Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު

8 ވަނަ ފަހަރަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފި

މުއްދަތު އިތުރުކޮށްފައިވަނީ އަންނަ މަހުގެ 5 ވަނަ ދުވަހާ ހަމައަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 އޮކްޓޯބަރު 2020 | އަންގާރަ 13:13
ވިލިމާލެ ފެރީޓާމިނަލް ކައިރިން ބަޔަކު ހިނގާފައިދަނީ؛ ލޮކްޑައުންގެ ފިޔަވަޅުތަކަށް އަދި ލުއިތަކެއް ދީފައި ނުވޭ

ވިލިމާލެ ފެރީޓާމިނަލް ކައިރިން ބަޔަކު ހިނގާފައިދަނީ؛ ލޮކްޑައުންގެ ފިޔަވަޅުތަކަށް އަދި ލުއިތަކެއް ދީފައި ނުވޭ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ރާއްޖޭގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 8 ވަނަ ފަހަރަށް އިތުރުކޮށްފިއެވެ.

ހެލްތް މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު އަސްލަމް އަންގާރަ ދުވަހު ސޮއިކުރައްވާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ފެތުރުން އިތުރުވަމުން އައިސްފައިވާ ކަމަށެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކޮށްފައިވަނީ ރާއްޖޭގައި ކޮވިޑް ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތުމުންނެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިފަހަރު އިތުރުކޮށްފައިވަނީ ނޮވެމްބަރ މަހުގެ 5 ވަނަ ދުވަހާ ހަމަޔަށެވެ.

އޭގެ އިތުރުން މި ބަލީގެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާދެއްވާފައިވާ ކަމަށްވެސް މިނިސްޓަރ އަސްލަމްގެ ބަޔާނުގައި ވެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވަނީ، ރާއްޖޭގެ ރިސޯޓުތަކަކުން ކޮވިޑް-19 ފެނުމާއި ގުޅިން 12 މާރޗު 2020 ގައެވެ. އޭގެ ފަހުން މިއީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރި 8 ވަނަ ފަހަރެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މައިމޫނާ އަބޫބަކުރަށް ބޮޑެތި ބާރުތަކެއް ލިބިދެއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކޮށްފައިވާއިރު ކޮވިޑް-19 ގެ ކޭސްތަކުގެ އަދަދު އަދިވެސް އުޅެނީ މަތީގައެވެ. މިދިޔަ އޮގަސްޓު މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް އާންމުކޮށް ދުވާލެއްގެ މައްޗަށް 100ށް ވުރެ ގިނަ ކޮވިޑުގެ ކޭސްތައް ރިޕޯޓްކޮށްފައިވެއެވެ. އަދި މި މަސް ފެށުނު ފަހުން ކޭސްތަކުގެ އަދަދު ވަނީ ކޮންމެވެސް ވަރަކަށް ދަށްވެފައެވެ. މީގެ ކުރިން ރަށްރަށުން ކޭސްތައް ރިޕޯޓް ކުރެވޭ އަދަދު ދަށެވެ. އެކަމަކު މިހާރު އެ އަދަދުވެސް ވަނީ މައްޗަށް ޖެހިލާފައެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ކުރެވުނު ލޮކްޑައުން އުވާލެވުނުއިރު ކޭސްތައް ހުރި އަދަދަށް ދަށް ވާން ދޮޅުމަސް ދުވަސް ނަގާފާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ޖޫން މަހު ލޮކްޑައުން އުވާލިއިރު ކޭސްތަކުގެ އަދަދުތައް ހުރީ 40 ގައި ކަމަށާއި، ވައިރަހުގެ އިތުރު ރާޅެއް ނައިސް، އެ އަދަދަށް ކޭސްތައް ދަށްވާނެ ކަމަށް ބެލެވެނީ ދޮޅުމަސް ތެރޭގައި ކަމަށެވެ.

ރާއްޖޭގެ މިހާރުގެ ހާލަތާއި ގުޅިގެން އަސްލަމް ވިދާޅުވީ ކޮވިޑުގެ ދެވަނަ ރާޅެއް އައުމަށްފަހު މިހާރު ފެންނަމުންދަނީ ކޭސްތައް މަދުވަމުންދާ މަންޒަރު ކަމަށެވެ. އަސްލަމް ވިދާޅުވީ މިހާރު ވައިރަހުގެ ރިޕްރޮޑަކްޝަން ނަމްބަރު ހުރީ އެކަކަށް ވުރެ ދަށުގައި ކަމަށެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ފާއިތުވި އޮގަސްޓް މަހަށްވުރެ ސެޕްޓެމްބަރ މަހު ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް މިހާރު މާލެ ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ރިޕޯޓް ކުރާ އަދަދުވަނީ 100ން ދަށަށް ގޮސްފައެވެ. އެއާއި އެކު މާލެ ސަރަހައްދުގައި އެޅިފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދޭން ވަނީ ފަށާފައެވެ. އެގޮތުން އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

އިތުރަށް ކިޔާލަން

17 މާރިޗު 2017

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

17 މާރިޗު 2017
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ
16 މާރިޗު 2017

ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ

16 މާރިޗު 2017
 ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
02 މާރިޗު 2017

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

02 މާރިޗު 2017
ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް
25 ފެބުރުއަރީ 2017

ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

25 ފެބުރުއަރީ 2017
ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު