Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަތުރުވެރިކަން/ ރިސޯޓްތައް އަލުން ހުޅުވުން

މިމަހުގެ ތެރޭގައި އިތުރު 29 ރިސޯޓް އަލުން ހުޅުވޭނެ: އެމްއެމްޕީއާރުސީ

މިހާރު ވެސް 43 ރިސޯޓް އޮޕަރޭޓް ކުރަމުންދޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 20 ސެޕްޓެމްބަރު 2020 | އާދީއްތަ 09:10
ރާއްޖޭގެ ރިސޯޓެއް: ކުރިއަށް އޮތީ، ކޮންމެ އަހަރަކުވެސް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އަންނަމުންދާ ފަތުރުވެރިކަމުގެ ސީޒަން ދުވަސްވަރު

ރާއްޖޭގެ ރިސޯޓެއް: ކުރިއަށް އޮތީ، ކޮންމެ އަހަރަކުވެސް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އަންނަމުންދާ ފަތުރުވެރިކަމުގެ ސީޒަން ދުވަސްވަރު

ކޮވިޑް-19 ޕެންޑަމިކް އާ ގުޅިގެން ރާއްޖޭގެ ރިސޯޓްތައް ބަންދު ކުރުމަށްފަހު، އަލުން ހުޅުވިއިރު، މިހާތަނަށް 43 ރިސޯޓް އެޕަރޭޓް ކުރަމުންދާ ކަމަށާއި އަދި މި ސެޕްޓެމްބަރު މަހުގެ ތެރޭގައި އިތުރު 29 ރިސޯޓް އަލުން ހުޅުވޭނެ ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފި އެވެ.

އިނގިރޭސިވިލާތުގެ ގްލޯބްޓްރެންޑަރއަށް އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޖުލައި 15 ގައި ބޯޑު ހުޅުވާލާފައިވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް، ސޭފް ޓޫރިޒަމް ގައިޑްލައިނާއެކު ކަމަށާއި އެގޮތުން، ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނާއި ރިސޯޓުތަކުގެ މުވައްޒަފުންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ސަލާމަތާ ރައްކާތެރިކަމަށް ވަރަށް ބޮޑު އަހުމިއްޔަތެއް ދީފައިވާނެ ކަމަށެވެ.

އެގޮތުން އެ ގައިޑްލައިނާ އެއްގޮތަށް މިހާރު ވެސް 43 ރިސޯޓް ހުޅުވައި، ފަތުރުވެރިންނަށް ހިދްމަތް ދެމުންދާ ކަމަށާއި، އަންނަ ނޮވެމްބަރު މަސް އަންނަންވާއިރަށް އިތުރު 103 ރިސޯޓް އަލުން ހުޅުވޭނެ ކަމަށެވެ. އަދި އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖޭގެ 94 ޕަސެންޓް ރިސޯޓު ހުޅުވޭނެ ކަމަށް ވެސް ތޮއްޔިބު ވިދާޅުވި އެވެ.

ތޮއްޔިބު ވިދާޅުވީ، ރާއްޖޭގައި އޮޕަރޭޓްކުރާ 156 ރިސޯޓްގެ ތެރެއިން 146 ރިސޯޓެއް އޮކްޓޫބަރު މަސް ނިމެންވާއިރަށް އޮޕަރޭޝަނަށް އަންނާނެ ކަމަށް، އުއްމީދު ކުރައްވާ ކަމަށެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން މިއަހަރުގެ މާރޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު، ތިން މަހަށް ވުރެ ގިނަ ދުވަހަށް ފަހު ބޯޑަރު ހުޅުވާލާފައި ވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.

ބޯޑަރު ހުޅުވާލި ނަމަވެސް ޓޫރިސްޓުން ގެންނަ ހުއްދަ ދީފައިވަނީ ރިސޯޓްތަކާއި ސަފާރީތަކަށެވެ. ފުރަތަމަ ގެސްޓްހައުސް ހުޅުވަން މިދިޔަ މަހުގެ 15 ގައި ނިންމި ނަމަވެސް ކޮވިޑް-19 ރޯގާ ފެތުރެމުންދާތީ އެ ތާރީިހު ސަރުކާރުން ވަނީ ފަސްކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ގައިޑްލައިނެއް ހަދައި، އަންނަ މަހުގެ 15 އިން ފެށިގެން އެ ގައިޑްލާއިނާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ގެސްޓްހައުސްތައް ހުޅުވުމަށް މަސައްކަތް ކުރަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން މުޅިން ހުއްޓި، ގިނަ ބައެއްގެ ވަޒީފާ ގެއްލި، ލިބެމުންދިޔަ އާމްދަނީ ވަނީ ބޮޑުތަނުން ދަށްވެފައެވެ. ރާއްޖޭއަށް ލިބޭ އާމްދަނީގެ 80 ޕަސެންޓް ސީދާ ގޮތުންނާއި ނުސީދާ ގޮތުން، ހިއްސާ ކުރަނީ ފަތުރުވެރިކަމާއި އެ ދާއިރާއާ ގުޅުންހުރި އެހެން ދާއިރާތަކުންނެވެ.

ކޮންމެ އަހަރެއްގެ ވެސް، ނޮވެމްބަރު، ޑިސެމްބަރު އަދި ޖެނުއަރީ އަކީ ވަރަށް ގިނަ އަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަމުންދާ ދުވަސްވަރެވެ. އެއީ ސީޒަންގެ އެންމެ ޕީކް ދުވަސްވަރެކެވެ.

މިދިޔަ 2019 ވަނަ ވަނަ އަހަރަކީ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި އަހަރެވެ. އެގޮތުން މިދިޔަ އަހަރު 1.7 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވެއެވެ.

ނަމަވެސް މި އަހަރު ފެށުމާއެކު މުޅި ދުނިޔެއަށް ފެތުރިގެންދިޔަ ކޮވިޑް-19 ރޯގާއާ ގުޅިގެން، މުޅި ދުނިޔޭގެ އިދްތިޞާދު ދަށަށް ގޮސް، ދަތުރުފަތުރުކުރުމުގެ ދާއިރާ އެއްކޮށް ކަހަލަ ގޮތަކަށް ވަނީ ހުއްޓިފައެވެ. ކޮވިޑް-19 ގެ ނުރައްކާ ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް ބޮޑުވެ، ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ވަނީ ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. އެގޮތުން ކަމާބޭހޭ އިދާރާތަކުން މިހާރު ލަފާކުރާ ގޮތުގައި މިއަހަރު ރާއްޖެއަށް ޒިޔާރާތްކުރާނެ ކަމަށް ލަފާކުރެވެނީ 800،000 އެއްހާ ފަތުރުވެރިންނެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު