Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑޯނިއަރ މަތިންދާބޯޓު ރާއްޖެއައުން

ޑޯނިއަރގެ މަތިންދާ ބޯޓުން އެމްއެންޑީއެފްގެ މަސައްކަތްތަކަށް އިތުރު ލުއި ފަސޭހަކަން ލިބިގެންދާނެ: ޑިފެންސް މިނިސްޓަރު

29 ސެޕްޓެމްބަރު 2020 | އަންގާރަ 17:31

ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ކުރާ މަސައްކަތްތައް އިތުރަށް ފުޅާކުރެވިގެންދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 29 ސެޕްޓެމްބަރު 2020 | އަންގާރަ 17:31
އިންޑިއާ ސަރުކާރުން ރާއްޖެއަށް ދިން ޑޯނިއަރ މަތިންދާބޯޓު، މިހާރު އެ ބޯޓު އޮތީ ހަނިމާދޫ އެއާޕޯޓްގައި

އިންޑިއާ ސަރުކާރުން ރާއްޖެއަށް ދިން ޑޯނިއަރ މަތިންދާބޯޓު، މިހާރު އެ ބޯޓު އޮތީ ހަނިމާދޫ އެއާޕޯޓްގައި

އިންޑިއާއިން ރާއްޖެއަށް ދިން ޑޯނިއަރގެ މަތިންދާ ބޯޓުން އެމްއެންޑީއެފްގެ މަސައްކަތްތަކަށް އިތުރު ލުއި ފަސޭހަކަން ލިބިގެންދާނެ ކަަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

2016 ވަނަ އަހަރުން ފެށިގެން އިންޑިއާ އިން ރާއްޖެއަށް ހޯދުމަށް މަސައްކަތް ކުރި ޑޯނިއަރ މަތިންދާ ބޯޓު އަންގާރަ ދުވަހު ރާއްޖެ އައުމާ ގުޅިގެން މިނިސްޓަރު މާރިޔާ ވިދާޅުވީ ޑޯނިޔަރ މަތިން ބޯޓުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ކުރާ މަސައްކަތްތައް އިތުރަށް ފުޅާ ކުރެވިގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު މާރިޔާ ވިދާޅުވީ އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމަށާއި އަދި އެހެނިހެން އިންސާނީ އެހީ ފޯރުކޮށް ދިނުމުގެ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

މިއީ އެމްއެންޑީއެފުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ބާރެއް ކަމަށް ވެސް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

އެމްއެންޑީއެފުން ބުނީ މި މަތިންދާ ބޯޓު ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށުން، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ރާއްޖޭގެ މަސްކަނޑުތަކުން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާ ފަރާތްތައް މޮނިޓަރ ކުރުމަށާއި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރެވޭ ޑްރަގްސް އާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، ކަނޑުމަތީގައި ޙާލުގައި ޖެހޭ ފަރާތްތައް ހޯދުމަށް ކަމަށެވެ.

މި ފްލައިޓް ރާއްޖޭގައި އުދުހޭނީ ރާއްޖޭގެ ދިދައާއި ކުލަތަކާއެކު، އެމްއެންޑީއެފްގެ ޕައިލެޓުން ވެސް ޙަރަކާތްތެރިވާ ގޮތަށް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

12 މާރިޗު 2018

ކަތަމަންޑޫގައި ވެއްޓުނު މަތިންދާބޯޓުގައި އިން ދިވެހި މީހާއަށް ފަރުވާ ދެނީ!

12 މާރިޗު 2018
ކަތަމަންޑޫގައި ވެއްޓުނު މަތިންދާބޯޓުގައި އިން ދިވެހި މީހާއަށް ފަރުވާ ދެނީ!
25 ނޮވެމްބަރު 2017

ހަތިޔާރާއެކު ކުރިއަށް ގެންދިޔަ އެމްއެންޑީއެފްގެ ރަންނަމާރި ހަންޓް ނިންމާލައިފި

25 ނޮވެމްބަރު 2017
ހަތިޔާރާއެކު ކުރިއަށް ގެންދިޔަ އެމްއެންޑީއެފްގެ ރަންނަމާރި ހަންޓް ނިންމާލައިފި
21 އޮކްޓޯބަރު 2017

އަލިފާން ރޯވެ އަޑިއަށްދިޔަ ބޯޓުން ތެޔޮ ލީކުވާތީ އެމްއެންޑީއެފް ޑައިވަރުން ހަރަކާތްތެރިވަނީ

21 އޮކްޓޯބަރު 2017
އަލިފާން ރޯވެ އަޑިއަށްދިޔަ ބޯޓުން ތެޔޮ ލީކުވާތީ އެމްއެންޑީއެފް ޑައިވަރުން ހަރަކާތްތެރިވަނީ
17 ސެޕްޓެމްބަރު 2017

ޕީސް ބޯޓުން ކުރާ ޔޫތް އެމްބެސިޑަރުންގެ ދަތުރުގައި ދިވެހި ޒުވާނެއް ބައިވެރިވަނީ!

17 ސެޕްޓެމްބަރު 2017
ޕީސް ބޯޓުން ކުރާ ޔޫތް އެމްބެސިޑަރުންގެ ދަތުރުގައި ދިވެހި ޒުވާނެއް ބައިވެރިވަނީ!
02 އޯގަސްޓު 2017

މަޖިލީހުގެ މެންބަރުންނާ ދެކޮޅަށް ބަޔާންދޭން އަންގާފައިވާ އެމްއެންޑީއެފްގެ އޮފިސަރުންގެ ލިސްޓެއް އާންމުވެއްޖެ!

02 އޯގަސްޓު 2017
މަޖިލީހުގެ މެންބަރުންނާ ދެކޮޅަށް ބަޔާންދޭން އަންގާފައިވާ އެމްއެންޑީއެފްގެ އޮފިސަރުންގެ ލިސްޓެއް އާންމުވެއްޖެ!
23 ޖުލައި 2017

ފާރިސްގެ އެޕާޓްމެންޓުން "ޖެޓް މަތިންދާބޯޓެއް" ފުލުހުންނަށް ނުފެނުނީތީ ހަމްދު ކުރަން: ރައީސް މައުމޫން

23 ޖުލައި 2017
ފާރިސްގެ އެޕާޓްމެންޓުން "ޖެޓް މަތިންދާބޯޓެއް" ފުލުހުންނަށް ނުފެނުނީތީ ހަމްދު ކުރަން: ރައީސް މައުމޫން
09 ޖުލައި 2017

ޖަލަށް ލިޔަސް އަޅުގަނޑުގެ މަސައްކަތްތަކަށް ބަދަލެއް ނާންނާނެ:ޜިޔަޒު

09 ޖުލައި 2017
ޖަލަށް ލިޔަސް އަޅުގަނޑުގެ މަސައްކަތްތަކަށް ބަދަލެއް ނާންނާނެ:ޜިޔަޒު
17 ޖޫން 2017

ޢަލީ ޝިޔާމް ކޮށްދެއްވި އަގުހުރި މަސައްކަތްތަކަށް އެމްޑީޕީން ޝުކުރު އަދާކޮށްފި

17 ޖޫން 2017
ޢަލީ ޝިޔާމް ކޮށްދެއްވި އަގުހުރި މަސައްކަތްތަކަށް އެމްޑީޕީން ޝުކުރު އަދާކޮށްފި
27 އެޕްރީލު 2017

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އާ ބޭފުޅަކު އައްޔަންކުރައްވައިފި

27 އެޕްރީލު 2017
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އާ ބޭފުޅަކު އައްޔަންކުރައްވައިފި
24 ފެބުރުއަރީ 2017

އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

24 ފެބުރުއަރީ 2017
އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް