Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެންޓިލޭޓަރުތަކުގެ މައްސަލަ

ވެންޓިލޭޓަރުތަކުގެ މައްސަލަ ވަރަށް އަވަހަށް ނިމޭނެ: އޭސީސީ

17 ސެޕްޓެމްބަރު 2020 | ބުރާސްފަތި 09:55

މިހާރު ކުރިއަށް ދަނީ ބަޔާންތައް ނެގުމުގެ މަރުހަލާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 17 ސެޕްޓެމްބަރު 2020 | ބުރާސްފަތި 09:55
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން (ވ)، ސްޓޭޓް މިނިސްޓަރ ޝާހު މާހިރު (ކ) އަދި ޑެޕިއުޓީ މިނިސްޓަރ ނިޝާމާ މުހައްމަދު (މ)

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން (ވ)، ސްޓޭޓް މިނިސްޓަރ ޝާހު މާހިރު (ކ) އަދި ޑެޕިއުޓީ މިނިސްޓަރ ނިޝާމާ މުހައްމަދު (މ)

ވެންޓިލޭޓަރުތައް ގަތުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުގައި، ހެލްތް މިނިސްޓްރީގެ އިސްވެރިންތަކެއްގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅޭ ކޮރަޕްޝަނުގެ މައްސަލަތަކުގެ ތަހުގީގު ވަނީ ނިމުމުގެ މަރުހަލާގައި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީގެ އޮފިޝަލަކު "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ބުރާސްފަތި ދުވަހު ވިދާޅުވީ، ވެންޓިލޭޓަރުތަކުގެ މައްސަލަ ތަހުގީގުކޮށް، ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށާއި ނަމަވެސް ނިންމާލެވޭނެ ވަކި ތާރީހެއް ދަންނަވަން ދަތިކަމަށެވެ.

Advertisement - newsAdvertisement

އޭސީސީގެ އޮފިޝަލް ވިދާޅުވީ، ވެންޓިލޭޓަރުތަކުގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ބަޔާންތައް މިހާރު ނަގަމުންދާ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް އެމައްސަލަ ނިންމާލެވޭތޯ ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލާގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީންގެ އިތުރުން، ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ބިޑް ކޮމެޓީގެ ޗެއާރ ނިޝާމާ މުހައްމަދު ހިމެނެއެވެ. އަދި ޑައިރެކްޓަރ ފައިނޭންޝަލް އެގްޒެކެޓިވް އަހުމަދު އަސްލަމް އާއި ހެލްތް މިނިސްޓްރީ ބިޑް ކޮމެޓީގެ މެމްބަރުންނާއި އެމިނިސްޓްރީގެ ބައެއް އިސްވެރިންގެ މައްޗަށް ތުހުމަތު ކުރެވެއެވެ.

ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާދޭން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއާ އެކުގައި ކުރެވިފައިވާ މުއަލާމަތުތަަކަކީ ސައްހަ މައުލޫމާތުކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވެ، އޮޑިޓް ރިޕޯޓަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ރައްދު ދެއްވާފައެވެ.

އަމީން ވިދާޅުވެފައިވަނީ، ވެންޓިލޭޓަރުތައް ގެންނަން ޑަބްލިޔުއެޗްއޯގެ އެހީތެރިކަމަށް އެދުމުން ރާއްޖޭގައި ހުންނަ ޑަބްލިޔުއެޗްއޯގެ ރެޕްރެޒެންޓޭޓިވް ވަނީ މެދުއިރުމަތިން ވެންޓިލޭޓަރު ސަޕްލައި ކޮށްދޭ ކުންފުންޏެއްގެ މައުލޫމާތު ހިއްސާކޮށްފައި ކަމަށެވެ. ނަމަވެސް ވެންޓިލޭޓަރު ހޯދަން ޑަބްލިޔުއެޗްއޯއާ ރަސްމީ އެއްވެސް ސިފައެއްގައި ލިޔެކިޔުންތަކެއް ބަދަލު ކުރެވިފައި އަދި އެ ކުންފުންޏަކީ ޑަބްލިޔުއެޗްއޯ ރިކޮމެންޑް ކޮށްފައިވާ ކުންފުންޏެއް ނޫން ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެއެވެެ. އެކަމަކު އަމީން ވިދާޅުވި ގޮތުގައި ރަސްމީގޮތުން މުއާމަލާތެއް ޑަބްލިޔުއެޗްއޯއާ ނުކުރެވޭ ކަމަށް ބުނުމުގެ ޖާގައެއް ނެތް ކަމަށެވެ.

މިނިސްޓަރު އަމީން ވިދާޅުވެފައި ވަނީ، ކޮވިޑް-19ގެ ހާލަތާއި ގުޅިގެން މިނިސްޓްރީގެ މުވައްޒަފުން މަސައްކަތް ކޮށްފައިވާނީ އިހްލާސްތެރިކަމާއި އެކީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ހަވާލުކުރެވުނު މަސްއޫލިއްޔަތުގެ ތެރެއިން ކަމަށެވެ.

ބިޑް ކޮމިޓީގެ ޗެއަރ ނިޝާމާ މުހައްމަދު ވިދާޅުވީ، ވެންޓިލޭޓަރުތައް ގެންނަން ދުބާއީގެ ކުންފުންޏަށް ހަވާލުކޮށްފައިވަނީ އެ ކުންފުނީގެ ފަންނީ އަދި ގާބިލުކަމަށް ބެލުމަށްފަހު ކަމަށެވެ. ވެންޓިލޭޓަރުގެ މައްސަލާގައި އަމަލުކޮށްފައިވަނީ ހެޔޮ ނިޔަތުގައި ކަމަށް ނިޝާމާ ވިދާޅުވާ ވިދާޅުވުން އޭނާ ވަނީ ތަކުރާރުކުރައްވާފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، ދުބާއީގެ އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިން އަކީ، ވެންޓިލޭޓަރު ގެންނަން ހަވާލު ކުރި ތިން ކުންފުނީގެ ތެރެއިން ސަރުކާރުން އެޑްވާންސްކޮށް ފައިސާ ދޫކުރި ހަމައެކަނި ކުންފުންޏެވެ. އެމީހުން ރާއްޖެއަށް ވެންޓިލޭޓަރެއް ފޯރުކޮށްދޭނެ އަގެއް ކަމަށް ބުނެފައިވަނީ، 32،500 ޑޮލަރަށެވެ. އެއީ އެހެން ކުންފުނިތަކުން ހުށަހެޅި އަގަށްވުރެ މާބޮޑުތަނުން ވެސް ބޮޑު އަގެއް ކަމަށް ވެއެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށް ކަމަށްވާއިރު، މިދިޔަ އޭޕްރީލް މަހުގެ ދެވަނަ ދުވަހު، ވެންޓިލޭޓަރުތައް ގެނައުމުގެ އެގްރީމަންޓްގައި ސޮއިކޮށްފައިވެއެވެ.

އަދި އޭޕްރީލް މަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން އެޑްވާންސަށް 30.9 މިލިއަން ރުފިޔާ ވެސް ވަނީ ދައްކާފައެވެ. އެގްރީމަންޓްގައި 14 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރުތައް ރާއްޖެ ގެނެވޭނެ ކަމަށް ބުނެފައިވާއިރު، މިހާތަނަށް ލިބިފައިވަނީ 10 މޮބައިލް ވެންޓިލޭޓަރެވެ. މިއީ ހެލްތް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިން ފޮނުވި ވެންޓިލޭޓަރުތަކުގެ ބަދަލުގައި ފޮނުވާފައިވާ ވެންޓިލޭޓަރު ތަކެކެވެ. ކުރިން ރާއްޖެ ފޮނުވާފައި ހުރީ ހެލްތް މިނިސްޓްރީން ހުށަހެޅި މިންގަނޑުތަކަށް ނުފެތޭ ވެންޓިލޭޓަރުތަކެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް