Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުބޯޓިން އެސޯސިއޭޝަން

ސަފާރީ ބޯޓްތަކުގެ ދަތުރުތައް ދަނީ މަޑުމަޑުން ފުޅާވަމުން: ބޯޓިން އެސޯސިއޭޝަން

20 ސެޕްޓެމްބަރު 2020 | އާދީއްތަ 11:42

މިހާތަނަށް 101 ސަފާރީ ބޯޓް ހުއްދަ ނަގާފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 20 ސެޕްޓެމްބަރު 2020 | އާދީއްތަ 11:42
ސަފާރީ ބޯޓްތަކުގެ ދަތުރުތައް ދަނީ މަޑުމަޑުން ފުޅާވަޅުން

ސަފާރީ ބޯޓްތަކުގެ ދަތުރުތައް ދަނީ މަޑުމަޑުން ފުޅާވަޅުން

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑްގެ ބަލިމަޑުކަމާއި އެކު ހުއްޓިފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި، ސަފާރީ ބޯޓްތަކުގެ ދަތުރުތައް ދަނީ މަޑުމަޑުން ފުޅާވަމުން ކަމަށް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބް ރައީސް އިސްމާއިލް ހަމީދު (އިއްސެ) ވިދާޅުވީ ސަފާރީ ބޯޓްތަކުގެ ދަތުރުތައް ދަނީ މަޑުމަޑުން ފުޅާވަމުން ކަމަށާއި އަންނަ މަހުގެ 15ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު މިކަމަށް ވާންޖެހޭ ތައްޔާރީ ވުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން މިހާތަނަށް 101 ސަފާރީ ބޯޓް ހުއްދަ ނަގާފައިވާއިރު، ކޮވިޑާއި ގުޅިގެން މިދުވަސްވަރު އެންމެ މުހިއްމު ކަމެއްދީގެން މަޝްވަރާ ކުރަމުން ދަނީ ސަފާރީ ބޯޓްތައް ދަތުރު ކުރާ ސަރަހައްދުތަކުން ޕީސީއާރު ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށެވެ.

އެގޮތުން މިހާތަނަށް އައި އިރު އައްޑޫ ސިޓީ، ރަސްދޫ ކައުންސިލް، ތޮއްޑޫ ކައުންސިލް އަދި ދަނގެއްޗާއި ދިގުރަށު ކައުންސިލްގެ މެމްބަރުންނާއި ބައްދަލުކޮށް ވަނީ މަޝްވަރާ ކޮށްފައެވެ.

ކުރެވުނު މަޝްވަރާތަކުގެ އަލީގައި އެސަރަހައްދުގެ ކައުންސިލްތަކާއި ހެލްތް ސެންޓަރުތައް ގުޅިގެން ސަފާރީތަކުން ދަތުރު ކުރާ ޓޫރިސްޓުން ރަށަށް ނާރުވާ ޕީސީއާރް ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށާއި އަދި ޓޫރިސްޓުން ރަށު ތެރޭގައި ހަރަކާތްތެރިވެ އުޅޭނެ ވަކި މިންގަނޑުތަކެއް ވެސް ވަނީ އެކުލަވާލާފައެވެ.

ރާއްޖެއެމްވީއާއި ވާހަކަދައްކަމުން ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވީ ތޮއްޑޫ ކައުންސިލާއި އެކު ބޯޓިން އެސޯސިއޭޝަން އިން ބޭއްވި ބައްދަލުވުމަކީ ވަރަށް މުހިއްމު ބައްދަލުވުމެއް ކަމަށާއި އިގްތިޞާދީ ގޮތުން ގައުމު ހީނަރުވެފައިވާ މިދަނޑިވަޅުގައި ފަތުރުވެރިކަން މަޑުމަޑުން ފުޅާ ކުރުމަށް ކުރެވެން ހުރި ކަންކަމާއި ގުޅިގެން މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.

އެގޮތުން އއ. އަތޮޅަކީ ފަތުރުވެރިކަން ފުޅާވަމުން އަންނަ ސަރަހައްދަކަށްވެފައި ސަފާރީތަކަށް ލިބޭ ބުކިން ވެސް އިތުރު ވަމުންދިއުމާއި ގުޅިގެން މި ސަރަހައްދުގައި ޕީސީއާރް ޓެސްޓް ހެދޭނެ ގޮތްތަކެއް ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ކޮންމެ ރަށެއްގައި ފުލޫ ކްލިނިކެއް ވަކިން ހެދުމަށް ނިންމާފައިވާއިރު، ފަތުރުވެރިން މޫދަށް ގެންދިއުމުގައި ސަމާލުވާންޖެހޭ ވަކި ކަންތައްތަކެއް ހުންނާނެ ކަމަށާއި އަދި ރެސްޓޯރަންޓް ތަކުގައި ވެސް ފަތުރުވެރިންނަށް ހާއްސަ މޭޒުތަކެއް ކަނޑައަޅާފައިވާ ކަމަށް މެމްބަރު ޝިޔާން ވިދާޅުވިއެވެ.

އަދި އިގްތިސާދު އެއްކޮށް ހުއްޓިފައި އޮތް މިދަނޑިވަޅުގައި އަލުން އަނބުރާ ގެސްޓްހައުސްތައް ހުޅުވައިގެން ޙިދުމަތް ދިނުމަށް ގެސްޓްހައުސް ހިންގާ ފަރާތްތަކުން ބޭނުންވާއިރު، ތޮއްޑޫގައި އެކަނިވެސް ފަތުރުވެރި ކަމަށް ހާއްސަ 650 އެނދު އެބަހުއްޓެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

20 މާރިޗު 2017

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި
13 މާރިޗު 2017

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
05 މާރިޗު 2017

ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ

05 މާރިޗު 2017
ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ
24 ފެބުރުއަރީ 2017

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
10 ފެބުރުއަރީ 2017

ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
27 ޖެނުއަރީ 2017

އާމްދަނީ މިލިއަނަކަށް ނާރާނަމަ ބީޕީޓީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް މީރާއިން ހަމަޖައްސައިފި

27 ޖެނުއަރީ 2017
އާމްދަނީ މިލިއަނަކަށް ނާރާނަމަ ބީޕީޓީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް މީރާއިން ހަމަޖައްސައިފި
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް