އަމިއްލަ ފަރުދުންގެ 51 ވިޔަފާރިއެއް ބާތިލްކޮށްފި
އެ ވިޔަފާރިތައް ބާތިލުކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި


ރެޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް، ވިޔަފާރީގެ ދާއިރާއަށް ޒުވާނުން ނެރުމަށް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތައް ކުރަމުން
އިކޮނޮމިކް މިނިސްޓްރީން އަމިއްލަ ފަރުދުންގެ 51 ވިޔަފާރިއެއް ބާތިލްކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން އެ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން 51 ވިޔަފާރިއެއް ބާތިލް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް، މި ވިޔަފާރިތައް ބާތިލުކޮށްފައިވާ ސަބަބެއް މިނިސްޓްރީން ހާމަކޮށްފައިނުވެއެވެ.
އަމިއްލަ ފަރުދުންގެ ވިޔަފާރިތައް ބާތިލުކޮށްފައިވާކަން އަންގާރަ ދުވަހު އިއުލާނު ކުރި ނަމަވެސް، އެ ވިޔަފާރިތައް ބާތިލުކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަކީ 2014 ވަނަ އަހަރު ތަސްދީގުކުރި ގާނޫނެއް ކަމަށްވާއިރު، މިގާނޫނަކީ އަމިއްލަ ފަރާތްތަކުން ވިޔަފާރީގެ މައިދާނަށް ނެރެ އެ ފަރާތްތަކަށް ވިޔަފާރި ހިންގުމަށް މަގުފަހިކުރުމަށް ބާރުއެޅުމުގެ ގޮތުން ތަސްދީގު ކުރި ގާނޫނެކެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ މިލްކުވެރި ފަރާތަކީ ވިޔަފާރީގެ ވެރިފަރާތް އެކަންޏެވެ.




