Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ފަހު ވަގުތު ފެނާންޑޭސް ކާމިޔާބުކުރި ޕެނަލްޓީން ޔުނައިޓެޑަށް މޮޅެއް

ބްރައިޓަން އަތުން ޔުނައިޓެޑް މޮޅުވީ 3-2 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 26 ސެޕްޓެމްބަރު 2020 | ހޮނިހިރު 13:42
ބްރައިޓަނާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 3-2 ން

ބްރައިޓަނާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 3-2 ން

ފަހު ވަގުތު ބްރޫނޯ ފެނާންޑޭސް ކާމިޔާބުކުރި ޕެނަލްޓީން ބްރައިޓަން އަތުން މެންޗެސްޓާ ޔުނައިޓެޑް ހަނި މޮޅެއް ހޯދައިފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުން ބްރައިޓަން އަތުން ޔުނައިޓެޑް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

ބްރައިޓަނުގެ ދަނޑުގައި ކުޅުނު މި މެޗުގެ ކުރީކޮޅު އެ ޓީމުން މޮޅު ކުޅުމެއް ދެއްކިއިރު، ބްރައިޓަންގެ ލެއަންޑްރޯ ޓްރޮސާޑް ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ. އެކަމަކު އޭރިއާ ބޭރުން އޭނާ ފޮނުވާލި ދެ ހަމަލާވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބްރައިޓަނުންނެވެ. މެޗުގެ 40 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބްރައިޓަނަށް ލީޑު ނަގައިދިނީ ނީލް މޯޕޭއެވެ. މިއީ އޭރިއާ ތެރެއިން ބްރައިޓަނުގެ ތާރިގް ލަމްޓީއަށް ޔުނައިޓެޑުގެ ފެނާންޑޭސް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އެކަމަކު ބްރައިޓަނަށް ލީޑު ހިފަހައްޓާލެވުނީ ތިން މިނެޓަށެވެ. މެޗުގެ 43 ވަނަ މިނެޓުގައި ޔުނައިޓެޑުން ނަތީޖާ އެއްވަރުކުރިއިރު، މި ލަނޑަކީ ބްރައިޓަނުގެ ކެޕްޓަން ލެވިސް ޑަންކް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ބްރައިޓަނުގެ އާރޮން ކޮނޮލީއަށް އޭރިއާ ތެރެއިން ޔުނައިޓެޑްގެ ޕައުލް ޕޮގްބާ ފައުލް ކުރި ކަމަށް ނިންމާ ރެފުރީ ވަނީ ބްރައިޓަނަށް ޕެނަލްޓީއެއް ދީފައެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ ވަނީ އެ ޕެނަލްޓީ ނުދޭން ނިންމާފައެވެ.

އަދި މެޗުގެ 52 ވަނަ މިނެޓުގައި ޔުނައިޓެޑުގެ މާކަސް ރަޝްފޯޑް ލަނޑެއް ކާމިޔާބުކުރި ނަމަވެސް، ރަޝްފޯޑް އޮފްސައިޑުގައި ހުރުމުން ވީއޭއާރުން ވަނީ އެ ލަނޑު ބާތިލުކޮށްފައެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ރަޝްފޯޑް ވަނީ ޔުނައިޓެޑަށް މެޗުގައި ލީޑު ނަގާފައެވެ.

އޭގެ ފަހުން މެޗުގެ 60 ވަނަ މިނެޓުގައި ބްރައިޓަނުގެ ސޮލީ މާޗަށް ވަނީ ނަތީޖާ އެއްވަރުކުރަން މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިއާ ތެރެއިން ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި މެޗުގެ 76 ވަނަ މިނެޓުގައި ޓްރޮސާޑް ފޮނުވާލި އިތުރު ހަމަލާއެއްވެސް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.

މެޗުގައި މޮޅު ކުޅުމެއް ދެއްކި ބްރައިޓަނުން ނަތީޖާ އެއްވަރުކުރީ އިތުރު ވަގުތުގެ ފަހު މިނެޓުގައެވެ. އަލީރިޒާ ޖަހަންބަޚްޝް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު ބްރައިޓަނަށް ކާމިޔާބުކޮށްދިނީ މާޗެވެ. އެކަމަކު އޭގެ ސިކުންތުކޮޅެއް ފަހުން އޭރިއާ ތެރެއިން ބްރައިޓަނުގެ މޯޕޭ އަތުގައި ބޯޅަ ޖެހުނުއިރު، ރެފުރީ ވަނީ މެޗު ނިންމަން ކަށިގަނޑު ފުމެފައެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފުރީ ވަނީ ޔުނައިޓެޑަށް ޕެނަލްޓީއެއް ދީފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް މި މެޗުން ޔުނައިޓެޑަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިނީ ފެނާންޑޭސްއެވެ.

މި މޮޅާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ 13 ވަނައިގައި ދެ މެޗުން ތިން ޕޮއިންޓާއެކުއެވެ. ޔުނައިޓެޑް އަތުން ބަލިވި ބްރައިޓަން އޮތީ ތާވަލުގެ 10 ވަނައިގައި ތިން މެޗުން ތިން ޕޮއިންޓާއެކުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު