Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މައުލޫމާތު ހޯދައި ލިބިގަތުމުގެ ދުވަސް

މަޢުލޫމާތު ނުދީ ހިފެހެއްޓުމަކީ އިދާރާތަކުގެ މުވައްޒަފުންގެ އަމިއްލަ އިޚްތިޔާރުގައި އޮތް ކަމެއް ނޫން، އެއީ ރައްޔިތުންގެ ހައްގެއް: ރައީސް

މަޢުލޫމާތު ހޯދުމަށް އެދި ހުށަހެޅުމުގެ ކުރިން، ޢާންމުކޮށް ރައްޔިތުންނަށް އެނގެންޖެހޭ މަޢުލޫމާތުތައް ހާމަ ކުރުމަކީ، ކޮންމެ އިދާރާއަކުން އިސްކަންދޭ ކަމަކަށް ހަދަންޖެހޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2020 | ހޯމަ 05:30
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކެބިނެޓު ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކެބިނެޓު ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

‏ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މަޢުލޫމާތު، ޢާންމު ރައްޔިތުންނަށް ނުދީ ހިފެހެއްޓުމަކީ، އެއިދާރާތަކުގެ މުވައްޒަފުންގެ އަމިއްލަ އިޚްތިޔާރުގައި އޮތް ކަމެއް ނޫންކަމަށާއި އެމަޢުލޫމާތުތައް ލިބިގަތުމަކީ ރައްޔިތުންގެ ޙައްޤެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ދުވަހުގެ މުނާސަބާއި ގުޅިގެން ނެރުނު ސަޕްލެމަންޓަށް ރައީސް ސޯލިހު ދެއްވި ހިތާބުގައި، ވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަލިއަޅުވައި މުއައްސަސާތަކުން، ހާމަކަން ބޮޑު ކުރަންޖެހޭކަން އަޅިއަޅުވާފައެވެ. އެގޮތުން، ކޮންމެ މީހަކަށް ވެސް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިގެންވާ ކަމަށް، 27 ވަނަ މާއްދާގައި ބުނެފައިވާއިރު، ޚިޔާލު ފާޅުކުރުމަށް ހުރަސް ނާޅައި، އެކަމަށް މަގު ފަހިކޮށްދިނުމަކީ، ދައުލަތުގެ އެންމެހައި މުވައްޒަފުންނާއި އިދާރާތަކުގެ ޒިންމާއެއްކަމަށް ހިތާބުގައިވެއެވެ.

އަދި، ޚަބަރާއި މަޢުލޫމާތާއި، ފެންނަ ގޮތްތަކާއި ޚިޔާލުތައް ޢާންމުކޮށް ޝާއިޢުކުރުމާއި ފެތުރުމުގެ މިނިވަންކަން ލިބިގެންވާ ކަމަށް، 28 ވަނަ މާއްދާގައި ބުނެފައިވާއިރު، އެ ޙައްޤު ކަށަވަރުވެގެންދާނީ، މިނިވަން ނޫސްވެރިކަމަށް މަގުފަހިކޮށްދީގެންކަމަށާއޮ މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ދިނުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށް، 29 ވަނަ މާއްދާގައި ބުނެފައިވާއިރު، މަޢުލޫމާތު ހޯދުމަށް އެދި ހުށަހެޅުމުގެ ކުރިން، ޢާންމުކޮށް ރައްޔިތުންނަށް އެނގެންޖެހޭ މަޢުލޫމާތުތައް ހާމަ ކުރުމަކީ، ކޮންމެ އިދާރާއަކުން އިސްކަންދޭ ކަމަކަށް ހަދަންޖެހޭކަމަށް ހިތާބުގައިވެއެވެ.

އެކަންކަމަކީ، ދައުލަތުގެ އިދާރާތަކުން ކޮރަޕްޝަނާއި ޚިޔާނަތާއި މަކާރާއި ހީލަތުގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި، ވަރަށް ބޭނުންތެރި ކަަންކަން ކަމަށާއި މަޢުލޫމާތު ހާމަކުރުމަށް ފަސްޖެހޭ ވަރަކަށް، އެ ބައެއްގެ ތެރޭގައި ފަސާދައިގެ ޢަމަލުތަކަށް ޖާގަ ދެވޭކަން ހިތާބުގައި ފާހަގަކުރައްވާފައިވެއެވެ. އަދި، މަޢުލޫމާތު ހާމަކުރުމަށް އިސްކަން ދޭ ވަރަކުން، އެބައެއްގެ ނަޒާހަތްތެރިކަން އިތުރުވެގެންދާކަމަށާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަކީ، އަސާސީ ޙައްޤުތަކެއް ކަމަށް، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވަނީ، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ، އަދި އެ ބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިން ކަމަށް، ޤާނޫނު އަސާސީގައި ކަނޑައަޅައި، ރައްޔިތުންނަށް ދީފައިވާ ދުސްތޫރީ ބާރު ދަމަހައްޓައި ނެގެހެއްޓޭނީ، އެ ޙައްޤުތައް ރައްޔިތުންނަށް ލިބިގެން ކަމަށްވާތީކަމަށްވެއެވެ.

‏ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މަޢުލޫމާތު، ޢާންމު ރައްޔިތުންނަށް ނުދީ ހިފެހެއްޓުމަކީ، އެ އިދާރާތަކުގެ މުވައްޒަފުންގެ އަމިއްލަ އިޚްތިޔާރުގައި އޮތް ކަމެއް ނޫންކަމަށާއި އެމަޢުލޫމާތުތައް ލިބިގަތުމަކީ ރައްޔިތުންގެ ޙައްޤެއްކަމަށްވެސް ރައީސްގެ ހިތާބުގައި ފާހަގަކުރައްވާފައިވެއެވެ. އަދި އެ ޙައްޤަށް ޙުރުމަތްތެރިކޮށް ހިތުމަކީ ދައުލަތުގެ ކޮންމެ މުވައްޒަފެއްގެ ޒިންމާއެކަން ފާހަގަކޮށް ހިތާބުގައި އިތުރަށް ވިދާޅުވީ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނަމުގައި، މިނިވަން މުއައްސަސާއެއް ޤާއިމުކުރުމުގެ މަޤްޞަދަކީ ވެސް، އެ ޙައްޤު ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިބޭކަން ކަށަވަރުކުރުން ކަމަށެވެ. އަދި އެޙައްޤު ހޯދައިދިނުމަށް އެ އޮފީހުން ކުރަމުންދާ މަސައްކަތުގައި ދައުލަތުގެ ހުރިހާ އިދާރާތަކުން ފުރިހަމައަށް އެއްބާރުލުން ދޭންޖެހޭކަން ރައީސްގެ ހިތާބުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ ހިތާބުގައި ވަނީ، ސަރުކާރުގެ ސިޔާސަތަކީ ވެސް، ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުންކަން ފާހަގަކުރައްވައި އުންމީދަކީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތައް، އޭގެ ފުރިހަމަ މާނައިގައި ރައްޔިތުންނަށް ލިބިދިނުމަށް، ސަރުކާރުން ކުރާ މަސައްކަތް، މާތް ﷲގެ ވާގިފުޅާއެކު، ކާމިޔާބުވެގެން ދިޔުންކަން ފާހަގަކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުގެ އިދާރާތަކުގެ ޖަވާބުތަކުން އެކަން ކުރި މީހުން ހިމާޔަތްކުރަން އުޅޭކަން އެނގޭ: ޔާމީން ބައްޕަ

ސަރުކާރުގެ އިދާރާތަކުގެ ޖަވާބުތަކުން އެކަން ކުރި މީހުން ހިމާޔަތްކުރަން އުޅޭކަން އެނގޭ: ޔާމީން ބައްޕަ

14 ޖޫން 2017
ރާއްޖެއިން ފުރަން ހުއްދަ ނުދީ، ފާރިސް އަނެއްކާވެސް ފުލުހަށް ހާޒިރުކުރަނީ

ރާއްޖެއިން ފުރަން ހުއްދަ ނުދީ، ފާރިސް އަނެއްކާވެސް ފުލުހަށް ހާޒިރުކުރަނީ

31 މެއި 2017
ކައުންސިލް އިންތިހާބު ނިމިއްޖެ، ބައެއް ކައުންސިލް އިދާރާތަކުގެ ކަރަންޓް ވެސް ކަނޑާލަނީ

ކައުންސިލް އިންތިހާބު ނިމިއްޖެ، ބައެއް ކައުންސިލް އިދާރާތަކުގެ ކަރަންޓް ވެސް ކަނޑާލަނީ

16 މެއި 2017
ގުޅިފައިވާ ޕާޓީަތކުން ބޭއްވި ކަންމަތީ ބައްދަލުވުން އިންޒާރެއް ނުދީ ރޫޅާލައިފި

ގުޅިފައިވާ ޕާޓީަތކުން ބޭއްވި ކަންމަތީ ބައްދަލުވުން އިންޒާރެއް ނުދީ ރޫޅާލައިފި

19 އެޕްރީލު 2017
ފުލުހުން އަމަލުކުރީ އެއްވެސް އިންޒާރެއް ނުދީ: ޔުމްނާ

ފުލުހުން އަމަލުކުރީ އެއްވެސް އިންޒާރެއް ނުދީ: ޔުމްނާ

07 އެޕްރީލު 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު