Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިޔާސީ ދުނިޔެ

އިންޑިއާއާ ދެކޮޅަށް ޤައުމީ ދުވަހު އިދިކޮޅު ކޯލިޝަނުން މުޒާހަރާކުރަނީ

7 އޮކްޓޯބަރު 2020 | ބުދަ 20:45

ޤައުމީ ދުވަހަކީ ރަބީއުލް އައްވަލު މަހުގެ 1 ވަނަ ދުވަސް

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 7 އޮކްޓޯބަރު 2020 | ބުދަ 20:45
ހުސްވި ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި މުޒާހަރާގެ ތެރެއިން

ހުސްވި ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި މުޒާހަރާގެ ތެރެއިން

ޤައުމީ ދުވަހު "އިންޑިއާ އައުޓް" ގެ ނަމުގައި އެ ގައުމާ ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލޭގައި މުޒާހަރާއެއް ބާއްވަން ރާވަމުންދާ ކަމުގެ މައުލޫމާތު ރާއްޖެއެމްވީއަށް ލިބިއްޖެއެވެ.

ޤައުމީ ދުވަހަކީ ރަބީއުލްއައްވަލު މަހުގެ 1 ވަނަ ދުވަހެވެ. އެ ދުވަހަކީ ޕޯޗުގީޒުންގެ އަތްދަށުން ބޮޑު ތަކުރުފާނު މި ދިވެހި ފަސްގަނޑު މިނިވަންކުރި ދުވަހެވެ.

Advertisement - newsAdvertisement

ޤައުމީ ދުވަހު އިދިކޮޅުން މުޒާހަރާ ކުރަން ތައްޔާރުވާ ކަމުގެ މައުލޫމާތު ލިބިފައިވާއިރު، އެ ފަރާތުން އަންނަނީ ދިވެހިރާއްޖެ އިންޑިއާގެ އަޅުވެތިކަމަށް ގޮސްފައިވާ ކަމަށް ބުނެ ތަފާތު ފޯރަމްތަކުގައި ވާހަކަ ދައްކަމުންނެވެ. އަދި އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭ ތިބުން ކުށްވެރިކޮށް އެ ފަރާތްތައް މި ގައުމުން ބޭރުކުރުމަށް ގޮވާލަމުންނެވެ.

އިންޑިއާ ސަރުކާރުން ރާއްޖޭގެ ތަރައްގީއަށާއި، އިގްތިސާދީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ވެދެމުންދާ އެހީތެރިކަމަކީ އިދިކޮޅަށް ބަލައިގަންނަން އެހާ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ޤައުމީ ދުވަހާ ގުޅިގެން އިދިކޮޅުން މުޒާހަރާއަކަށް ތައްޔާރުވަމުން އަންނައިރު، އެ ދުވަހުގެ މުޒާހަރާގެ ބައިވެރިން ބޭނުން ކުރަން ނިންމާފައިވަނީ ދިވެހި ހެދުމެވެ. އަދި އެ ދުވަހަށް އިންޑިއާ އައުޓް ޖަހާފައިވާ ކަޅު ދިދައެއް ވެސް ބޭނުން ކުރުމަށް ނިންމާފައިވާކަން ރާއްޖެޓީވީއަށް ވަނީ އެނގިފައެވެ.

މިފަދަ ގޮތް ގޮތަށް ހަދާފައި ހުންނަ ކަޅު ދިދައަކީ ހައްދު ފަހަނަ އަޅާފައިވާ ޖަމާއަތްތަކުން ވެސް ބޭނުންކުރާ ޒާތުގެ ދިދައެވެ. އަދި ހައްދު ފަހަނައަޅާފައިވާ އައިސިސް ޖަމާއަތުން ގެންގުޅޭ ދިދަވެސް ހުންނަނީ އެއްކޮށް ކަޅު ކުލައިގަކަން ފާހަގަކޮށްލެވެއެވެ.

އިދިކޮޅުން ވަނީ އޮގަސްޓު މަހުގެ 28 ވަނަ ދުވަހާއި ހުސްވި ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުވެސް މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި މުޒާހަރާކޮށްފައެވެ. އަދި އެ ދެ ދުވަހުވެސް އިދިކޮޅުން ވަނީ އިންޑިއާ އާއި ދެކޮޅަށް އަޑު އުފުލާފައެވެ. ޤައުމީ ދުވަހާ ގުޅުވައިގެން އިދިކޮޅުން މުޒާހަރާއަކަށް ތައްޔާރުވަމުން އަންނައިރު، އެކަމާ ގުޅޭ ސޯޝަލް މީޑިއާ ޕޯސްޓަރުތަކާއި ދުވަހަށް ތައްޔާރުވުމަށް ޕީޕީއެމް ޕީއެންސީގެ މެންބަރުންގެ މެދުގައި ގްރޫޕުތަކެއްވެސް ވަނީ ހަދާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް