Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑިޕާއި ބާސާއަށް ބަދަލުވުން

ޑިޕާއި ބާސާއަށް ވިއްކާލަން ލިޔޯނުން ރުހުން ދީފި

16 ސެޕްޓެމްބަރު 2020 | ބުދަ 10:23

ބާސާއިން ޑިޕާއި ހޯދުމަށް މަސައްކަތް ކުރަނީ ކޫމަންގެ އެދުމުގެ މަތިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 ސެޕްޓެމްބަރު 2020 | ބުދަ 10:23
ލިޔޯނަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއި

ލިޔޯނަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއި

ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއި ބާސެލޯނާއަށް ވިއްކާލަން ލިޔޯނުން ރުހުން ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 26 އަހަރުގެ ޑީޕާއި އަކީ ބާސާގެ މިހާރުގެ ކޯޗު ރޮނާލްޑް ކޫމަން، ނެދަލެންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމުގައި އިރުޝާދު ދީފައިވާ ކުޅުންތެރިއެކެވެ. ކޫމަންގެ އެދުމުގެ މަތިން ބާސާއިން ޑިޕާއި ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، ރިޕޯޓުތައް ބުނާ ގޮތުން މި މަހުގެ ކުރީކޮޅު ޑިޕާއި ވަނީ އަމިއްލަ ގޮތުން ބާސާއަށް ބަދަލުވުމަށް އެއްބަސްވެފައެވެ.

އެހެންކަމުން ޑިޕާއި ވިއްކާނެ އަދަދަކާ ގުޅޭ ގޮތުން ބާސާއިން ލިޔޯނާއެކު މަޝްވަރާ ކުރިއިރު، ރިޕޯޓުތައް ބުނާ ގޮތުން ޑިޕާއި ހޯދަން ބާސާއިން އެންމެ ފުރަތަމަ ކުރީ 20 މިލިޔަން ޕައުންޑްގެ ބިޑެކެވެ. އެކަމަކު އެ ބިޑް ގަބޫލުނުކުރަން ލިޔޯނުން ނިންމި ނަމަވެސް، ބާސާއިން ދެވަނައަށް ކުރި ބިޑް ގަބޫލުކުރަން ލިޔޯނުން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ރިޕޯޓުތައް ބުނާ ގޮތުން ޑިޕާއި ހޯދުމަށް ބާސާއިން 25 މިލިޔަން ޕައުންޑް ދައްކަން އެއްބަސްވެފައިވާއިރު، ބޯނަހުގެ ގޮތުގައި އިތުރު ފަސް މިލިޔަން ޕައުންޑް ޚަރަދުކުރާނެއެވެ.

ޑިޕާއި ބާސާއަށް ވިއްކާލަން ލިޔޯނުން ރުހުން ދިން ނަމަވެސް، ދާދި ފަހުން ބާސާގެ ކޯޗު ކޫމަން ބުނީ ޑިޕާއިގެ ސޮއި ހޯދޭނީ އެ ކުލަބުގެ ބައެއް ކުޅުންތެރިން ވިއްކާލައިގެން ކަމަށެވެ. އެގޮތުން ބާސާއިން އަންނަނީ އެ ޓީމަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އާއި ޗިލީގެ މިޑްފީލްޑަރު އާޓޫރޯ ވިޑާލް ވިއްކާލުމަށް މަސައްކަތް ކުރަމުންނެވެ.

މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑަށްވެސް ކުޅުނު ޑިޕާއި ލިޔޯނާ ގުޅުނީ 2017 ވަނަ އަހަރު، ހަތަރު އަހަރާ ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. ލިޔޯންގައި ޑިޕާއި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާ ވަނީ މިހާތަނަށް ލިޔޯނަށް ކުޅެދިން 141 މެޗުގައި 58 ލަނޑު ކާމިޔާބުކޮށްފައެވެ.

ބާސާގެ ކޯޗުގެ މަގާމާ ކޫމަން ހަވާލުވުމަށްފަހު ނެދަލެންޑްސްގެ ގައުމީ ޓީމުގެ ކުޅުންތެރިން ބާސާއަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނައިރު، ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމް ހޯދުމަށްވެސް ކޫމަން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާތަނަށް ބާސާއިން މި ޓްރާންސްފާ ބާޒާރުގައި އެޓީމަށް ގެނައި ހަމައެކަނި ކުޅުންތެރިޔަކީ ޔުވެންޓަސްއަށް ކުޅުނު ބޮސްނިއާގެ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗެވެ. އަދި މިދިޔަ ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ދަށުން ބަޔާން މިއުނިކަށް ކުޅުނު ބްރެޒިލްގެ މިޑްފީލްޑަރު ފިލިޕް ކުޓީނިއޯ ވަނީ ބާސާއާ އަލުން ގުޅެފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

22 ޖުލައި 2017

މިދިޔަ ޖެނުއަރީގައި ކޯސްޓާ ވިއްކާލަން ނިންމިން: ކޮންޓޭ

22 ޖުލައި 2017
މިދިޔަ ޖެނުއަރީގައި ކޯސްޓާ ވިއްކާލަން ނިންމިން: ކޮންޓޭ
15 ޖުލައި 2017

ސެމޭޑޯ ބާސާއަށް

15 ޖުލައި 2017
ސެމޭޑޯ ބާސާއަށް
11 ޖުލައި 2017

އާސެނަލް އިން ސަންޗޭޒް ވިއްކާލަން ނޫޅޭ: ވެންގާ

11 ޖުލައި 2017
އާސެނަލް އިން ސަންޗޭޒް ވިއްކާލަން ނޫޅޭ: ވެންގާ
10 ޖުލައި 2017

ސަންޗޭޒް 80 މިލިއަން ޕައުންޑަށް ވިއްކާލަން އާސެނަލް އޮތީ ތައްޔާރަށް

10 ޖުލައި 2017
ސަންޗޭޒް 80 މިލިއަން ޕައުންޑަށް ވިއްކާލަން އާސެނަލް އޮތީ ތައްޔާރަށް
12 ޖޫން 2017

ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި

12 ޖޫން 2017
ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި
13 މެއި 2017

އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް

13 މެއި 2017
އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް
26 އެޕްރީލު 2017

ވާދަވެރި ކްލަބަކަށް ސަންޗޭޒް ވިއްކާލަންވީ ސަބަބެއް ނެތް: ވެންގާ

26 އެޕްރީލު 2017
ވާދަވެރި ކްލަބަކަށް ސަންޗޭޒް ވިއްކާލަންވީ ސަބަބެއް ނެތް: ވެންގާ
16 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ސޮސައިޑާޑް އަތުން ބާސާއަށް ހަނި މޮޅެއް

16 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ސޮސައިޑާޑް އަތުން ބާސާއަށް ހަނި މޮޅެއް
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
20 ޖެނުއަރީ 2017

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

20 ޖެނުއަރީ 2017
ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް