Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސަންޗޯ ހޯދަން ކުރާ މަސައްކަތް

ސަންޗޯ ހޯދުމަށް ޔުނައިޓެޑުން އަދިވެސް މަސައްކަތް ކުރަނީ

29 ސެޕްޓެމްބަރު 2020 | އަންގާރަ 16:15

ސަންޗޯ 110 މިލިޔަން ޕައުންޑަށް ޔުނައިޓެޑަށް ވިއްކާލަން ޑޯޓްމުންޑުން އެއްބަސްވެފައިވާ ކަމަށް މީގެ ކުރިން ރިޕޯޓުކުރި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 29 ސެޕްޓެމްބަރު 2020 | އަންގާރަ 16:15
ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން ފޯވާޑް ޖޭޑަން ސަންޗޯ

ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން ފޯވާޑް ޖޭޑަން ސަންޗޯ

އިންގްލެންޑުގެ ޒުވާން ފޯވާޑް ޖޭޑަން ސަންޗޯ ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީގެ ކުރިން މީޑިއާތަކުން ވަނީ އުމުރުން 20 އަހަރުގެ ސަންޗޯ 110 މިލިޔަން ޕައުންޑަށް ޔުނައިޓެޑަށް ވިއްކާލަން ޑޯޓްމުންޑުން އެއްބަސްވެފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. އެގޮތުން ޔުނައިޓެޑާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ސަންޗޯ ހަދާނެ ކަމަށްވެސް ރިޕޯޓުކުރިއެވެ.

އެކަމަކު ކޮވިޑް-19 ގެ މި ދަނޑިވަޅުގައި 110 މިލިޔަން ޕައުންޑް ދެއްކުމަށް ޔުނައިޓެޑަށް ދަތިވާނެތީ، އެ ޑީލް މީގެ ކުރިން ހުއްޓުނެވެ. އެކަމަކު ޓްރާންސްފާ ބާޒާރު ބަންދުވަން ހަފުތާއަކަށް ވެފައިވާއިރު، ސަންޗޯ ހޯދުމުގެ މަސައްކަތުގައި ޔުނައިޓެޑުން ބަލި ގަބޫލުކުރަން ބޭނުންނުވާ ކަމަށް މީޑިއާތަކުން ދާދި ފަހުން ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމަކު މީގެ ކުރިން ޑޯޓްމުންޑްގެ ސްޕޯޓިންގ ޑިރެކްޓަރު މައިކަލް ޒޯކް ވަނީ މި ސީޒަނުގައި ސަންޗޯ އެ ކުލަބުގައި ހިމަނަން ރާވާފައިވާ ކަމަށާއި، އެއީ ފަހުގެ ނިންމުން ކަމަށް ބުނެފައެވެ.

ސަންޗޯ ހޯދުމަށް ޔުނައިޓެޑުގެ އިތުރުން ޔޫރަޕްގެ ބޮޑެތި ކުލަބުތަކުންވެސް މަސައްކަތް ކުރަމުން އަންނައިރު، އޭނާ ވިދާލީ 2017 ވަނަ އަހަރު އިންޑިއާގައި ބޭއްވި 17 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕުގައެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން އިންގްލެންޑުން ހޯދިއިރު، އޭނާ ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ޑޯޓްމުންޑުގެ ސީނިއާ ޓީމުގައި މިހާތަނަށް ތިން ސީޒަން ހޭދަކޮށްފައިވާ ސަންޗޯ ވަނީ އެ ކުލަބަށް 102 މެޗުގައި 35 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ ޑޯޓްމުންޑާއެކު ޖަރުމަން ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

މި ޓްރާންސްފާ ބާޒާރުގައި ޔުނައިޓެޑުން މިހާތަނަށް ބޮޑު ޚަރަދެއް ކޮށްފައިނުވާއިރު، އެ ޓީމުން މިހާތަނަށް ގެނައި ހަމައެކަނި ކުޅުންތެރިއަކީ އަޔަކްސްއަށް ކުޅެމުން އައި ނެދަލެންޑްސްގެ މިޑްފީލްޑަރު ޑޮނީ ވެން ޑަ ބީކެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
20 ޖެނުއަރީ 2017

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

20 ޖެނުއަރީ 2017
ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
11 ޖެނުއަރީ 2017

ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ

11 ޖެނުއަރީ 2017
ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް