ކޮވިޑާ ގުޅިގެން ދަތިވި ނަމަވެސް މަސައްކަތަށް ހުއްޓުމެއް ނާދޭ: އާރްޑީސީ
12 އޮކްޓޯބަރު 2020 | ހޯމަ 10:18ރަށްތަކުގެ ތެރެއިން ވެސް ބޮޑަށް ފެންބޮޑުވާ މައްސަލަ، މަގުތައް ހަލާކުވެފައިވާ ރަށްތަކަށް އިސްކަންދެން


ރ. ދުވާފަރުގެ މަގުތަކުގައި ތާރު އެޅުމުގެ ތެރެއިން | ރާއްޖެއެމްވީ
މަސައްކަތް ކުރަނީ މަގުތަކުން ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނުމަށް ކަމަށާއި، ޚާއްސަ އިސްކަމެއްދީގެން އަތޮޅުތެރޭގެ ރަށްތަކުގެ މަގު ހެދުމުގެ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕްރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވީ އެ ކުންފުނީގެ މެންޑިޑޭޓުގެގައި ހިމެނޭ އަދި ބަޖެޓްގައި ހިމެނިފައި ހުރި މަޝްރޫއުގެ ތެރެއިން މަގު ހެދުމުގެ މަޝްރޫއުތަކަށް ޚާއްސަ ސަމާލުކަމެއްދޭ ކަމަށެވެ.
މޫކޭ ވިދާޅުވީ އަތޮޅުތެރޭގެ ރަށްތަކުގެ ތެރެއިން ވެސް ބޮޑަށް ފެންބޮޑުވާ މައްސަލަ ދިމާވާ ރަށްތަކާއި، މަގުތައް ހަލާކުވެފައިވާ ރަށްތަކަށް އިސްކަންދީގެން މަސައްކަތްތައް ކުރަމުންދާ ކަމަށް މޫކޭ ވިދާޅުވިއެވެ.
މޫކޭ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މަސައްކަތުގެ ސްޕީޑް ލަސްވި ނަމަވެސް ޓްރެކް ނުގެއްލި މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ރަށްތަކުގެ މަގުތައް ހެދުމުގެ މަސައްކަތް ހަވާލުކުރެވި އަމަލީ މަސައްކަތްތައް ފެށިގެންދާނެ ކަމަށް މޫކޭ ވިދާޅުވިއެވެ.
އާރްޑީސީގެ މަސައްކަތްތަކަށް އަލިއަޅުވާލާ މޫކޭ ވިދާޅުވީ ކުންފުނީގެ މަގުސަދު ހާސިލްވަމުންދާ ކަމަށް ގަބޫލުކުރާ ކަމަށާއި، މިނެ ކިރާނީ ރައްޔިތުން ކަމަށެވެ. ސަރުކާރުގެ އަމާޒަކީ މަގުތަކުން ރައްޔިތުން ހިތްހަމަޖެހި އުފާވެރިކަން ލިބުން ކަމަށާއި، އެއަމާޒުގައި މަސައްކަތްތައް ކުރާ ކަމަށެވެ.
މިމަހުގެ 15 ގައި އެއްއަހަރު އާރްޑީސީއަށް އެއްއަހަރުވާއިރު، މިހާތަނަށް 8 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް މޫކޭ ވިދާޅުވިއެވެ. އަދި ވިދާޅުވީ ދަށްޗަކާއި ނުލާ މަސައްކަތް ކުރުމަށް ވެސް ލިބިގެންދިޔައީ ގާތްގަނޑަކަށް ހަމަދުވަސް ކަމަށެވެ.









