Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަނޑުވެެރިކަމަށް ދޫކޮށްފައިވާ ރަށްތައް

ދަނޑުވެރި ކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދީފައިވާ މުއްދަތުގައި މަސައްކަތް ނުކުރާނަމަ އެ ރަށްތައް އަނބުރާ ނެގޭނެ: މިނިސްޓަރ

މަސައްކަތްނުކޮށް ހުރި ރަށްރަށުގައި ވަކި ބާވަތްތަކެއް ހެއްދުމަށް އެއް އަހަރުގެ މުއްދަތެއް ވަނީ ދީފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 އޮކްޓޯބަރު 2020 | ހޯމަ 11:54
ރާއްޖޭގެ ރަށެއްގައި ހައްދަމުން އަންނަ ދަނޑެއް

ރާއްޖޭގެ ރަށެއްގައި ހައްދަމުން އަންނަ ދަނޑެއް

ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ރަށްތަކުގައި އެކަށީގެންވާ ވަރަށް މަސައްކަތް ކޮށްފައިނުވާ ފަރާތްތަކަށް އެއް އަހަރު ދުވަހުގެ މުހުލަތެއް ކަންކަން ރަނގަޅު ކުރުމަށް ދީފައިވާނެ ކަމަށާއި އެ މުއްދަތުގައި އެކަންކަން ރަނގަޅު ނުކުރާނަމަ ރަށްތައް ހަވާލުކޮށްފައިވާ ފަރާތްތަކުގެ އަތުން ރަށްތައް ނެގޭނެ ކަމަށް މިނިސްޓަރ އޮފް ފިޝްރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި އެކަށީގެންވާ ވަރަށް މަސައްކަތް ކުރަމުން ނުދާއިރު އަދިވެސް އެރަށްތައް ދޫކޮށްފައިހުރީ ކީއްވެތޯ އާއި ދަނޑުވެރިކަމަށް އިތުރު ރަށްތައް ދެމުން ގެންދަނީ ކީއްވެތޯ މެމްބަރުން ވަނީ މިނިސްޓަރަށް ސުވާލު ކުރައްވާފައެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ފަޅުރަށްތަކުގައި މަސައްކަތް ކުރަމުން އަންނަ ގޮތް މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ. އެގޮތަށް ބެލިއިރު މަސައްކަތް ނުކޮށް ހުރި ރަށްރަށުގައި ވަކި ބާވަތްތަކެއް ހެއްދުމަށް ހަވާލުކޮށްފައިވާ ކަމަށާއި އެބާވަތްތައް އެ ރަށްރަށުގައި ހެއްދުމަށް އަންގާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަދި މި މުއްދަތުގެ ތެރޭގައި މަސައްކަތް ނުކުރާ ކަމަށްވާނަމަ އެ ރަށްތައް އަތުލާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދަނޑުވެރިކަން ކުރުމަށް 58 ރަށެއް މިހާރު ދޫކޮށްފައިވާ ކަމަށެވެ. އަދި މިފަހަކުން އިތުރު 6 ރަށެއް ދޫކޮށްފައިވާ ކަަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތަށް މަސައްކަތް ކުރަނީ ރާއްޖޭގެ ފުޑް ސެކިޔުރިޓީގެ ނިޒާމު ޚަރުދަނާ ކުރުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ މިވާހަކަތަކާއި ގުޅުވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދަނޑުވެރިކަން ކުރުމަށް ރާއްޖޭގައި ރަށްތައް ދޫކުރަމުން އަންނަތާ ޔަގީނުން ވެސް 32 އަހަރުވެއްޖެ ކަމަށެވެ. ނަމަވެސް ޔަގީންކަމާއެކު ބުނަން އެނގޭ އެއްޗަކީ އެއީ ވިޔަފާރީގައި ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކޮވިޑާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ކޮމިޓީތަކުން ވަނީ ސަރުކާރަށް ލަފާތަކެއް އަރުވާފައެވެ. އޭގައި ދަނޑުވެރިކަމާއި ގުޅޭގޮތުން އަރުވާފައިވާ އެއް ލަފައަކީ ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ފަރާތްތަކަށް ރަށްރަށުން ބިން ދޫކުރުމުގެ އިންތިޒާމުތައް ކައުންސިލްތައް ހަމަޖެއްސުމެވެ.

ރާއްޖޭގައި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި އެނޫން މަސައްކަތްތައް ކުރާކަމުގެ ޝަކުވާ އަކީ އާންމުން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެކެވެ. އަދި އެކަން އެމަގުން ހިނގާތީ އެކަން މޮނިޓަރ ކުރަމުން ގެންދާނެ ކަމަށާއި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް މީގެކުރިން ބޭއްވި ޖަލްސާއެއްގައި މިނިސްޓަރ ޒަހާ ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2018

ގާނޫނުގައި ބުނާ މުއްދަތުގައި އިންތިޚާބު ބާއްވާނެ ކަމަށް ނުބެލެވޭ: އިބޫ

22 ޖެނުއަރީ 2018
ގާނޫނުގައި ބުނާ މުއްދަތުގައި އިންތިޚާބު ބާއްވާނެ ކަމަށް ނުބެލެވޭ: އިބޫ
19 ޑިސެމްބަރު 2017

ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ގޮނޑުދޮށްތައް ހިމާޔަތްކުރާނެ އުސޫލެއް އެކުލަވާލައިފި

19 ޑިސެމްބަރު 2017
ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ގޮނޑުދޮށްތައް ހިމާޔަތްކުރާނެ އުސޫލެއް އެކުލަވާލައިފި
01 ޑިސެމްބަރު 2017

ރަށްތަކުގައި ފެންބޮޑުވަނީ ކުޅިފަދަ ތަންތަން ނެތުމުން: ރައީސް ނަޝީދު

01 ޑިސެމްބަރު 2017
ރަށްތަކުގައި ފެންބޮޑުވަނީ ކުޅިފަދަ ތަންތަން ނެތުމުން: ރައީސް ނަޝީދު
20 ސެޕްޓެމްބަރު 2017

ގާނޫނު ބުނާ މުއްދަތުގައި ބައި އިލެކްޝަން ނުބޭއްވި، ގާނޫނު އަސާސީއާއި ހުކުމާ ވެސް ޚިލާފު ވެއްޖެ

20 ސެޕްޓެމްބަރު 2017
ގާނޫނު ބުނާ މުއްދަތުގައި ބައި އިލެކްޝަން ނުބޭއްވި، ގާނޫނު އަސާސީއާއި ހުކުމާ ވެސް ޚިލާފު ވެއްޖެ
16 އޯގަސްޓު 2017

ޖިނާއީ އިޖުރާާއަތު ގާނޫނުގައި ބުނާ މުއްދަތުގައި ދައުވާކުރަންޖެހޭ މީހުންގެ މައްޗަށް ދައުވާ އުފުލައިފިން: ޕީޖީ

16 އޯގަސްޓު 2017
ޖިނާއީ އިޖުރާާއަތު ގާނޫނުގައި ބުނާ މުއްދަތުގައި ދައުވާކުރަންޖެހޭ މީހުންގެ މައްޗަށް ދައުވާ އުފުލައިފިން: ޕީޖީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު