Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެސްޓްހައުސް އަލުން ހުޅުވާލުން

ގެސްޓަހައުސްތައް ހުޅުވާލާއިރު އަމަލު ކުރަން ޖެހޭ ޚާއްސަ ގައިޑްލައިންއެއް އެކުލަވާލައިފި

29 ސެޕްޓެމްބަރު 2020 | އަންގާރަ 03:23

ގެސްޓަހައުސްތައް އަލުން ހުޅުވާލުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 15 ގައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 29 ސެޕްޓެމްބަރު 2020 | އަންގާރަ 03:23
ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ލޯގޯ

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ލޯގޯ

މިފެށޭ އޮކްޓޯބަރު މަހުގެ 15 ގައި ގެސްޓްހައުސްތައް އަލުން ހުޅުވާލާއިރު އަމަލު ކުރަންޖެހޭ ވަކި ޚާއްސަ ގައިޑްލައިންއެއް އެކުލަވާލައިފިއެވެ.

ހޯމަ ދުވަހުގެ ރޭ ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޑެޕިއުޓީ މިނިސްޓަރ އައްސަދު ރިޒާ ވިދާޅުވީ މި ގައިޑްލައިން ތައްޔާރު ކޮށްފައިވާނީ ރަށްރަށުގެ ރަށުކައުންސިލްތަކާއި، ގެސްޓްހައުސް ހިންގާ ފަރާތްތަކާއި، ޓޫރިޒަމް އިންޑަސްޓްރީގައި ހިމެނޭ ހުރިހާ މަސްލަހަތުވެރިންނާއި އެކު މަޝްވަރާކޮށް ކޮށްގެން ކަމަށެވެ.

އަދި މި ގައިޑްލައިން ތެރެއިން މީގެކުރިން ގެސްޓްހައުސްތައް އޮޕްރޭޓް ކުރި ގޮތަށް އޮޕްރޭޓް ކުރުމުގެ ޖާގަ އޭރުގައި އޮތް މިނިވަން ކަންމަތީގައި ލިބިގެން ނުދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ގައިޑްލައިން ރަށްރަށުގައި ގެސްޓްހައުސް ވިޔަފާރި ފެށޭނީ އެރަށެއްގެ ކައުންސިލުން އިއުތިރާޒެއް ނެތް ކަމަށް ޓޫރިޒަމް މިނިސްޓްރީން އެންގުމުންކަމަށް ވަނީ ބުނެފައެވެ.

ކައުންސިލުތަކުން އިއުތިރާޒެއް ނެތް ކަމަށް އަންގާއިރު ވެސް ބަލަން ޖެހޭ ކަންކަން ހުރިކަން ފާހަގަ ކުރެއްވިއެވެ.

އެގޮތުން ފުރަތަމަ ކަމަކަށް ރަށުގެ އާންމު ރައްޔިތުން ގައިޑްލައިންއަށް ހޭލުންތެރި ކުރުވުން ހިމެނެއެވެ.

ވަކި ރޫމްތަކެއް އައިސޮލޭޝަން އަދި ކަރަންޓީން ބޭނުމަށް ރަށުގައި ކަނޑައެޅިފައި ހުންނަން ޖެހޭ ކަމަށް ވެސް ގައިޑްލައިންގައިވެއެވެ.

މީހުން ދިރިއުޅޭ ގެތަކުގައި އަދި އިމާރާތްތަކުގައި ގެސްޓްހައުސް ވިޔަފާރި އޮޕަރޭޓް ނުކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ރަށްރަށުގައި މިހާރު ހެދިފައި ހުރި ކޮވިޑް ޓާސްކްފޯސް ވަރަށް ބޮޑަށް އެކްޓިވްވެ އެޗްޕީއޭއާއި އެކު ކޯޑިނޭޓް ކޮށް ކަންހިނގާ ގޮތް މޮނިޓަރކޮށް އެޗްޕީއޭ އަށް އަންގަންޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެޗްޕީއޭ އިން ހެދިފައި ހުރި ގައިޑްލައިންތަކާއި އިންލައިންވާ ގޮތަށް ވަކި ޚާއްސަ އެސްއޯޕީއެއް ޓުރިޒަމް މިނިސްޓްރީއަށް ހުށަހަޅުމަށްވަނީ ގައިޑްލައިންގައި އެދިފައި ވެއެވެ.

އައްސަދު ވިދާޅުވީ 86 ރަށުގައި ގެސްހައުސްތައް ޤާއިމް ކޮށްފައިވާ ކަމަށާއި 6000ށްވުރެ ގިނަ މީހުން އެ ގެސްޓްހައުސްތަކުގައި ވަޒީފާ އަދާކުރަމުންދާ ކަަމަށެވެ.

ގެސްހައުސްތައް ބަންދުކޮށްފައި އޮތުމާއި އެކު މިހުރިހާ އެންމެންގެ އާމްދަނީއަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ރާއްޖެ އަންނަ ފަތުރުވެރިންގެ 10 ޕަސެންޓް ގެސްޓަހައުސްތަކުން ކަވަރުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގެސްޓްހައުސް ވިޔަފާރި އަކީ ރަށްފުށުގައި ހިނގާ ވިޔަފާރިއެއް ކަމުގައި ވާތީ ގެސްޓްހައުސް ހުއްޓުމާއި އެކު އިތުރު ވިޔަފާރިތަކަށް ވެސް އޭގެ އަސަރު ކޮށްފައިވާ ކަމަށް އައްސަދު ވިދާޅުވިއެވެ.

އައްސަދު ވިދާޅުވީ ސަރުކާރުން ނިންމާފައި މިވަނީ ގެސްޓްހައުސް ވިޔަފާރިތައް އަލުން ހުޅުވާލާ ރަށްރަށުގައި ދިރިއުޅޭ އާންމުންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތް މަގުފަހި ކޮށްދިނުމަށް ކަމަށެވެ.

ކޮވިޑް-19 ގެ ކޭސްތައް ރާއްޖެ އިން ފެންނަން ފެށުމުން ގެސްޓްހައުސްތައް ބަންދުކޮށްފައިވަނީ މާރޗް 17 ވަނަ ދުވަހުއެވެ.

ޖުލައި 15 ގައި ބޯޑަރު ހުޅުވާލިނަމަވެސް ހަމައެކަނި ހުއްދަ ދޫކުރެވިފައިވަނީ ރިސޯޓްތަކާއި ސަފާރީތަކަށެވެ. އޭރުގެ ހާލަތު ހުރިގޮތުން ގެސްޓްހައުސްތަކަށް އޭރު ހުއްދަ ދީފައެއް ނުވެއެވެ. މީގެ ކުރިން އޮގަސްޓް 1 ގައި ގެސްޓްހައުސްތައް ހުޅުވަން ބުނެފައިވީނަމަވެސް ހާލަތަށް ބަލާފައި 15 އޮކްޓޯބަރގައި ހުޅުވުމަށް ވަނީ ފަސްކޮށްފައެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް