Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޑީއަށް އަނިޔާވެ ކުޅުމާ ދުރަށް

ޗެލްސީގެ ގޯލްކީޕަރު މެންޑީއަށް އަނިޔާވެއްޖެ

10 އޮކްޓޯބަރު 2020 | ހޮނިހިރު 08:32

މެންޑީއަށް އަނިޔާވީ ސެނެގާލުގެ ގައުމީ ފުޓްބޯޅަ ޓީމުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 އޮކްޓޯބަރު 2020 | ހޮނިހިރު 08:32
ޗެލްސީއާ ދާދި ފަހުން ގުޅުނު ސެނެގާލުގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ

ޗެލްސީއާ ދާދި ފަހުން ގުޅުނު ސެނެގާލުގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ

ޗެލްސީއާ ދާދި ފަހުން ގުޅުނު ސެނެގާލުގެ ގޯލްކީޕަރު އެޑޮއާޑް މެންޑީއަށް އަނިޔާވެއްޖެއެވެ.

މެންޑީއަށް އަނިޔާވީ ސެނެގާލުގެ ގައުމީ ފުޓްބޯޅަ ޓީމުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. ރިޕޯޓުތައް ބުނާ ގޮތުން މެންޑީގެ ކަނާތު ފައިގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފައެވެ. އެއާއެކު އޭނާ އަނބުރާ ލަންޑަނަށް މިހާރު ގޮސްފައިވާއިރު، އަނިޔާގެ ފުރިހަމަ ތަފުސީލު ލިބޭނީ ޗެލްސީން ހަދާ ޓެސްޓުތަކަށްފަހު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން މެންޑީގެ އޭޖެންޓް ބުނީ މެންޑީއަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށާއި، އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނީ 10 ވަރަކަށް ދުވަސް ވަންދެން ކަމަށެވެ.

މެންޑީއަށް އަނިޔާވުމުން އޭނާ އަނބުރާ ލަންޑަނަށް ގޮސްފައިވާއިރު، ހުކުރު ދުވަހު ސެނެގާލުން މޮރޮކޯއާ ދެކޮޅަށް ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި އޭނާ ކުޅެފައެއް ނުވެއެވެ. އެ މެޗުން ސެނެގާލް ބަލިވީ މޮރޮކޯ އަތުން 3-1 ންނެވެ.

އުމުރުން 28 އަހަރުގެ މެންޑީއަށް އަނިޔާގެ މައްސަލައަކާ ކުރިމަތިލާން ޖެހުނުއިރު، ރެނެސް ދޫކޮށް އޭނާ ޗެލްސީއާ ގުޅުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅެވެ. ޗެލްސީން މެންޑީގެ ސޮއި ހޯދީ ރެނެސްއަށް 22 މިލިޔަން ޕައުންޑް ދެއްކުމަށްފަހުއެވެ.

ޗެލްސީން މި ނިމުނު ޓްރާންސްފާ ބާޒާރުގައި ގޯލްކީޕަރެއްގެ ސޮއި ހޯދީ ޗެލްސީގެ ގޯލްކީޕަރު ސްޕެއިނުގެ ކެޕާ އަރިއްޒަބަލާގާއާ މެދު އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ހިތްހަމަނުޖެހޭތީ ކަމަށް ރިޕޯޓުތައް ބުނެއެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރުގެ ގޮތުގައި 2018 ވަނަ އަހަރު ކެޕާ ޗެލްސީއަށް ބަދަލުވީ 71.6 މިލިޔަން ޕައުންޑުގެ ފީއަކަށެވެ. އެކަމަކު ޗެލްސީން ކުޅުނު ގިނަ މެޗުތަކުގެ ކެޕާގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިފައިވާއިރު، ކެޕާއަށް ޗެލްސީގެ ސަޕޯޓަރުންވެސް ނުރުހެއެވެ.

ޗެލްސީން އެންމެ ފަހުން ކުޅުނު ދެ މެޗުގައިވެސް އެ ޓީމުގެ ގޯލު މެންޑީ ބެލެހެއްޓި ނަމަވެސް، އަނިޔާއާ ގުޅިގެން އަނެއްކާވެސް ކެޕާއަށް ޗެލްސީން ފުރުސަތު ދޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ ކުރިން ކެޕާ ވަނީ ޗެލްސީގެ ފުރަތަމަ އެގާރައިން ޖާގަ ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ބުނެފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

27 ޖޫން 2017

ޗެލްސީގެ މަޓިކް ޔުނައިޓެޑާއެކު މެޑިކަލް ހަދަން ތައްޔާރުވެއްޖެ

27 ޖޫން 2017
ޗެލްސީގެ މަޓިކް ޔުނައިޓެޑާއެކު މެޑިކަލް ހަދަން ތައްޔާރުވެއްޖެ
31 މެއި 2017

ޗެލްސީގެ ކީޕަރު ބެގޮވިޗް އޭއެފްސީ ބޯންމައުތްއަށް ބަދަލުވެއްޖެ

31 މެއި 2017
ޗެލްސީގެ ކީޕަރު ބެގޮވިޗް އޭއެފްސީ ބޯންމައުތްއަށް ބަދަލުވެއްޖެ
24 މެއި 2017

ޗެލްސީގެ ކާމިޔާބީގެ ހިނގާލުން ނުބާއްވާ ގޮތަށް ނިންމައިފި

24 މެއި 2017
ޗެލްސީގެ ކާމިޔާބީގެ ހިނގާލުން ނުބާއްވާ ގޮތަށް ނިންމައިފި
08 މެއި 2017

ފުޓްބޯލް ރައިޓާސްގެ އެންމެ މަގްބޫލް ކުޅުންތެރިޔަކަށް ޗެލްސީގެ ކަންޓޭ

08 މެއި 2017
ފުޓްބޯލް ރައިޓާސްގެ އެންމެ މަގްބޫލް ކުޅުންތެރިޔަކަށް ޗެލްސީގެ ކަންޓޭ
09 އެޕްރީލު 2017

ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ

09 އެޕްރީލު 2017
ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ
18 މާރިޗު 2017

ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް

18 މާރިޗު 2017
ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް
14 މާރިޗު 2017

ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ

14 މާރިޗު 2017
ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ
02 ފެބުރުއަރީ 2017

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް