Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާންމު ހާލަތަކަށް ދިއުން

ލުއި ދޭން އަދި އަވަސް، އާންމު ހާލަތަށް ރުޖޫއަ ވެވޭނީ ވެކްސިނެއް ލިބިގެން!

25 ސެޕްޓެމްބަރު 2020 | ހުކުރު 04:19

މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން އަދި އަވަސް، އިތުރު ދެ ހަފުތާ ބަލަންޖެހޭ: ޑރ. ޝީނާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 ސެޕްޓެމްބަރު 2020 | ހުކުރު 04:19
ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ

ކޮވިޑް ރޯގާ ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން އަދި މާ އަވަސް ކަމަށް ހެލްތް ޕޮރެޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ޝީނާ ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކާ އެކު، ބަލި ފެތުރޭ މިންވަރު "ގްރީޏް ޒޯން" ގައި ބަހައްޓަން މުހިއްމު ކަމަށެވެ. އަދި ބަލީގެ އިންކިއުބޭޝަން ޕީރިއަޑް (14 ދުވަސް) ގްރީން ޒޯނުގައި ބަހައްޓައިގެން މެނޭޖްކުރެވިއްޖެނަމަ، ބަލި ފެތުރޭ މިންވަރު ދަށްވެގެން ދާނެ ކަމަށްވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސަތޭކައިން މަތިން ޕޮޒިޓިވް ކޭސްތައް ރިޕޯޓްކުރާތާ މަސް ދުވަހަށް ފަހު، އެ އަދަދު ސަތޭކައިން ދަށަށް ގޮސްފައިވަނީ ނިމިދިޔަ ހަފުތާގެ ތެރޭގައެވެ. އަދި މިހާރު އެވަރެޖްކޮށް ފެންނަ ކޭސްތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެޗްޕީއޭއިން ކުރިން ބުނެފައިވަނީ، އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދެވޭނީ ބަލީގެ އާރްއޯ (ފެތުރޭ މިންވަރު) އެކަކަށް ވުރެ ދަށްކުރެވިގެން ކަމަށެވެ.

ޑރ. ޝީނާ އިތުރަށް ވިދާޅުވީ ކުރީގެ އާންމު ހާލަތަށް ރުޖޫއަވެވޭނީ ވެކްސިނެއް ލިބިގެން ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައި ވެސް ކުރީގެ އާންމު ހާލަތަށް ދެވޭނީ، ވެކްސިނެއް ލިބިގެން ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ. އެންމެފަހުގެ ލަފާކުރުންތަކަށް ބަލާއިރު، ވެކްސިނެއް އެންމެ އަވަހަށް ވެސް ލިބޭނީ މި އަހަރުގެ ނޮވެމްބަރު މަހުގައެވެ.

މި ނުރައްކާތެރި ރޯގާއަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ވަރަށް ބަލާއިރު، ހިއުމަން ޓްރަޔަލް މަރުހަލާގައި ނުވަ ވެކްސިނެއް އަންނަނީ ޓެސްޓް ކުރަމުންނެވެ. މިހާތަނަށް އެއްވެސް ވެކްސިނެއް ބޭނުންކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ހުއްދަދީފައި ނުވީނަމަވެސް، ބައެއް ގައުމުތަކުން އަންނަނީ އެކްސްޕެރިމެންޓަލް ވެކްސިންތައް ބޭނުންކުރަން ފަށާފައެވެ.

އިންސާނުންގެ ގަޔަށް ޖަހައިގެން ކުރާ ޓެސްޓް (ހިއުމަން ޓްރަޔަލް) މަރުހަލާ ކާމިޔާބު ވެއްޖެނަމަ، ވީހާވެސް އަވަހަކަށް ވެކްސިން ޑޯޒްތައް އުފެއްދުމުގެ މަސައްކަތް ފަށާ، ވެކްސިން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ފާމަސޫޓީކަލް ކުންފުނިތަކުން ވަނީ ދީފައެވެ. އެގޮތުން، ފުޅާ ދާއިރާއެއްގައި ވެކްސިން އުފައްދަން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައިވާ ކަމަށް އެ ކުންފުނިތަކުން ވަނީ ހާމަކޮށްފައެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް