Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުތިއާގޯ ލިވަޕޫލަށް ބަދަލުވުން

ތިއާގޯ ލިވަޕޫލަށް ސޮއިކޮށްފި

18 ސެޕްޓެމްބަރު 2020 | ހުކުރު 16:18

ތިއާގޯގެ ސޮއި ހޯދުމަށް 20 މިލިޔަން ޕައުންޑް ދެއްކިއިރު، ބޯނަހުގެ ގޮތުގައި އިތުރު ފަސް މިލިޔަން ޕައުންޑް ދައްކާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 ސެޕްޓެމްބަރު 2020 | ހުކުރު 16:18
ލިވަޕޫލާ ގުޅުނު ސްޕެއިންގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ

ލިވަޕޫލާ ގުޅުނު ސްޕެއިންގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ

ބަޔާން މިއުނިކް ކުޅެމުން އައި ސްޕެއިންގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ އިނގިރޭސި ޗެމްޕިއަން ލިވަޕޫލަށް ސޮއިކޮށްފިއެވެ.

ހުކުރު ދުވަހުގެރޭގެ ވަގުތެއްގައި ލިވަޕޫލުން ވަނީ ތިއާގޯ އެޓީމާ ގުޅުނުކަން ހާމަކޮށްފައެވެ. ލިވަޕޫލުން ހާމަކޮށްފައިވާ ގޮތުގައި ތިއާގޯ ވަނީ އެ ޓީމާއެކު ދިގު މުއްދަތެއްގެ އެއްބަސްވުމެއް ހަދާފައެވެ. އަދި ތިއާގޯގެ ސޮއި ހޯދުމަށް ލިވަޕޫލުން 20 މިލިޔަން ޕައުންޑް ދެއްކިއިރު، ބޯނަހުގެ ގޮތުގައި އިތުރު ފަސް މިލިޔަން ޕައުންޑް ދައްކާނެ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

އުމުރުން 29 އަހަރުގެ ތިއާގޯ ލިވަޕޫލާ ގުޅުނުއިރު، އޭނާ ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑާއި ބާސެލޯނާއިން ވަނީ މަސައްކަތް ކޮށްފައެވެ. ލިވަޕޫލަށް ބަދަލުވުމަށްފަހު ބަޔާނާއެކު މިދިޔަ ސީޒަނުގެ ތިން ތަށި އުފުލާލި ތިއާގޯ ބުނީ މިއީ ދިގު އިންތިޒާރެއްގެ ނިމުން ކަމަށާއި، ލިވަޕޫލަށް ބަދަލުވެވުމުން ވަރަށް އުފާވާ ކަމަށެވެ. އަދި ލިވަޕޫލާއެކު ހޯދެން ހުރި ހުރިހާ ކާމިޔާބީއެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ބަޔާން ދޫކޮށް ތިއާގޯ ލިވަޕޫލަށް ބަދަލުވިއިރު، 2013 ވަނަ އަހަރު 25 މިލިޔަން ޔޫރޯއަށް ބަޔާނާ ގުޅުނު ތިއާގޯ ވަނީ އެ ކުލަބުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ބަޔާންގައި ހޭދަކުރި ހަތް ސީޒަނުގައި ތިއާގޯ ވަނީ 235 މެޗު ކުޅެދީ 31 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ ބަޔާނާއެކު ޖަރުމަން ލީގު ހަތް ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

ލިވަޕޫލުން ތިއާގޯގެ ސޮއި ހޯދިއިރު، އެޓީމުން މީގެ ކުރިން ވަނީ މި ޓްރާންސްފާ ބާޒާރުގައި އޮލިމްޕިއާކޯސްގެ ޑިފެންޑަރު ކޮސްޓަސް ޓިމިސްކަސް ގެނެސްފައެވެ. އަދި އަންނަނީ ލީޑްސް ޔުނައިޓެޑަށް މިދިޔަ ސީޒަނުގައި ކުޅުނު ޒުވާން ޑިފެންޑަރު ބެން ވައިޓާއި، ވަޓްފޯޑްގެ އިސްމާއިލް ސާގެ އިތުރުން ވުލްވްސް ޑިއޯގޯ ޔޮޓާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

ފިރްމީނިއޯގެ ހަމައެކަނި ލަނޑާއެކު ލިވަޕޫލަށް މޮޅެއް

17 އެޕްރީލު 2017
ފިރްމީނިއޯގެ ހަމައެކަނި ލަނޑާއެކު ލިވަޕޫލަށް މޮޅެއް
03 އެޕްރީލު 2017

ކުންފުނިތަކާއެކު ތިން ކްލަބަކުން އެއްބަސްވުމުގައި ސޮއިކޮށްފި

03 އެޕްރީލު 2017
ކުންފުނިތަކާއެކު ތިން ކްލަބަކުން އެއްބަސްވުމުގައި ސޮއިކޮށްފި
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް