Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނ. އަތޮޅުގައި ރިސޯޓް ތަރައްޤީކުރުން

ރިސޯޓް ތަރައްގީ ކުރަން ދޫކޮށްފައިވާ 13 ރަށުގެ މައްސަލައިގައި ނ. އަތޮޅު މެމްބަރުންގެ ކަންބޮޑުވުން!

7 އޮކްޓޯބަރު 2020 | ބުދަ 18:29

ރިސޯޓްތައް ހުޅުވުމުން ނ އަތޮޅުގައި 5000 އެއްހާ ވަޒީފާގެ ފުރުސަރު ހުޅުވިގެންދާނެ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 7 އޮކްޓޯބަރު 2020 | ބުދަ 18:29
ނ އަތޮޅުގެ ރަށްތައް ނިސްބަތްވާ ދާއިރާތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޓޫރިޒަމް މިނިސްޓަރާއި ބައްދަލުކުރެއްވުން

ނ އަތޮޅުގެ ރަށްތައް ނިސްބަތްވާ ދާއިރާތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޓޫރިޒަމް މިނިސްޓަރާއި ބައްދަލުކުރެއްވުން

ނ. އަތޮޅުގައި ރިސޯޓްގެ ގޮތުގައި ތަރައްޤީ ކުރަމުންދާ ރަށްތަކުގެ މަސައްކަތް ލަސްވަމުންދާތީ އެ އަތޮޅުގެ ދާއިރާތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ނ. އަތޮޅުގެ ފަތުރުވެރިކަމާއި ގުޅުން ހުރި ކަންކަމާއި ގުޅޭ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް އެއަތޮޅުގެ މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫނާއި، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީޤާއި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އަދި ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ވަނީ ބުދަ ދުވަހު ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްއާ ބައްދަލުކުރައްވާފައެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި ނ. އަތޮޅުގައި ރިސޯޓް ތަރައްޤީ ކުރުމަށް ދޫކޮށްފައިވާ 13 ރަށުގެ މަސައްކަތްތައް ލަސްވަމުންދާތީ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭގެ ތެރެއިން ބައެއް ރަށްތަކަކީ މީގެ ދިހަ ވަރަކަށް އަހަރު ކުރިން ރިސޯޓް ތަރައްްޤީ ކުރުމަށް ހަވާލުކޮށްފައިވާ ރަށްތަކަށް ވުމުން، މަސައްކަތްތައް ނުނިމި ލަސްވަމުން ދިއުމަކީ ދާއިރާގެ ތަރައްްޤީއަށާއި ދާއިރާގެ ރައްޔިތުނަށް ވަޒީފާގެ ފުރުސަތުތަކަށް އެޅިފައިވާ ހުރަހެއްކަން މެންބަރުން ވަނީ ފާހަގަ ކުރައްވާފައެވެ. އެ ރިސޯޓްތައް ހުޅުވުމުން ނ އަތޮޅުގައި 5000 އެއްހާ ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް މެންބަރުން ވިދާޅުވިއެވެ.

ނ. އަތޮޅުގައި ރިސޯޓްގެ ގޮތުގައި ތަރައްޤީ ކުުރަމުންދާ 13 ރަށުގެ ތެރޭގައި ހިމެނެނީ ހުއިވަނި، ހުވަނދުމާވައްޓަރު، ރާފުށި، ކުންނަމަލެއި، ކުޑަފުށި، އެކުޅިވަރު، އެއްދުއްފަރުމައިރަށް، މާކަނާފުށި، މާވެލަވަރު، ދިގުރަށް، ތޮށިގަނޑުކޮޅު، ތަނބުރުދުއްފުށި އަދި ލޯފަރެވެ.

މީގެ އިތުރުން ނ. އަތޮޅަކީ ފަޅުރަށްތައް ގިނަ އަތޮޅަކަށް ވީނަމަވެސް އެ އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނާއި ގެސްޓްހައުސް ހިންގާ ފަރާތްތަކުން ޕިކްނިކް ދާނެ ރަށެއް ނެތުމުން އެކަމުގެ ކަންބޮޑުވުންވެސް ވަނީ މިނިސްޓަރާއި ހިއްސާކުރައްވާފައެވެ. އަދި ރިސޯޓް ތަރައްޤީ ކުރުމަށް މިއަހަރު އިއުލާން ކުރާ ރަށްތަކުގެ ތެރޭގައި އެ ކުޅިވަރު އަލުން ހިމެނުމާއި ގުޅޭގޮތުންވެސް ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފައެވެ.

މި ބައްދަލުވުމާއި ގުޅޭ ގޮތުން މިނިސްޓަރ މައުސޫމް ވިދާޅުވީ ނ. އަތޮޅުގެ މެންބަރުގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރެވިގެން ދިޔަކަމަށާއި ދެން އޮތީ އެކަމަށް އަަމަލީ މަސައްކަތްތައް ކުރުން ކަމަށެވެ.

ނ. އަތޮޅުގައި 69 ރަށެއް ހިމެނޭއިރު އޭގެތެރޭގައި މީހުން ދިރިއުޅެމުންދާ 13 ރަށެެއް އަދި މީހުން ދިރިނޫޅޭ 47 ރަށެއް ހިމެނެއެވެ. އެ އަތޮޅުގައި ރިސޯޓް ތަރައްްޤީ ކުރުމަށް 13 ރަށެއް ހަވާލުކޮށްފައިވާއިރު ރިސޯޓްގެ ގޮތުގައި ހަތް ރަށެއް ދަނީ ބޭނުން ކުރަމުންނެވެ. އަދި ސިނާއީ މަސައްކަތްތަކަށް ދެ ރަށެއް، ދަނޑުވެރިކަން ކުރުމަށް އަށް ރަށެއް، އަދި އެކުއަރކަލްޗަރ މަސައްކަތަށް އެއް ރަށް ވަނީ ދޫކޮށްފައެވެ.

މީގެ އިތުރުން ތިމާވެށި ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ އެއް ރަށެއް، އަދި އިންޓަނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައިވެސް އެއް ރަށް ވަނީ ތަރައްޤީކޮށްފައެވެ. އެއްވެސް މަސައްކަތެއް ނުކޮށް ފަޅުރަށުގެ ގޮތުގައި 12 ރަށެއް ނ. އަތޮޅުގައި މިވަގުުތުވެސް އެބައޮތެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް