Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާގެ ފިޔާ އެކްސްޕޯޓް

ދަތިކަމެއް ނެތި އަންނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް ފިޔާ ލިބޭނެ: އިންޑިއާ

އަންނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް ދީފައިވާ ކޯޓާގެ ތެރެއިން ފިޔާ ލިބޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 އޮކްޓޯބަރު 2020 | އަންގާރަ 08:36
ރާއްޖެއަށް އެތެރެ ކުރާ ރަތް ފިޔާ؛ އިންޑިއާ އިން ރާއްޖެއަށް މެދުކެނޑުމެއް ނެތި ފިޔާ އެކްސްޕޯޓް ކުރަމުން ގެންދާނެ ކަމަށް ވަނީ ބުނެފައި

ރާއްޖެއަށް އެތެރެ ކުރާ ރަތް ފިޔާ؛ އިންޑިއާ އިން ރާއްޖެއަށް މެދުކެނޑުމެއް ނެތި ފިޔާ އެކްސްޕޯޓް ކުރަމުން ގެންދާނެ ކަމަށް ވަނީ ބުނެފައި

އިންޑިއާ އިން އެކްސްޕޯޓް ކުރަމުން އަންނަ ފިޔާ އަންނަ އަހަރުގެ ނިޔަލަށް އެއްވެސް ދަތިކަމެއް ނެތި ރާއްޖެއަށް ލިބޭނެ ކަމަށް އިންޑިއާ އިން ބުނެފިއެވެ.

އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑަށް އެޑްރެސްކޮށް ކޮންސިއުމަރ އެފެއަރޒް މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައިވަނީ، އެ މިނިސްޓްރީން ނިންމާފައިވަނީ މި އަހަރު ތެރޭގައި ރާއްޖެއަށް އެކްސްޕޯޓް ކޮށްފައިވާ ފިޔާގެ އަދަދުތައް މުޅި އަހަރު ދުވަހު އެކްސްޕޯޓް ކުރުމަށް ނިންމާފައިވާ ކޯޓާއިން އުނި ކުރުމަށްފަހު މި އަހަރުގެ ބާކީ އޮތް މަސްތަކާއި އަންނަ އަހަރުގެ މަސްތަކަށް އެކްސްޕޯޓް ކުރުމަށް ދީފައިވާ ކޯޓާއަށް ބަހާލެވިގެންދާ ގޮތަށް ފިޔާ އެކްސްޕޯޓު ކުރަމުން ދިއުމަށެވެ. ނަމަވެސް ފިޔާގެ ކޯޓާއަށް ބަދަލެއް އަންނަ ގޮތަށް އިރުޝާދެއް ދީފައިވީ ނަމަވެސް އެގޮތަށް ރަސްމީކޮށް ނިންމާފައި ނުވެއެވެ.

މީގެ އިތުރުން ފިޔާ އެކްސްޕޯޓް ކުރެވޭނީ ކުރިން އަހަރުތަކޭ އެއްގޮތަށް ސޫތުކުޅި ބަނދަރުން ކަމަށް ބުނެފައިވެއެވެ. އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ވިއްސާރަ ކުރުމާއި ގުޅިގެން ފިޔާގެ ސަޕްލައިއަށް ދަތިތަކެއް ކުރިމަތިވުމުން ސެޕްޓެމްބަރ މަހުގެ 14 ވަނަ ދުވަހުން ފެށިގެން އެ ގައުމުން ވަނީ ފިޔާ އެކްސްޕޯޓް ކުރުން ހުއްޓާލާފައެވެ. ބައެއް ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފިޔާގެ ސަޕްލައި އަށް ދަތިތަކެއް ކުރިމަތިވެފައިވެއެވެ.

އިންޑިއާ އިން ފިޔާ އެކްސްޕޯޓް ކުރުން މަނާކުރި ނަމަވެސް ޚާއްސަ ހުއްދައެއްގެ ދަށުން ރާއްޖެއަށް އެއްވެސް ދަތިކަމެއް ނެތި ފިޔާ ލިބެމުންދާނެކަމުގެ ޔަޤީންކަން ދެ ޤައުމުގެ ސަރުކާރުން ދީފައިވެއެވެ.

އިންޑިއާއިން ފިޔާގެ އެކި ބާވަތްތަކާއި އުފެއްދުންތައް އެކްސްޕޯޓް ކުރުން މަނާކުރުމަށްފަހު ފިޔާގެ އުފެއްދުންތަކުގެ ތެރެއިން ކޮށާފައި ހުންނަ ފިޔާގެ އިތުރުން ޕައުޑަރަށް ހަދާފައި ހުންނަ ފިޔާ އަދި ހިކި ފިޔާ އެކްސްޕޯޓް ކުރުމުގެ ހުއްދަ އެ ގައުމުގެ ސަރުކާރުން އަންގާރަ ދުވަހު ވަނީ ދީފައެވެ. އަންގާރަ ދުވަހުން ފެށިގެން ފިޔާގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމުގައި އެއްވެސް ކަހަލަ މަނާކަމެއް ނެތްކަން އަންގާ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑަށް އެޑްރެސްކޮށް ކޮންސިއުމަރ އެފެއަރޒް މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައިވަނީ ދެ ބާވަތެއްގެ ފިޔާ އެކްސްޕޯޓް ކުރުމަށް ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެއީ 10000 ޓަނުގެ ބެންގްލޯރ ރޯސް އަދި ކްރިޝްނާޕޫރަމް ފިޔާއެވެ.

މީގެ އިތުރުން މިނިސްޓްރީން ވަނީ ބޫޓާނަށް ކުރިއަށް އޮތް ތިން މަހަށް، ކޮންމެ މަހެއްގެ މައްޗަށް 150 ޓަނުގެ ފިޔާ އެކްސްޕޯޓު ކުރުމުގެ ހުއްދަ ދީފައެވެ. މީގެ އިތުރުން ބެންގުލޯރ ރޯސްގެ ފިޔާ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް އެކްސްޕޯޓް ކުރުމަށް ވަނީ ނިންމާފައެވެ.

ކްރިޝްނަޕޫރަމް ފިޔާ އަކީ އިންޑިއާގައި ބޭނުންކުރާ އެއްޗަކަށް ނުވާތީ އެ ފިޔާ އެކްސްޕޯޓް ކުރަނީ ތައިލެންޑް ހޮންގްކޮންގް މެލޭޝިއާ ސްރީލަންކާ އަދި ސިންގަޕޫރަށެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު