Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެޓީވީ ރޯކޮށްލިތާ 7 އަހަރު

އަންދާ އަޅިއަށް ހަދާލެވުނީ އިމާރާތް، 7 އަހަރު ފަހުން ވެސް ރާއްޖެޓީވީ

ރާއްޖެޓީވީ ރޯކޮށްލާފައިވަނީ ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ލިބި، އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށް

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2020 | އަންގާރަ 23:29
ރާއްޖެޓީވީގެ ސްޓޫޑިއޯ ހިންގަމުން ދިޔަ ބީކޭޓީ އިމާރާތުގައި އަލިފާން ރޯކޮށްލާފައި

ރާއްޖެޓީވީގެ ސްޓޫޑިއޯ ހިންގަމުން ދިޔަ ބީކޭޓީ އިމާރާތުގައި އަލިފާން ރޯކޮށްލާފައި

ދިވެހި ތާރީހުގައި މީޑިއާ އަކަށް ދިން އެންމެ ނުރައްކާތެރި ހަމަލާ ދީފައިވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުއެވެ. ރާއްޖެޓީވީގެ މެނޭޖުމެންޓުންނާއި، އޭރާއި މިހާރުގެ މުވައްޒަފުން އެ ދުވަސް ސިފަކުރަނީ، ނާމާން ބިރުވެރި ދުވަހެއްގެ ގޮތުގައެވެ.

ރާއްޖެޓީވީގެ ޓްރާންސްމިޝަން ނިންމާލުމަށްފަހު މުވައްޒަފުން އެރޭ ގެއަށް ގޮސްފައިވަނީ، ދަންވަރު 12 ވެސް ޖެހި ފަހުންނެވެ. ބައެއް މުވައްޒަފުން ރާއްޖެޓީވީ ހިންގާ މައި އޮފީސް ކަމަށްވާ އައިފާން ބިލްޑިންގުގައި މަޑުކުރިއެވެ. އެ އިމާރާތް ހުންނަނީ ރާއްޖެޓީވީގެ ސްޓޫޑިއޯ ހިންގަމުން އައި ހ. ކްއީން އޮފް ދަ ނައިޓް (ބީކޭޓީ ބިއުލްޑިންގ) އާއި ޖެހިގެންނެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީ ރޯކޮށްލި ހާދިސާގެ ވީޑިއޯ އާންމުވުމާއެކު، އެ ވަގުތުގެ ބިރުވެރިކަން ހިތަށް ނަގައި ގަނެވުނެވެ. ރާއްޖެޓީވީގެ އިމާރާތުގައި ސެކިއުރިޓީ ބަލަހައްޓަން ހުރި ބިދޭސީ މީހާއަށް ތޫނު އެއްޗަކުން ހަމަލާދީ ސްޓޭޝަންގެ ގޭޓް ކަތިވަޅިން ޖަހާ ހަލާކުކުރުމަށްފަހު، މައި ދޮރު ފައިންޖަހާ ހަލާކުކޮށްލި މަންޒަރު ފެނެއެވެ.

އެއަށްފަހު މޫނު ނިވާކޮށްގެން ތިބި ފަސް މީހުން ވަންނަ މަންޒަރު ވީޑިއޯއިން ފެންނަން ހުރި އިރު، އެއްބަޔަކު ދޮރުމަތީގައި ސެކިއުރިޓީ މީހާ، ހިފަހައްޓައިގެން ވަޅިޖައްސާ މަންޒަރުވެސް ފެނެއެވެ. ކޮންޓްރޯލް ރޫމުގެ ހުރިހާ އިކުއިޕްމަންޓަކަށް ޕެޓްރޯލް އަޅާ ރޯކޮށްލުމަށްފަހު ނުކުތް ވަގުތު، އެތަނުން އެކަކުގެ ގައިގައި އަލިފާން ރޯވާތަން ވެސް ފެނެއެވެ. މި ސިފަކޮށްލަދިނީ އެރޭގެ ހާދިސާގެ މަންޒަރެވެ.

ރާއްޖެޓީވީގެ ސްޓޫޑިއޯ ހިންގަމުން ދިޔަ ބީކޭޓީ އިމާރާތުގައި އަލިފާން ރޯކޮށްލާ ހުރިހާ އިކުއިޕްމެންޓެއް އަންދައި އަޅިއަށް ހަދާލާފައިވަނީ، ރާއްޖެޓީވީއަށް ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ލިބި، އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށް އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ރޭ 4:42 ގައެވެ.

މި ހާދިސާ ހިނގުމުގެ ކުރިން އެފަދަކަމެއް މެދުވެރިވެދާނެކަމަށް ޝައްކުކުރެވޭތީ ރާއްޖެޓީވީގެ ފަރާތުން އެކަން ފުލުހުންގެ ސަމާލުކަމަށް ލިޔުމުން އަންގާފައިވީ ނަމަވެސް، އެކަމުގައި އޭރު އިސްކޮށްތިބި ފަރާތްތަކުން ފިޔަވަޅު އާޅާފަނުވާކަން ފާހަގަކުރެ ވެއެވެ. އެ ދުވަހު އެކަމާ ގުޅިގެން އެކަށީގެންވާ ފިޔަވަޅުތަކެއް ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކުން އެޅިނަމަ ރާއްޖެޓީވީއަށް އެވަރުގެ ބޮޑު ގެއްލުމެއް ލިބުމަކީ ނާދިރު ކަމެކޭ ވެސް ބުނެވިދާނެއެވެ.

ރާއްޖެޓީވީއަށް އިންސާފު ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރެވުނެވެ. މި މައްސަލައިގައި ބަދަލު ނަގައި ދިނުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ، އެ ކޯޓުން ބޭރުކޮށްލިއިރު، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް މައްސަލަ ހުށަހެޅުނެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖެޓީވީއަށް އިންސާފު ނުލިބޭނެ ކަމަށް ނިންމައި، އުއްމީދު ގެއްލިފައިވަނިކޮށް، އައު ސަރުކާރު އިންތިޚާބުވުމާއި އެކު އަނެއްކާ ވެސް އުންމީދު އާލާވިއެވެ.

އެއާއި އެކު ރާއްޖެޓީވީން އަނެއްކާވެސް އިންސާފު ހޯދުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން 2018 ވަނަ އަހަރު ރާއްޖެޓީވީގެ ފަރާތުން އޭރުގެ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމްއާ ބައްދަލުކޮށް މި މައްސަލަ އަލުން ރިވިއު ކޮށްދެއްވުމަށް އެދުނެވެ. އޭރު ހުންނެވި ޕީޖީގެ ފަރާތުންވެސް އުއްމީދީ ވާހަކަތަކެއް އަޑުއިވުނެވެ. ނަމަވެސް މަގާމުން އިސްތިއުފާދެއްވާފައި ވަޑައިގެންނެވި އިރުވެސް، މި މައްސަލައިގައި އިންސާފު ލިބޭނެ އެއްވެސް އަލިމަގެއް ފެނިފައެއް ނުވެއެވެ.

މިކަމުގައި ބަޔަކު ގަސްތުގައި ރާވައިގެން ކުރި ކަންތައްތަކާއި، ދަޢުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކުގައި މަސްޢޫލިއްޔަތު އަދާކުރަންތިބި އިސް ފަރާތްތަކެއް ބައިވެރިވެފައިވާކަމުގެ އިތުރު ހެކިތައް ފުލުހުންގެ އިދާރާގެ ފަހުގެ ތަހުޤީޤުތަކަށް ލިބިފައިވާ ކަމުގެ މަޢުލޫމާތު ރާއްޖެޓީވީއަށް ލިބުމާއި އެކު ފުލުހުން މިހާތަނަށް ކޮށްފައިވާ މަސައްކަތުގެ މަޢުލޫމާތު ހޯދުމަށް އެދި ރާއްޖެޓީވީން 7 ނޮވެމްބަރު 2019 ގައި ފުލުހުންނަށް ސިޓީ އެއް ފޮނުވިއެވެ.

އެ ސިޓީއަށް ޖަވާބު ނުލިބި ލަސްވުމުން ރާއްޖެޓީވީން އަނެއްކާވެސް އިތުރު ސިޓީއެއް 16 ފެބްރުއަރީ 2020 ގައި ފުލުހުންގެ އިދާރާއަށް ފޮނުވިއެވެ. އެ ސިޓީގެ ޖަވާބުގައި ފުލުހުން ބުނެފައިވަނީ މި މައްސަލައިގެ ތަހުޤީގު ނިންމުމަށްފަހު، ދައުވާ ކުރުމަށްޓަކައި 07 ޖެނުއަރީ 2015 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައި ވާނެ ކަމަށެވެ. އަދި މި މައްސަލައަކީ ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއް ކަމަށެވެ.

ރާއްޖެޓިވީގައި ހުޅުޖަހާ ރޯކޮށްލި ހާދިސާއާ ގުޅިގެން ސްޓޭޝަނަށް ލިބުނު ގެއްލުމާއި، ހައްޤުތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި މަޢުލޫމާތު ސާފުކުރުމަށް ފުލުހުންގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ވެސް ތަކުރާރުކޮށް ސިޓީ ފޮނުވުނެވެ.

ރިޔާސީ އިންތިހާބަށްފަހު އެކިއެކި މީޑިއާ ތަކުންނާއި ސިޔާސީ ބައެއް ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކުންނާއި އަދި ފުލުހުންނާއި، "މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަން" އިން ހާމަކޮށްފައިވާ އެކި އެކި މައުލޫމާތުތަކަށް ބަލާއިރު މިކަމުގައި އޭރުގެ ދައުލަތުގެ އެންމެ އިސްފަރާތްތަކުން ބައިވެރި ވެފައިވާކަމަށް ތުހުމަތު ކުރެވެއެވެ.

މިގޮތުން ރައިސުލްޖުމްހޫރިއްޔާ އާއި ރައިސުލްޖުމްހުރިއްޔާގެ ނައިބު އަދި ދައުލަތުގެ ބައެއް ވަޒީރުންނާ ފުލުހުންގެ އިސްފަރާތްތަކުގެ ބައިވެރިވުން އޮތްކަމަށް ގަބޫލުކުރެވޭ ހެކިތައް ތަޙުޤީޤީ އިދާރާތަކަށް ފަހުން ލިބިފައިވާކަން އެނގެއެވެ. އެކަން ހާމަވާ ސަބަބަކީ ސްޓޭޝަން ރޯކޮށްލި ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް "މިޝަން އެކޮމްޕްލިޝްޑް" ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެސެޖް ކުރެއްވިކަން ހާމަވެފައި ވާތީއެވެ.

މަރު ކޮމިޝަނުން އެކުލަވާލި ރިޕޯރޓުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމުގެ ބަޔާނާއި ހަވާލާދީ ބުނެފައިވަނީ ރާއްޖެޓީވީ ރޯކޮށްލި ދުވަހު ނާޒިމް އިންނެވީ ރައީސް ޔާމީނު އަރިހުގައި ތާސް ކުޅުއްވަން ކަމަށާއި، އަދީބުގެ މެސެޖް އައުމުން މެސެޖް ވިދާޅުވީވެސް އޭނާ ކަމަށެވެ. ބަޔަކު އަޑީގައި ތިބެ ރާއްޖެޓީވީއަށް ހަމަލާ ދޭން އުޅޭ ކަމުގެ ސާފު ހެކި ލިބެން ހުރި އިރު، މިމައްސަލަ އަލުން ތަހުޤީޤުކޮށް މިކަމުގައި އަމަލީ ގޮތުން ބައިވެރިވި ފަރާތްތަކާއި މިކަމުގައި އިހުމާލުވި ފަރާތްތައް އިންސާފުގެ ކުރިމަށްޗަށް ގެނެސް ދިނުމުގައި ޤާނޫނީގޮތުން ކުރެވެންހުރި މަސަކަތްތައް ކޮށްދިނުމަށް އެދި ޕޮރޮސެކިއުޓަރ ޖެނެރަލްއަށް ރާއްޖެޓީވީން ސިޓީ ފޮނުވާފައި ވާނީ 15 ޑިސެމްބަރު 2019 ވަނަ ދުވަހުއެވެ. ނަމަވެސް މިހާތަނަށް މި ސިޓީގެ ޖަވާބެއް ލިބިފައެއް ނުވެއެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ހިންގި މި ޓެރަރިސްޓު ހަމަލާއާއި ގުޅިގެން، ރާއްޖެޓީވީއަށާއި އެ އިމާރަތަށް ބޮޑެތި ގެންލުން ލިބުނުއިރު، ރާއްޖެޓީވީގެ މުވައްޒަފުން ބޭނުންކުރަމުންދިޔަ ހުރިހާ ތަކެއްޗެއް ވަނީ އަނދާ އަޅިއަށް ވެފައެވެ.

ރާއްޖެޓީވީން އޭރު ކުރަމުންދިއަ މަސައްކަތް ހުޓުވުމަށް ބަޔަކު އަޑީގައި ތިބެ ހިންގި މި ޖަރީމާއާއި ގުޅިގެން ތައްޔާރު ކުރި އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި އިމާރާތަށް 1،317،430 (އެއް މިލިއަން ތިންލައްކަ ސަތާރަހާސް ހަތަރު ސަތޭކަ ތިރީސް) ރުފިޔާގެ ގެއްލުން ލިބުނެވެ. ތަކެއްޗާއި ސާމާނަށް 10،339،403 (ދިހަ މިލިއަން ތިންލައްކަ ތިރީސް ނުވަ ހާސް ހަތަރު ސަތޭކަ ތިން) ރުފިޔާގެ ގެއްލުން ލިބިފައި ވެއެވެ. ރާއްޖެޓީވީއަށް ލިބުނު ގެއްލުމުގެ ޖުމްލަ ޢަދަދު 11.65 މިލިއަން ރުފިޔާއަށް އަރައެވެ.

މި ހިތާމަވެރި ހާދިސާއަށް 7 އަހަރު ވެގެންދިޔައިރު ވެސް މިކަމުގެ ސަބަބުން ގެއްލިގެންދިޔަ ރާއްޖެޓީވީގެ ޙައްގުތައް ހޯދައިދިނުމަށް ދަޢުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު އަޅާފައިނުވާކަން ފާހަގަކުރެވެއެވެ. ރާއްޖެޓީވީގެ އުންމީދަކީ މިފަދަ ދަށު ދަރަޖައިގެ އަނިޔާވެރިކަން ދުވަހަކުވެސް ރާއްޖޭގެ އެހެން މީޑިޔާއަކަށް ތަޖުރިބާ ކުރަން ނުޖެހުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު