Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީގެ ރައީސްގެ މައްޗަށް ކުރާ ދައުވާ

ޕީއެސްޖީގެ ރައީސްގެ މައްޗަށް ޖަލު ހުކުމެއް އިއްވަން އެދެފި

24 ސެޕްޓެމްބަރު 2020 | ބުރާސްފަތި 16:43

ނާސިރު ޓީވީ ރައިޓްސް ނެގުމުގައި ފީފާގެ ވަލްކޭއަށް ރިޝްވަތު ދީފައިވާ ކަމަށް ވަނީ ތުހުމަތު ކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް | 24 ސެޕްޓެމްބަރު 2020 | ބުރާސްފަތި 16:43
ޕީއެސްޖީގެ ރައީސް ނާސިރު އެލް-ޚެއްލާފީ

ޕީއެސްޖީގެ ރައީސް ނާސިރު އެލް-ޚެއްލާފީ

ޕީއެސްޖީގެ ރައީސް ގަތަރުގެ ވިޔަފާރިވެރިޔާ ނާސިރު އެލް-ޚެއްލާފީގެ މައްޗަށް ސްވިޒަލެންޑުގެ ޕްރޮސެކިއުޓަރުން އުފުލާފައިވާ ކޮރަޕްޝަނުގެ ދައުވާގައި އޭނާގެ މައްޗަށް ޖަލު ހުކުމެއް އިއްވަން ކޯޓުގައި ޕްރޮސެކިއުޓަރުން އެދިއްޖެއެވެ.

ސްވިޒަލެންޑުގެ ޕްރޮސެކިއުޓަރުން ނާސިރުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ޓީވީ ރައިޓްސް ނެގުމުގައި ފީފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޖެރޯމް ވަލްކޭއަށް ރިޝްވަތު ދީފައިވާ ކަމަށް ބުނެ އުފުލާފައިވާ ދައުވާއެކެވެ.

ވަލްކޭ މިވަގުތުވެސް ހުރީ ކޮރަޕްޝަނުގެ ބޮޑު މައްސަލައެއް ސާބިތުވެ ސަސްޕެންޝަނެއްގައެވެ. ސްވިޒަލެންޑުގެ ޕްރޮސެކިއުޓަރުން ވިދާޅުވީ، ވަލްކޭ އާއި ޕީއެސްޖީގެ ރައީސް ނާސިރު އަދި އެހެނިހެން ވިޔަފާރިވެރިންތަކެއް ގުޅިގެން ފީފާ ވޯލްޑް ކަޕްގެ ޓީވީ ރައިޓްސް ނަހަމު ގޮތުގައި ބޭނުން ކޮށްފައިވާ ކަމަށެވެ.

ސްވިސް ފެޑެރަލް ކޯޓު އޮފް ބެލިންޒޯނާއިން ޕީއެސްޖީގެ ރައީސްއަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ގަތަރުގެ ބެއިން ސްޕޯޓްސްއަށް ވޯލްޑް ކަޕްގެ ޓީވީ ރައިޓްސް ހޯދުމުގައި ވަލްކޭއަށް ރިޝްވަތު ދިނުމުގެ ދައުވާ އާއި، ޕީއެސްޖީ ރައީސްގެ ގޮތުގައި ހުރެ ޔުއެފާ އެގްޒެކުޓިވް ބޯޑް މެންބަރެއްގެ ހައިސިއްޔަތު ބެނުންކޮށް ބާރާއި ނުފޫޒު ބޭނުންކޮށް މަންފާއެއް ހޯދުމުގެ ދައުވާއެވެ.

ސްވިޒަލެންޑުގެ ޕްރޮސެކިއުޓަރުން ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލަ ތިން އަހަރު ވަންދެން ތަހުގީގުކޮށްފައިވާ ކަމަށާއި، އެގޮތުން މި މައްސަލައިގައި ޕީއެސްޖީގެ ރައީސް ނާސިރާ ދެކޮޅަށް ގިނަ ހެކިތަކެއް ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ފުރަތަމަ ކުރިއަށްދިޔަ އަޑު އެހުމުގައި ޕްރޮސެކިއުޓަރުން ވަނީ ނާސިރުގެ މައްޗަށް 28 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށް އެދެފައެވެ. ސަބަބެއް ގޮތުގައި ޕްރޮސެކިއުޓަރުން ފާހަގަ ކޮށްފައިވަނީ ނާސިރު މިވަގުތުވެސް ބާރާއި ނުފޫޒުން ފުޓްބޯޅައިގެ ތެރޭގައި ހަރަކާތްތެރިވަމުން އަންނާތީއެވެ. އަދި މި މައްސަލައިގައި ހެކި ނައްތާލުމަށް ނަސީރު މަސައްކަތް ކޮށްފާނެ ކަމަށްވެސް ވަނީ ތުހުމަތު ކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު
09 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
02 ފެބުރުއަރީ 2017

ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް

02 ފެބުރުއަރީ 2017
ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް
31 ޖެނުއަރީ 2017

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް