Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕޯޓްސް ކައުންސިލަށް ނާހިދު

ސްޕޯޓްސް ކައުންސިލުގެ ރައީސް ކަމަށް ނާހިދު

7 އޮކްޓޯބަރު 2020 | ބުދަ 09:43

މި މަގާމަށް ނާހިދު އައްޔަން ކުރެއްވީ މިދިޔަ މަހު އިބްރާހިމް އިސްމާއިލް މަގާމުން އިސްތިއުފާ ދެއްވުމުން

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 7 އޮކްޓޯބަރު 2020 | ބުދަ 09:43
ސްޕޯޓްސް ކައުންސިލުގެ ރައީސްގެ މަގާމަށް އައްޔަން ކުރެއްވި އިބްރާހިމް ނާހިދު

ސްޕޯޓްސް ކައުންސިލުގެ ރައީސްގެ މަގާމަށް އައްޔަން ކުރެއްވި އިބްރާހިމް ނާހިދު

ސްޕޯޓްސް ކައުންސިލުގެ ރައީސްގެ މަގާމަށް އިބްރާހިމް ނާހިދު އައްޔަންކުރައްވައިފިއެވެ.

ކުރީގެ މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ އަދި ކޯޗު ސްޕޯޓްސް ކައުންސިލުގެ ރައީސް ކަމަށް އައްޔަން ކުރައްވާފައިވަނީ ބުދަ ދުވަހުއެވެ. މި މަގާމަށް ނާހިދު އައްޔަން ކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހު އިބްރާހިމް އިސްމާއިލް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ސްޕޯޓްސް ކައުންސިލުގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި ނާހިދަކީ 2008 ވަނަ އަހަރުން 2013 ވަނަ އަހަރަށް ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގައި މަސައްކަތް ކުރެއްވުމުގެ އިތުރުން، 13 އަހަރު ބާސްކެޓްބޯޅައިގައި ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ފީބާ އިންޓަނޭޝަނަލް ކޯޗިންގ ލައިސަންސް ހޯދާފައިވާ ނާހިދު ވަނީ ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކެޕްޓަންކަން ކުރެއްވުމުގެ އިތުރުން، ގައުމީ ބާސްކެޓްބޯޅަ ޓީމަށް ކޯޗުކަންވެސް ކޮށްދެއްވާފައެވެ. އަދި އެކި ކުލަބުތަކަށް ކޯޗުކަން ކޮށްދެއްވާ، ގިނަ ކާމިޔާބުތަކެއް ބާސްކެޓްބޯޅައިން ވަނީ ހޯއްދަވާފައެވެ.

ޖަކަޓާގައި 2018 ވަނަ އަހަރު ބޭއްވި އޭޝިއަން ގޭމްސް އާއި، 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި، 2019 ވަނަ އަހަރު ކަތަމަންޑޫގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއިން ބައިވެރިވި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރަކީވެސް ނާހިދެވެ. މީގެ އިތުރުން ރާއްޖޭގައި 2023 ވަނަ އަހަރު ބޭއްވުމަށް ނިންމާފައިވާ އައިއޯއައިޖީގެ ބިޑް ކޮމިޓީގައިވެސް މަސައްކަތް ކުރައްވާފައިވެއެވެ.

ޖުމްލަ 11 މެންބަރުން އެކުލެވޭ ސްޕޯޓްސް ކައުންސިލުގައި ތިބެނީ އެސޯސިއޭޝަންތައް ތަމްސީލުކުރާ ހަތަރު މެންބަރުންނާއި، ކުޅިވަރާ ބެހޭ ވުޒާރާގެ ތެރެއިން ވަޒީރު އައްޔަން ކުރައްވާ ދެ މެންބަރުންނާއި، ދެ އަންހެން މެންބަރުންނާއި، ޤާނޫނީ ވަކީލަކާއި، ތައުލީމާ ބެހޭ ވުޒާރާ ތަމްސީލުކުރައްވާ މެންބަރަކާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ކަނޑައަޅާ މެންބަރެކެވެ.

ސްޕޯޓްސް ކައުންސިލުން ކުޅިވަރުގެ ޤާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހަދަންޖެހޭއިރު، އެ މަސައްކަތުގެ ބޮޑުބައި ކުރީގެ ރައީސް އިބްރާހިމް އިސްމާއިލުގެ ދައުރުގައި ވަނީ ނިންމާފައެވެ. އެ މަސައްކަތުގެ 90 އިންސައްތަ ނިމިފައިވާއިރު، ހުރިހާ މަސައްކަތްތަކެއް މި އަހަރުގެ ނިޔަލަށް ނިންމައި، ކުލަބްތަކާއި ޖަމްޢިއްޔާތައް އިތުރަށް ހަރުދަނާކުރާނެ ގޮތްތަކާ މެދު އަންނަ އަހަރު ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެވޭނެ ކަމަށް އިބްރާހިމް އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

16 އެޕްރީލު 2017

ދަ ގްރާންޑޭ އަތުން ޖޭޖޭ ސްޕޯޓްސް ކްލަބަށް ތިން ޕޮއިންޓް

16 އެޕްރީލު 2017
ދަ ގްރާންޑޭ އަތުން ޖޭޖޭ ސްޕޯޓްސް ކްލަބަށް ތިން ޕޮއިންޓް
03 އެޕްރީލު 2017

ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި

03 އެޕްރީލު 2017
ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި
16 މާރިޗު 2017

ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން

16 މާރިޗު 2017
ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން
25 ފެބުރުއަރީ 2017

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި
11 ފެބުރުއަރީ 2017

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
04 ފެބުރުއަރީ 2017

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް
02 ފެބުރުއަރީ 2017

ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް

02 ފެބުރުއަރީ 2017
ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް