Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައްދޫން އިތުރު ބަޔަކު ޕޮޒިޓިވްވުން

ކައްދޫން އިތުރު 24 މީހަކު ޕޮޒިޓިވްވެއްޖެ

ޕޮޒިޓިވްވި 24 މީހުންނަކީ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވުނު މީހުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2020 | ހުކުރު 09:28
ލ. ކައްދޫގައި މަަސައްކަތް ކުރާ ސިފައިން

ލ. ކައްދޫގައި މަަސައްކަތް ކުރާ ސިފައިން

ލ. ކައްދޫއަށް ތަމްރީނަށް ދިޔަ ސިފައިންގެ ތެރެއިން އިތުރު 24 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ކައްދޫއަށް މާލެއިން ތަމްރީނަށް ދިޔަ ސިފައިންގެ ތެރެއިން ހޮނިހިރު ދުވަހު ޕޮޒިޓިވްވީ 26 މީހުންނެވެ. އަދި އާދީއްތަ ދުވަހު އިތުރު 9 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް އިތުރު 24 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

Advertisement - newsAdvertisement

މިއާއެކު ކައްދޫން ޖުމްލަ 59 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ކައްދޫއަށް ދިޔަ 93 ސިފައިންގެ ތެރެއިން ހޯމް ކަރަންޓީންގެ މުއްދަތު ހަމަވުމުން ސާމްޕަލް ނެގި 26 މީހަކު ހޮނިހިރު ދުވަހު ޕޮޒިޓިވްވި އިރު އާދީއްތަ ދުވަހު ނަތީޖާ ލިބުނު ސާމްޕަލްތަކުގެ ތެރެއިން 9 ސާމްޕަލެއް ޕޮޒިޓިވްވެފައި ވެއެވެ. ބުރާސްފަތި ދުވަހު ޕޮޒިޓިވްވި 24 މީހުންނަކީ ކޮންޓެކްޓުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް އަތޮޅު ތެރެއިން 146 އެކްޓިވް ކޭސް ވަނީ ފާހަގަކުރެވިފައެވެ. މީގެތެރޭގައި ހިމެނެނީ 82 ދިވެހިންނާއި 64 ބިދޭސީންނެވެ. އެންމެ ގިނަ އެކްޓި ކޭސް ހިމެނެނީ ލ. ކައްދޫގައެވެ. އެއީ 59 މީހުންނެވެ.

އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކުޅުދުއްފުށި ސިޓީން ޕޮޒިޓިވްވި މީހާއާއި ކޮންޓެކްޓްވި 8 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އުތުރުގެ ބައެއް ރަށްރަށުގައި އަދި ރާއްޖޭގެ ބައެއް އެހެން ހިސާބުތަކުގައި މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި މާލެއިން ދިޔަ ބައެއް ފުލުހުންނާއި ރަށްރަށުގެ ފުލުހުންގެ ބައިވެރިވެގެން މި އޮޕަރޭޝަން ހިންގާފައިވާ ކަމަށާއި، އެ އޮޕަރޭޝަންގައި ކުޅުދުއްފުށިން ބައިވެރިވި ފަރާތެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން 5 އޮކްޓޯބަރުގައި ޕޮލިސް މީހާ ޕޮޒިޓިވްވެ 6 އޮކްޓޯބަރުގައި އޭނާއާއި ކޮންޓެކްޓްވި 2 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މުޅިއެކު ޖުމްލަ 8 ފަރާތެއް މި ކޭސްއާއި ގުޅިގެން ޕޮޒިޓިވްވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު