Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައްދޫން އިތުރު 9 މީހަކު ޕޮޒިޓިވްވުން

ކައްދޫން އިތުރު 9 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މިހާތަނަށް ތަމްރީނަށް ދިޔަ 35 ސިފައިންގެ މީހަކު ވަނީ ޕޮޒިޓިވްވެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 އޮކްޓޯބަރު 2020 | އާދީއްތަ 20:01
ލ. ކައްދޫގައި މަަސައްކަތް ކުރާ ސިފައިން

ލ. ކައްދޫގައި މަަސައްކަތް ކުރާ ސިފައިން

ލ. ކައްދޫއަށް ތަމްރީނަށް ދިޔަ ސިފައިންގެ ތެރެއިން އިތުރު 9 މީހަކު އާދީއްތަ ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ކައްދޫއަށް މާލެއިން ތަމްރީނަށް ދިޔަ ސިފައިންގެ ތެރެއިން ހޮނިހިރު ދުވަހު ޕޮޒިޓިވްވީ 26 މީހުންނެވެ. އަދި އާދީއްތަ ދުވަހުގެ އިރު އޮއްސި 6:00 އާ ހަމައަށް އިތުރު 9 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ކައްދޫއަށް ދިޔަ 93 ސިފައިންގެ ތެރެއިން ހޯމް ކަރަންޓީންގެ މުއްދަތު ހަމަވުމުން ސާމްޕަލް ނެގި 26 މީހަކު ހޮނިހިރު ދުވަހު ޕޮޒިޓިވްވި އިރު އާދީއްތަ ދުވަހު ނަތީޖާ ލިބުނު ސާމްޕަލްތަކުގެ ތެރެއިން 9 ސާމްޕަލެއް ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު ތަމްރީނަށް ދިޔަ 35 ސިފައިން މިހާތަނަށް ވަނީ ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް އަތޮޅު ތެރެއިން 121 އެކްޓިވް ކޭސް ވަނީ ފާހަގަކުރެވިފައެވެ. މީގެތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 63 ބިދޭސީންނެވެ. އެންމެ ގިނަ އެކްޓި ކޭސް ހިމެނެނީ ސ. ގަމުގައެވެ. އެއީ 53 މީހުންނެވެ.

މި 53 މީހުންނަކީ އައްޑު ސިޓީގައި ތަރައްގީކުރަމުން އަންނަ ފުލުހުންގެ ތަމްރީނު މަރުކަޒުގެ މަސައްކަތަށް ދިޔަ 128 ބިދޭސީންގެ ތެރެއިން ޕޮޒިޓިވްވި މީހުންނެވެ. މި އެންމެން ވެސް ތިބީ ހޯމް ކަރަންޓީންގައިކަމުން އައްޑު ސިޓީގެ އެއްވެސް ހިސާބަކަށް ބަލި ނުފެތުރޭނެ ކަމުގެ ޔަގީންކަން އައްޑު ސިޓީ ކައުންސިލުން ވަނީ ދީފައެވެ.

މިހާތަނަށް އެންމެ ގިނަ ކޭސް ފެނުނު ގދ. ހޯނޑެއްދޫއަށް ބަލާއިރު އެރަށުން ޕޮޒިޓިވްވި 46 މީހުންގެ ތެރެއިން އެކަކު ފިޔަވައި ހުރިހާ އެންމެން ވަނި ބަލިން ރަނގަޅުވެފައެވެ. އަދި އެރަށް ވަނީ މޮނިޓަރިންގެ ހާލަތުން ނަގާފައެވެ. ހޯނޑެއްދޫގެ އިތުރުން ހދ. ކުޅުދުއްފުށިން ވެސް ވަނީ ނިމިގެން ދިޔަ ހަފްތާ ތެރޭގައި މޮނިޓަރިންގެ ހާލަތުން ނަގާފައެވެ.

ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތުން ނަގާފައިވަނީ ކޮންޓެކްޓްރޭސިންގެ މަސައްކަތް ނިންމުމަށްފަހުއެވެ. އެރަށުގައި 7 އެކްޓިވް ކޭސް ހިމެނޭއިރު، އޭގެތެރޭގައި ހިމެނެނީ އަލާމާތްތައް ފެނިގެން ޓެސްޓްކުރި އިރު ޕޮޒިޓިވްވި 3 މީހަކާއި، ހޯމްކަރަންޓިންގައި ތިބި 3 މީހެއްގެ އިތުރުން ކޮންޓެކްޓްވި މީހެކެވެ.

އަތޮޅުތެރޭގެ 21 ރަށަކުން ކޮވިޑްގެ ކޭސްތައް ފެނިފައިވާއިރު، ދ. ކުޑަހުވަދޫގައި ހޯމް ކަރަންޓީންގައި ހުއްޓާ ޕޮޒިޓިވްވި މީހާ ބަލިން ރަނގަޅުވުމުން އެރަށް ވެސް ވަނީ މި ލިސްޓުން އުނިކޮށްފައެވެ. އަތޮޅު ކޮވިޑް ފެސިލިޓީތަކަށް ބަލާއިރު، ގއ. ވިލިނގިލިގައި ހުންނަ ކޮވިޑް ފެސިލިޓީގައި އަންނަނީ 6 މީހަކަށް ފަރުވާ ދެމުންނެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު