން އެއީ ގުދަން ކުރުމުގައި ދިމާވި މައްސަލައަކުން ފާހަގަ ކުރެވުނު ކަމެއްކަން އެނގިފައިވާ ކަމަށެވެ.

އެކަމުގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި ޒިންމާދާރު ކުރުވަންޖެހޭ ފަރާތެއް ހުރިތޯ ބެލުމުގެ ކަންތައްތައް އެ އޮންނަ އުސޫލްގެ ތެރެއިން ކުރިއަށްދާ ކަަމަށް ނަޒްލާ ވިދާޅުވިއެވެ.

އަދި ފިޔަވަޅު އަަޅަންޖެހޭ ފަރާތެއްވާނަމަ އެ ފަރާތަކާއިމެދު ފިޔަވަޅު އަޅާނެކަމަށް އޭނާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ކިޓްތަކުގައި މައްސަލަ ދިމާވެފައިވަނީ އިންޓާރނަލް ކޮންޓްރޯލްގައި ކަމަށާއި އެ ކިޓްތައް ބޭނުން ކޮށްގެން ހެދި ޓެސްޓްތަކުގެ ތެރެއިން ސުވާލު އުފެދޭ އެއްވެސް ނަތީޖާއެއް ރިޕޯޓްކޮށްފައި ނުވާނެ ކަމަށެވެ.

މި މައްސަލަ ދިމާވި ބެޗްގެ 3000 ޓެސްޓް ކިޓް ބާކީ އެބަހުރި ކަމަށާއި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅުތަކެއް އެޅިފައިވާކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ. އަދި ގުދަން ކުރުމުގެ ސޭފްޓީ މެކޭނިޒަމް އިތުރަށް ވަރުގަދަ ކުރެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން އެސްޓީއޯއާއި އެކު އެއްބަސް ވުމެއްގެ ދަށުން، ގެންނަ ކިޓް ތަކުގެ ތެރެއިން ޚާއްސަކޮށް މައިނަސް ފްރީޒިން ޓެމްޕަރޭޗަރ ގައި ބަހައްޓަންޖެހޭ ތަކެތި އެސްޓީއޯގެ ކޯލްޑް ސްޓޯރޭޖްގައި ބެހެއްޓުމަށް އެއްބަސްވެވި، ރައްކައުތެރިކޮށް ގުދަން ކުރެވިފައިވާ ކަމަށެވެ.

ނަޒްލާ ވިދާޅުވީ އެސްޓީއޯއިން ގެނެސްފައި ހުރި 40،000 ރިއެކްޝަންސް މިވަގުތު ވެސް އެބަހުރި ކަމަށާއި އެކިޓްތައް 20 އަކަށް ދުވަހަށް ބޭނުން ކުރެވޭނެ ކަމަށެވެ.

އަދި ކުރިއަށް އޮތް ތިން މަހުގެ ސަޕްލައި ވެސް މިހާރު ވަނީ އެޝުއަރ ކުރެވިފައި ކަމަށެވެ. މީގެ އިތުރުން އޭޑީބީ ޕްރޮޖެކްޓުން އަންނަ 50،000 ރިއެކްޝަން ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އަންނާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް