Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ސަންޖޭ ދަތު

ސަންޖޭ ހައްޔަރުކުރުމުގެ އަމުރު ބާތިލް ކޮށްފި

ކޯޓުން އަމުރު ބާތިލް ކޮށްފައި ވަނީ ސަންޖޭ ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރުވެ އެގޮތަށް އެދުމުން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 19 އެޕްރީލު 2017 | ބުދަ 08:45
ސަންޖޭ ދަތު

ސަންޖޭ ދަތު

ޕްރޮޑިއުސަރު ޝަކީލް ނޫރާނީ އަށް އިންޒާރު ދިން ކަމަށް ބުނެ އޭނާ ހުށަހަޅާފައިވާ ދައުވާގެ އަޑުއެހުމަށް ހާޒިރުނުވުމުން ސަންޖޭ ދަތު ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރު ކުރުމަށް މުމްބާއީގެ މެޖިސްޓްރޭޓް ކޯޓަކުން ނެރުނު އަމުރު ބާތިލް ކޮށްފި އެވެ.

އެ އަމުރު ނެރެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އަދި އެ އަމުރު ބާތިލްކޮށްފައި ވަނީ އަންގާރަ ދުވަހުގައެވެ.

ސަންޖޭއާ ދެކޮޅަށް ނޫރާނީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ 2013 ވަނަ އަހަރު ސަންޖޭ ކުޅެމުން ދިޔަ އޭނާގެ ފިލްމެއް ނުނިމެނީސް އޭގެ ބާކީ ފައިސާ ދޭން ބުނެ ސަންޖޭގެ ފަރާތުން ކަމަށް ބުނެ އަންޑާ ވޯލްޑްގެ ގޭންގްސްޓާރުންތަކެއް ދިން އިންޒާރަކާ ގުޅޭ މައްސަލައެކެވެ.

ވަކި ހިސާބަކަށް ޝޫޓިން ދިޔަ ފަހުން ސަންޖޭ ވަނީ 50 ލައްކަ ރުޕީޒްގެ އެގްރީމަންޓް މެދުކަނޑާލައި ފިލްމު ދޫކޮށްލާފަ އެވެ. އެކަމުގެ ސަބަބުން ޝަކީލް ނޫރާނީ އަށް ފަސް ކުރޯޑް ރުޕީޒްގެ ބޮޑު ގެއްލުމެއް ލިބުނު ކަމަށް އޭނާ ބުނެ އެވެ.

ސަންޖޭއާ ދެކޮޅަށް ނޫރާނީ ޝަކީލް ހުށަހަޅާފައިވާ ދައުވާގައި ވަނީ އޭނާ އުފައްދަމުން އައި ފިލްމު "ޖާންކީ ބާޒީ" ކުޅެން ސަންޖޭ އެއްބަސްވުމުން 40 ލައްކަ ރުޕީޒް ދީފައިކަމަށާއި އަދި ފިލްމުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ނުދިއުމުން އެ ފައިސާ އަނބުރާ ދޭން ބުނުމުން އިންޒާރުގެ މެސެޖުތަކާއި ކޯލްތައް ލިބިފައިވާ ކަމަށެވެ.

ކޯޓުން އަމުރު ބާތިލްކޮށްފައި ވަނީ ފަނޑިޔާރުގެ ކުރިމައްޗަށް ސަންޖޭ ހާޒިރުވެ އެގޮތަށް އެދުމުންނެވެ. ސަންޖޭ ވަނީ މަސައްކަތުގައި ވަރަށް ބުރަކޮށް އުޅޭތީ، މުޅި މައްސަލަ ވެސް އޭނާގެ ޣައިރު ހާޒިރުގައި ނިންމައިދިނުމަށް އެދިފައި ކަމަށް ޚަބަރުތައް ބުނެއެވެ. އަދި ކޯޓުން ވަނީ ސަންޖޭ އެދުނު ގޮތަށް އެކަން ނުވާނެ ކަމަށާއި އޭނާ ކޯޓަށް ހާޒިރުވާން ޖެހޭނެ ކަމަށް ބުނެފައެވެ. އަދި އެއް އަޑުއެހުމަކަށް ހާޒިރު ނުވިކަމުގައި ވިއަސް ހައްޔަރުކުރުމުގެ އަމުރު ނެރޭނެ ކަމަށް ބުނެ އިންޒާރު ދީފައި ވެއެވެ.

މި މައްސަލަ މަޑުޖައްސާލުމަށް ފަހު އަލުން ހޫނުވެފައި ވަނީ ޚަބަރުތައް ބުނާ ގޮތުން ޝަކީލް ނޫރާނީއަށް އެމައްސަލަ ކޯޓުން ނެގުމަށާއި މައްސަލަ ނުނަގައިފި ނަމަ އޭނާ މަރާލާނެ ކަމަށް ބުނެ ބަޔަކު އިންޒާރުދީފައި ވާތީއެވެ.

ސަންޖޭ ވަނީ މީގެ ކުރިން ވެސް މައްސަލައަކާ ގުޅިގެން ޖަލަށްލާފައެވެ. މަނާ ހަތިޔާރު ގެންގުޅުމާއި 1993 ވަނަ އަހަރު މުމްބާއީ އަށް ދިން ބޮން ގޮއްވުމުގެ ހާދިސާގެ ސަންޖޭގެ މައްޗަށް ސާބިތުވެ އޭނާ ތަންފީޒު ކުރަމުން ގެންދިޔަ ޖަލު ހުކުމުން އޭނާ ސަލާމަތްވީ މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ.

ސަންޖޭ އެފަހަރު ޖަލަށްލާފައި ވަނީ 2013 ވަނަ އަަހަރުގައެވެ. ޖަލުން އޭނާއެފަހަރު މިނިވަންވެފައިވަނީ 42 ހަފުތާގެ މުއްދަތަކަށް ފަހު އެވެ. ޖަލު ހުކުމް ތަންފީޒު ކުރަމުން ދިޔަ އިރު ވެސް ދޭތެރެ ދޭތެރެ އިން އެކިއެކި ބޭނުންތަކުގައި ސަންޖޭ ޖަލުން ގެއަށް ބަދަލުކޮށްފައިވެ އެވެ. އެކަމާ ގުޅިގެން އާންމުންގެ ފާޑު ކިއުންތައް އޭނާއަށް އަމާޒުވެފައިވެ އެވެ. ސަންޖޭ ޖަލުގައި އޮއްވައި އޭނާގެ ތިން ފިލްމެއް ރިލީޒްވި އެވެ. އެއީ "ޕީކޭ" އާއި "ޕޮލިސްގިރީ" ގެ އިތުރުން "އުނގްލީ" އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ

ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ

09 ފެބުރުއަރީ 2017
ސަންޖޭގެ ހަޔާތާ ގުޅޭ ފިލްމެއް ކުޅެން ރަންބީރު 13 ކިލޯ ބަރުވެއްޖެ

ސަންޖޭގެ ހަޔާތާ ގުޅޭ ފިލްމެއް ކުޅެން ރަންބީރު 13 ކިލޯ ބަރުވެއްޖެ

07 ފެބުރުއަރީ 2017
"ޑަންގަލް" ގެ ކާމިޔާބީ ފާހަގަ ކޮށްފި

"ޑަންގަލް" ގެ ކާމިޔާބީ ފާހަގަ ކޮށްފި

05 ފެބުރުއަރީ 2017
ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި

ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި

30 ޖެނުއަރީ 2017
ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި

ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު