Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް

ޑާކާ އަބަހާނީ އަތުން މޮޅުވެ ބެންގަލޫރު އެފްސީ ގްރޫޕްގެ އެއްވަނައަށް

ފުރަތަމަ ލަނޑު 42 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނިޝޫ ކުމާރު

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 19 އެޕްރީލު 2017 | ބުދަ 12:58
ބެންގަލޫރު އެފްސީގެ ކުޅުންތެރިން މެޗަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ކުރިއަށް ގެންދަނީ

ބެންގަލޫރު އެފްސީގެ ކުޅުންތެރިން މެޗަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ކުރިއަށް ގެންދަނީ

ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އަތުން 2-0 އިން މޮޅުވެ އޭއެފްސީ ކަޕްގެ ގްރޫޕް އީގެ އެއް ވަނައިގައި އިންޑިއާގެ ބެންގަލޫރު އެފްސީ ހަ ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ބެންގަލޫރުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި ލަނޑުޖަހާނެ މާގިނަ ފުރުސަތުތަކެއް ދެޓީމަށް ވެސް ލިބިފައެއް ނުވެއެވެ.

އެހެން ނަމަވެސް ހާފުގެ ކުރީކޮޅު ސުނިލް ޗެތުރީ އާއި ލިންޑޮން ވަނީ ޑާކާ އަބަހާނީގެ ގޯލާ އަމާޒުކޮށް ދެ ހަމަލާއެއްވަރު ފޮނުވާލާފައެވެ. އަދި ޑާކާ އަބަހާނީގެ ކުޅުންތެރިން އުފެއްދި ބައެއް ހަމަލާ ބެންގަލޫރުގެ ކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގައި ބެންގަލޫރުން ޖެހި ފުރަތަމަ ލަނޑު 42 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނިޝޫ ކުމާރެވެ.

މިނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމުނު އިރު ދެވަނަ ހާފު ފެށިގެން ދެޓީމުން ވެސް ވަނީ ލަނޑެއް ޖެހުމަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ. އެގޮތުން ބެންގަލޫރުން ވަނީ މިހާފުގައި އަބަހާނީގެ ހާފަށް ބާރު ބޮޑުކޮށް ނުރައްކާތެރި ތިން ހަމަލާއެއް ވަރު ފޮނުވާލާފައެވެ.

މި މެޗުގައި ބެންގަލޫރުން ޖެހި ދެވަނަ ލަނޑު 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މަރިޔާން ޔުގޮވިޗެވެ. އަދި އޭގެ ފަހުން ވެސް އެޓީމުން ވަނީ ލަނޑެއްޖެހުމަށް މެޗުގެ ބާކީ ބައިގައި މޮޅު ކުޅުމެއް ދައްކާފައެވެ.

މި މުބާރާތުގައި ބެންގަލޫރު ދެން ކުޅޭ މެޗުގައި އަންނަ މަހު ތިން ވަނަ ދުވަހު ނުކުންނާނީ ވެސް އަބަހާނީއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ޑާކާގަ އެވެ.

ބެންގަލޫރުން ވަނީ ފުރަތަމަ މެޗުގައި މޯހަން ބަގާން އަތުން 2-1 އިން މޮޅުވެފަ އެވެ. އަދި ދެ ވަނައަށް އެޓީމު ކުޅުނު މެޗުގައި މާޒިޔާގެ މައްޗަށް ވަނީ ފަހު ސިކުންތުގައި ޖެހި ލަނޑާއެކު ކުރި ހޯދާފައެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު