Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޮޑުފިނޮޅުގެ މައްސަލަ

ބޮޑުފިނޮޅުގެ މައްސަލަ ބަލަން މާދަމާއަށް ތާވަލު ކޮށްފި

ބިދޭސީންގެ މުސާރަ، އެކީ އެއްފަހަރާ ދިނުމުގެ އަމުރަކަށް އެދިފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2020 | އާދީއްތަ 14:04
ބ. ބޮޑުފިނޮޅު ހަމަނުޖެހުމުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް އެދުވަހު ގެނެވުނު ބައެއް ބިދޭސީންތައް ބަނދަރު މައްޗަށް ގެނެސްފައި - ރާއްޖެއެމްވީ

ބ. ބޮޑުފިނޮޅު ހަމަނުޖެހުމުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް އެދުވަހު ގެނެވުނު ބައެއް ބިދޭސީންތައް ބަނދަރު މައްޗަށް ގެނެސްފައި - ރާއްޖެއެމްވީ

ބ. އަތޮޅުގައި އޮންނަ ބޮޑުފިނޮޅުގެ މައްސަލަ ބަލަން މާދަމާއަށް ތާވަލު ކޮށްފިއެވެ.

ބޮޑުފިނޮޅުގައި ބިދޭސީން ލައްވައި މަސައްކަތް ކުރުވުމަށް ފަހު، އެތައް މަހެއް ވަންދެން މުސާރަ ނުދީ ގެންގުޅުނު މައްސަލައިގައި ހައްގުތައް ކަށަވަރު ކޮށްދިނުމުގެ ވަގުތީ އަމުރަކަށް އެދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ މާދަމާ ބެލުމަށް ވަނީ ތާވަލްކޮށްފައެވެ.

Advertisement - newsAdvertisement

ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ޖުލައި 15 ގައި ހުށަހެޅި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި ތާވަލް ކުރީ ދެ މަސް ފަހުންނެވެ.

ޕީއައިއެލްސީން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި ވަނީ ބޮޑުފިނޮޅުގައި މަސައްކަތް ކުރި 200 ބިދޭސީންގެ މުސާރަ، އެކީ އެއްފަހަރާ ދިނުމުގެ އަމުރެއް ނެރެދިނުމަށް އެދިއެވެ.

ބިދޭސީންނަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައި ދިނުމަށާއި ގައުމަށް އެނބުރި ދާން އެދޭ މީހުންނަށް އެ އިންތިޒާމުތައް ރިޒް ޕްރައިވެޓް ލިމިޓެޑްގެ ހަމަޖައްސައިދިނުމުގެ އަމުރެއް ނެރެދިނުމަށް ވެސް ޕީއައިއެލްސީން އިން ވަނީ އެދިފައިވެއެވެ.

އަދި މިމައްސަލައިގައި ބިދޭސީންނާ މެދު ވަކި ގޮތެއް ހަމަޖެހެންދެން ކެއުމާއި ހުރުމާއި ބޭސްފަރުވާގެ އިންތިޒާމް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުވާން ޖެހޭ ކަމަށް ކަނޑައަޅައިދޭން ވެސް އެ މައްސަލައިގައި އެދިފައިވެ އެވެ.

މިކަމާ ބެހޭގޮތުން ފުލުހުން ވިދާޅުވީ ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ފީ އާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ރިޒް ޕްރައިވެޓް ލިމިޓެޑްގެ ތުހުމަތުކުރެވޭ ކަމަށެވެ.

އަދި ރިސޯޓް ތަރައްގީ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާ ރިޒް ކުންފުނިން ހަވާލުވުމަށް ފަހު މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް ރިޒް ޕްރައިވެޓް ލިމިޓެޑްގެ މި ހުރިހާ ދައުވާ އަކަށް ވަނީ އިންކާރު ކޮށްފައެވެ.

ބޮޑުފިނޮޅުގައި ރިޒް ޕްރައިވެޓް ލިމިޓެޑް އިން މަސައްކަތް ކުރުވި 179 ބިދޭސީންނަށް މުސާރަދޭން ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އިން އެންގި އެންގުން ބާތިލްކުރުމަށް އެދި އެ ކުންފުނިން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފައެވެ.

ބިދޭސީންގެ ހައްގު ތަކާބެހޭ މިމައްސަލަ އަވަހަށް ނިންމަން ޖެހޭ މި މައްސަލަ އެއްގޮތުގައި ތާވަލު މި ކުރީ، ޓްރައިބިއުނަލްގައި މައްސަލަ ތާށިވެފައި އޮތުމުގެ ކަންބޮޑުވުން ޕީއައިއެލްސީން ފާޅުކުރުމުންނެވެ.

ބޮޑުފިނޮޅުގެ މައްސަލަ ފެންމަތިގެެން އައީ މުސާރަ ނުދިނުމާއި އަސާސީ އެހެން ހައްގުތަކުން މަހުރޫމްކޮށް، ބިދޭސީން އެ ރަށުގައި ގެންގުޅެމުންދާތީ ހިތްހަމަނުޖެހުން ފާޅުކޮށް މުޒާހަރާ ކުރެވުނު ހިސާބުންނެވެ.

އެގޮތުން ޖުލައި މަހުގެ 2 ވަނަ ދުވަހު އެރަށުގައި ހަމަނުޖެހުން ހިންގާ، ބަޔަކު ރަހީނުކޮށް، ފުލުހުންނާ ކުރިމަތިލައި، ފުލުހުންނާ މެދު ލަކުޑިއާއި، ދަގަނޑާއި، ގައު ބޭނުންކޮށްގެން މާރާމާރީ ހިންގައި، ފުލުހުންގެ އުޅަނދަށް ގެއްލުންދީ، އަދި ބޮޑުފިނޮޅުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއްވެސް ވަނީ ދީފައެވެ.

މި މައްސަލައިގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރެވޭ 19 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު