Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެންޓި-ކޮވިޑް ފަސްތަރި އެވޯޑް

އެންޓި-ކޮވިޑް ފަސްތަރި އެވޯޑް ލިބުނު ފުރަތަމަ އެއަރޕޯޓަކަށް ރޯމާގެ ފިއުމިކާނޯ އެއަރޕޯޓް

އެއަރޕޯޓު ތަކުގެ ސާފުތާހިރު ކަމަށް ބަލާ އެމީހުން މިވަނީ އާ އެވޯޑެއް ތައާރަފް ކޮށްފަ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 15 ސެޕްޓެމްބަރު 2020 | އަންގާރަ 07:54
ރޯމާގެ ފިއުމިކާނޯ އެއަރޕޯޓް މިއީ އިޓަލީގެ އެންމެ \'ބިޒީ\' އެއަރޕޯޓު

ރޯމާގެ ފިއުމިކާނޯ އެއަރޕޯޓް މިއީ އިޓަލީގެ އެންމެ \'ބިޒީ\' އެއަރޕޯޓު

ސްކައިޓްރެކްސްގެ އެންޓި-ކޮވިޑް ފަސްތަރި އެވޯޑް ލިބުނު ފުރަތަމަ އެއަރޕޯޓަކަށް ރޯމާގެ ފިއުމިކާނޯ އެއަރޕޯޓް ވެއްޖެއެވެ.

ސްކައިޓްރެކްސް އަކީ ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެންމެ މޮޅު އަދި ރަނގަޅު އެއަރޓުޕޯތައް ހޮވުމަށް މަގުބޫލު ކުންފުންޏަކަށް ވީއިރު، މި ފަހަރު އެއަރޕޯޓު ތަކުގެ ސާފުތާހިރު ކަމަށް ބަލާ އެމީޙުން މިވަނީ އާ އެވޯޑެއް ތައާރަފް ކޮށްފައެވެ.

ސްކައިޓްރެކްސް އިން ބުނެފައިވަނީ މިފަހަރު މި އެވޯޑް ދީފައި މިވަނީ އޭޓީޕީ ޓެސްޓު ކުރުމާ އެއާޕޯޓެއްގެ މަސައްކަތްތެރިކަމާ އަދި ސާފުތާހިރުކަމުގެ އިތުރުން ނުހަނު ގިނަ ގޮތްގޮތުން ބެލުމަށްފަހުގައެވެ. މީގެ އިތުރުން އެ ކުންފުނިން ބުނީ ފިއުމިކާނޯ އެއަރޕޯޓް އަކީ ތަރުތީބު އަދި ވަރަށް ރަނގަޅު އިންތިޒާމްތަކެއްގެ ދަށުން ބަލައްޓަމުން އަންނަ އެއަރޕޯޓެއްގެ އިތުރުން ޓެސްޓު ކުރުމުގައި ނުހަނު އަވަސް ތަނެއް ކަމުގައެވެ.

ފިއުމިކާނޯ އެއަރޕޯޓް ނުވަތަ ލިއޮނަރޑޯ ޑަ ވިންސީ އިންޓަރނޭޝަނަލް އެއަރޕޯޓަކީ އިޓަލީގެ އެންމެ ބިޒީ އެއަރޕޯޓެވެ. މި އެއަރޕޯޓުން, އިޓަލީގެ ރެޑް ކްރޮސް އާ ގުޅިގެން 1 ސެޕްޓެމްބަރުގައި ވަނީ 7،000 އަކަފޫޓުގެ ކޮވިޑްއަށް ޓެސްޓު ކުރުމުގެ ސެންޓަރެއް ވެސް ގާއިމް ކޮށްފައެވެ.

ސްކައިޓްރެކްސް އިން މިހާތަނަށް ބަލާފައިވަނީ ހަމައެކަނި ޔޫރަޕްގެ ގައުމުތަކުގެ އެއަރޕޯޓުތައް އެކަންޏެވެ. އަދި ސްޕެއިން ގެ އެއަރޕޯޓަކާ، ފްރާންސް އަދި ލަންޑަންގެ އެއަރޕޯޓަކަށް މި ކުންފުނިން ވަނީ ތިން ކޮވިޑް އާ ދެކޮޅަށް ކުރާ މަސައްކަތުގައި ތިން ތަރި ދީފައެވެ.

އިތުރަށް ކިޔާލަން

19 މެއި 2017

ރައީސް ޓްރަމްޕް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވަނީ

19 މެއި 2017
ރައީސް ޓްރަމްޕް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވަނީ
01 މެއި 2017

ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި

01 މެއި 2017
ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި
26 އެޕްރީލު 2017

ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި

26 އެޕްރީލު 2017
ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި
20 އެޕްރީލު 2017

ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް

20 އެޕްރީލު 2017
ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް
15 އެޕްރީލު 2017

އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން

15 އެޕްރީލު 2017
އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން
25 މާރިޗު 2017

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް
25 ފެބުރުއަރީ 2017

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު