Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެމްޕިއަންސް ލީގު ފެށުން

މި ހާލަތުގައި ޗެމްޕިއަންސް ލީގު ފެށުން ރަނގަޅެއް ނޫން: ޒޯކް

29 ސެޕްޓެމްބަރު 2020 | އަންގާރަ 16:30

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ކުރިއަށް ގެންގޮސްފައިވަނީ އެއް ސަރަހައްދެއްގައި

އަތޫފް އާތިފް
އަތޫފް އާތިފް | 29 ސެޕްޓެމްބަރު 2020 | އަންގާރަ 16:30
ބޮރޫޝިއާ ޑޯޓްމުންޑުގެ ސްޕޯޓިންގ ޑިރެކްޓަރު މައިކަލް ޒޯކް

ބޮރޫޝިއާ ޑޯޓްމުންޑުގެ ސްޕޯޓިންގ ޑިރެކްޓަރު މައިކަލް ޒޯކް

ޔޫރަޕުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ މި ހާލަތުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުޅުން ފެށުން ރަނގަޅު ނޫން ކަމަށް ބޮރޫޝިއާ ޑޯޓްމުންޑުގެ ސްޕޯޓިންގ ޑިރެކްޓަރު މައިކަލް ޒޯކް ބުނެފިއެވެ.

ކޮވިޑް-19 ގެ ސަބަބުން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ކުރިއަށް ގެންގޮސްފައިވަނީ ކުއާޓާފައިނަލް މެޗުތަކުން ފަށައިގެން އެއް ސަރަހައްދެއްގައެވެ. އެގޮތުން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ މެޗުތައް ޕޯޗުގަލްގެ ވެރިރަށް ލިސްބަނުގައި ކުރިއަށް ގެންދިޔައިރު، ޔޫރޮޕާ ލީގުގެ މެޗުތައް ކުޅުނީ ޖަރުމަނުގައެވެ.

ޖަރުމަނުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ޒޯކް ބުނީ ޔޫރަޕުގެ ބޮޑެތި ގައުމުތަކުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން ކަމަށާއި، އެހެންކަމުން މި ހާލަތުގައި ޔޫރަޕުގެ ކުލަބުތަކުގެ މެދުގައި ބޭއްވޭ އެންމެ ބޮޑު ދެ މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ކުޅުން އަލުން ފެށުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

މީގެ ކުރިން ޔޫރަޕުގެ ކުޅިވަރުގެ ހާލަތު ދިރާސާކުރަމުން އަންނަ ފަރާތްތަކުންވެސް ވަނީ ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން އަންނަނަމަ، ޔޫރަޕުގައި ބާއްވަމުން އަންނަ ބޮޑެތި މުބާރާތްތައް ބޭއްވުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެފައެވެ.

ޒޯކް ބުނީ ކޮވިޑް-19 ގެ ސަބަބުން ކުލަބުތަކަށް މާލީ ގޮތުންނާއި އަދި އެނޫންވެސް ގޮތް ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، އެގޮތުން ބައެއް ކުލަބުތަކުގެ ކުޅުންތެރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެ މެޗުތަކުގައި ނުކުޅެވޭކަން ފާހަގަވާ ކަމަށެވެ. އޭގެ ސަބަބުން އެ ކުލަބުތަކުގެ "ޕާފޯމަންސް" ދަށްވަމުން އަންނަ ކަމަށްވެސް ޒޯކް ބުންޏެވެ.

ޒޯކް މިހެން ބުނިއިރު، ޔުއެފާއިން އަންނަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ކުރިޔަށް ގެންދިއުމުގެ ޕްލޭނެއް ތައްޔާރު ކުރަމުންނެވެ. އެގޮތުން ޔުއެފާއިން ބުނީ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ އިދާރާއިން ތައްޔާރުކުރާ ޕްލޭން ނިމޭނެ ކަމަށާއި، އަދި ޕްލޭން ކުރެވިފައިވާ ގޮތުން ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ މެޗުތައް ކުޅޭނީ ދަނޑަށް ސަޕޯޓަރުން ނުވައްދާ ކަމަށެވެ.

ޔޫރަޕުގެ ބޮޑު ފަސް ލީގުން އައު ސީޒަން ފަށާފައިވާއިރު، ޖަރުމަން ލީގާއި، އިޓާލިއަން ލީގުގެ އިތުރުން ފްރެންޗް ލީގުގެ މެޗުތައް ކުޅެމުން އަންނަނީ ވަކި އަދަދަކަށް ސަޕޯޓަރުން ދަނޑަށް ވައްދައިގެންނެވެ. އެކަމަކު އިނގިރޭސި ޕްރިމިއާ ލީގާއި ސްޕެނިޝް ލީގުގެ މެޗުތައް އަދިވެސް ކުޅެމުން އަންނަނީ ސަޕޯޓަރުންނާ ނުލައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް